ރިޕޯޓް
ވެލެންޓައިންސްޑޭ ފާހަގަކުރުމަކީ ބޮޑުވެގެންވާ މުންކަރާތެއް!

ވެލެންޓައިންސްޑޭގެ ގޮތުގައި މުޅި ދުނިޔޭގައި ފާހަގަކުރަމުން އަންނަ ދުވަހަކީ ފެބުރުއަރީ މަހުގެ 14 ވަނަ ދުވަހެވެ. މިދުވަހަކީ ކުރިސްޓިޔަނުންގެ އީދެއްގެ ގޮތުގައި ފާހަގަކުރަމުން އައިސްފައިވާ ދުވަހެކެވެ. ފަހުގެ ޖީލުތަކުގެ ޒުވާނުން މިދުވަސް ލޯބިވެރިންގެ ދުވަހުގެ ނަމުގައި ފާހަގަކުރެއެވެ. ނަމަވެސް މިދުވަހަށް ވެލެންޓައިންސްޑޭގެ ނަންކިޔައި ނަންދެވިފައިވަނީ ކުރިސްޓިޔަން ފާދިރީއެއްގެ ނަމުންނެވެ.

ވެލެންޓައިންސްޑޭގެ ނަމުން ކްރިސްޓިއަނުން ފާހަގަކުރަމުން އަންނަ، މިޢީދުގެ އަޞްލު ރުޖޫޢަވަނީ، ވެލެންޓައިން ނަމަކަށް ކިޔާ ފާދިރީއަކަށެވެ. ޒަމާން ބަދަލުވެ، ނަން ރީތި ނަމަކަށް ބަދަލުކޮށް، ލޯބިވެރިންގެ ދުހުގެ ނަންކީނަމަވެސް، ނަޞާރާއިން މިދުވަސް ފާހަގަކުރަނީ ހަމައެއްމާނަޔެއްގައެވެ. ނަމަވެސް މިކަމުގައި ނަސާރާ ފާދިރީން ވަނީ ކުރިހޯދައިފައެވެ. އުވެމުންދާ އެމީހުންގެ އެއް އީދަށް ލޯބިވެރިންގެ ދުވަހުގެ ނަން ދިނުމުން އެ އީދު ފާހަގަކުރަމުންދާ މީހުން ދަނީ މީ ލޯބިވެރިންގެ ދުވަހުގެ ގޮތުގައި އެ ދުވަސް ފާހަގަކުރަމުންނެވެ.

ދުނިޔޭގެ އެތަކެއް މުސްލިމުންނެއްވަނީ ނާސާރާއިންގެ މިމަޅީގައި ޖެހިފައެވެ. ލޯބިވެރިންގެ ދުވަހުގެ ގޮތުގައި ހަމަ މި ފާހަގަކުރެވެނީ ނަސާރާ ފާދިރީއެއްގެ ނަންދެވިފައިވާ ނަސާރާއިންގެ ބިދުއަ ތަކުގެ ތެރެއިން ބިދުއައެކެވެ. މުސްލިމުންނަށް ﷲ ތަބާރަކަ ވަތަޢާލާ ވަނީ މިކަން މަނާކުރައްވާފައެވެ. ސަބަބަކީ އެހެން ދީންތަކުގެ ޢީދު ދުވަސްތައް ފާހަގަކުރުމެއް މުސްލިމުންނަށް ހުއްދަވެގެން ނުވުމެވެ.

ނަމަވެސް މިކަމުގައި ބިރުވެތިވާން ޖެހޭ ކަމަކީ މިފަދައިން އަމަލުކުރާ މީހުންނަކީ އެބައިމީހުންގެ އިސްލާމްކަން ނަފީވެދާނެ ފަދަ ދީނުން ބޭރުވެދާ ފަދަ އަމަލެއް ކުރާ ބަޔަކަށްވެފައިވުމާއި ނޭންގި ތިބެ އަޅުގަނޑުމެންގެ އަތުން އަޅުގަނޑުމެންގެ ދީން ބީވެގެން ހިނގައިދާނެތީއެވެ. މިކަން ކަން ބަޔާން ކުރަން ޖެހެނީ މިސަބަބަށްޓަކައެވެ.

މި ދުވަސް ފާހަގަކުރުމާއި ބެހޭގޮތުން މަޝްހޫރު ޝެއިޚު މުޙައްމަދު ބިން ޞާލިޙުލް އުޘައިމީން ވިދާޅުވަނީ މިފަދައިންނެވެ.

