ޚަބަރު
އިންޑިއާ ސަރުކާރުން ސެނަހިޔަ އަށް މެޑިކަލް އިކުއިޕްމަންޓްތަކެއް ހަދިޔާކުރައްވައިފި

އިންޑިއާ ސަރުކާރުން ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލަށް މެޑިކަލް އިކްއިޕްމަންޓްތަކެއް ހަދިޔާކުރައްވައިފިއެވެ.

ބަންޑާރަކޮށީގައި މިއަދު މެންދުރު ފަހު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި އިންޑިއާ ސަރުކާރުން ހަދިޔާކުރެއްވި މި އިކްއިޕްމަންޓްތަކާ ހަވާލުވެވަޑައިގަތީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ. އަދި، އިންޑިއާ ސަރުކާރުގެ ފަރާތުން މި ތަކެތި ހަވާލުކުރެއްވީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ޑިފެންސް ސެކްރެޓަރީ ހިޒް އެކްސެލެންސީ އަޖޭ ކުމާރެވެ.

އިންޑިއާ ސަރުކާރުގެ ފަރާތުން މިއަދު ހަދިޔާކުރެއްވި 2800 ކިލޯ ގްރާމްގެ މެޑިކަލް އިކްއިޕްމަންޓްގެ ތެރޭގައި ހިމެނެނީ، ޞިއްޙީ އިމަޖެންސީގައި ބޭނުންކުރާ ބައެއް އާލާތްތަކާއި، ހޮސްޕިޓަލުގައި ބޭނުންކުރާ ބައެއް އާލާތްތަކެވެ.

އިންޑިއާ ސަރުކާރުން ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލަށް މެޑިކަލް އިކްއިޕްމަންޓްތަކެއް ހަދިޔާކުރެއްވުމަށް ބޭއްވި މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަޙުމަދު ޚަލީލާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފާއި، އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާ އަސްކަރިއްޔާގެ އިސް ވަފުދުގެ ބޭފުޅުންނާއި އަދި ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!