ޚަބަރު
އުރީދޫ އިންޓަނެޓްގެ ޚިދުމަތް ލިބުމުގައި މިއަދު ދަތިތަކެއް ކުރިމަތިވެދާނެ

އުރީދޫގެ އިންޓަރނެޓް ޚިދުމަތް ލިބުމުގައި މިއަދު ދަތިތަކެއް ކުރިމަތިވެދާނެކަމަށް އެކުންފުނިން އަންގައިފިއެވެ.

އުރީދޫއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އުރީދޫއަށް އިންޓަނެޓް ފޯރުކޮށްދޭ ބައިނަލްއަގްވާމީ ކުންފުނީގެ ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށްދާތީ އިންޓަރނެޓް ލިބުމުގައި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށެވެ.

އެހެންކަމުން އެކި ގަޑިތަކުގައި އިންޓަނެޓްގެ ޚިދުމަތް މެދުކެނޑިގެންދިޔުމަކީ އެކަށީގެންވާ ކަމެއް ކަމުގައި އުރީދޫން ވަނީ އަންގާފައެވެ. އަދި އެ މަސައްކަތް ވީހާ ވެސް އަވަހަކަށް ނިންމުމަށް އުރީދޫގެ އިންޖިއަރުން ގާތުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

އުރީދޫއަކީ ދިވެހިރާއްޖޭގައި ޓެލެކޮމްގެ ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު އެއް ކުންފުންޏެވެ. ދިވެހިރާއްޖޭގައި އުރީދޫގެ 368،000 އަށްވުރެ ގިނަ ކަސްޓަމަރުން ތިބެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!