” ވެލެންޓައިންގެ ދުވަސް ފާހަގަކުރުން ހުއްދަ ވެގެން ނުވެއެވެ. ސަބަބަކީ ފުރަތަމައަށް އެއީ ޝަރީޢަތުގައި ފާހަގަކުރަން އެއްވެސް އަސްލެއް ނެތް ޢީދަކަށް ވާކަމަށްޓަކައެވެ. ދެވަނައަށް އެދުވަސް ގޮވާލަނީ ލޯބިވުމަށާއި އަދި ގައިގޯޅިވުމަށެވެ. ތިންވަނައަށް އެދުވަސް ގޮވާލަނީ އަހަރެމެންގެ ހިތްތައް ސަލަފުން ގެންނެވި މަގުނޫން އެހެންމަގުތަކާއި ދުރުގައިވާ ގޮތްތަކުގައި މަޝްޣޫލުކޮށް ހެޔޮމަގުން އެއްކިބާ ކުރުމަށެވެ. އެހެންކަމުން އެދުވަހާއި ގުޅޭ އެއްވެސް ކަމެއްގައި ބައިވެރިވުމަކީވެސް ހުއްދަވެގެންވާ ކަމެއްނޫނެވެ. އެއީ އެދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ކެއުމެއް އަދި ބުއިމެއްކަމުގައިވިޔަސް، އަދި އެދުވަސް ފާހަގަކުރުމުގެ ގޮތުން ދޭ ހަދިޔާ (ގިފްޓު) އެއް ކަމުގައިވިޔަސް، އަދި އެދުވަހާއި ގުޅިގެން ފާހަގަކުރުމަށް ހެދުން ލާ ކަމުގައި ވިޔަސް މިއިން އެއްވެސް ކަމަކީ ހުއްދަވެގެން ވާނެ ކަމެއް ނޫނެވެ. މުސްލިމުންގެ މައްޗަށް ވަނީ އިސްލާމްދީނުގައި ހިފަހައްޓައި އެދީނުގެ މައްޗަށް ފަހުރުވެރިވުމެވެ. އަދި އަސްލެއްނެތް ޖާހިލު ގޮވާލުންތަކަށް ކަނު ލޯތްބެއްގައި ބޯލެނބުމެއް ނެތެވެ. “

އިބްނުލް ޤައްޔިމް ރަޙިމަހުﷲ ވިދާޅުވިއެވެ.

“ޔަހޫދީންނާއި ނަޞާރާއިންނަށް ޚާއްޞަވެގެންވާ، އެބައިމީހުންގެ ކުރުފުރުގެ ޝިޢާރުތަކުން އެބައިމީހުންނަށް ތަހުނިޔާ ކިޔުމަކީ ޙަރާމްކަމެއް ކަމަށް ޢިލްމުވެރިން އިއްތިފާޤުވެލައްވައެވެ. “ އަދިވެސް ވިދާޅުވެފައިވެއެވެ. “އެއީ ޞަލީބަށް ސަޖިދަ ކުރުމުން، އެމީހުންނަށް ތަހުނިޔާ ކިޔުން ފަދަ ކަމެކެވެ. އަދި ކިއެއްތަ! އެއީ ރާބުއިމާއި، ޒިނޭކުރުމަށް ހިއްވަރުދީ ތަހުނިޔާ ކިޔުމަށްވުރެވެސް ބޮޑުވެގެންވާ ފާފައެކެވެ.”

ލޯބިވެރިންގެ ދުވަހުގެ ނަމުގައި ފާހަގަ ކުރެވުނު ނަމަވެސް، ނަޞާރާއިންގެ މިފަދަ ޢީދުތަކުގައި ބައިވެރިވުމަކީ އަޅުގަނޑުމެން ސައްތައިން ސައްތަ މުސްލިމުން ކޮށްގެންވާނެ ކަމެއް ނޫނެވެ. އަދި މިފަދަ ދުވަސްތައް ފާހަގަކުރާ މީހުންނަކީ، އަޅުގަނޑުމެންގެ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ގެނެސްދެއްވިގޮތް، އެއީ މާކުރީގެ ބޯދާގޮތްތަކެއް ކަމުގައިބުނެ، އެކަލޭގެފާނުގެ އިރުޝާދުތަކުގައި ކޮޅުފައިން ޖަހަމުންދާ މީހުންނެވެ. މިފަދަ ތަފާތު ދީންތަކުގެ ޢީދުގައި ބައިވެރިވުމަކީ، އެބައިމީހުންނަށް ބޯދާގޮތަކަށް ނުވިއެވެ.

ލޮބުވެތި މުސްލިމް އަޚުންނާއި އުޚްތުންނޭވެ! ލޯބިވުމާއި، އޯގާތެރިވުމަކީ އިސްލާމްދީނުގައި ޙަރާމްކުރެވިފައިވާ ކަމެއް ނޫނެވެ. ނަމަވެސް އެއީ ޝަރުޢީ ޙުދޫދުތަކުގެ ތެރޭގައި އެކަން ކުރާނަމައެވެ. ﷲ ތަޢާލާ އަޅުގަނޑުމެން އެންމެނަށްވެސް ހިދާޔަތު ދައްކަވާށިއެވެ!

މަޢުލޫމާތު ނަގާފައިވާ ސޯސް: ދި ސަލަފިއްޔާ

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!