ޚަބަރު
ވިލިނގިލީގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތަކުގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

ގއ.ވިލިނގިލީގައި ސަރުކާރުން އިމާރާތްކުރައްވާފައިވާ ހައުސިންގ ޔުނިޓްތަކުގެ ތެރެއިން އޭ ކެޓެގަރީއަށް ހޮވުނު މީހުންގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފިއެވެ.

ވިލިނގިލީ ކައުންސިލުން ނެރުނު އިއުލާނުގައި ބުނާގޮތުން އެރަށުގައި ސަރުކާރުން އިމާރާތްކުރައްވާފައިވާ 52 ހައުސިންގ ޔުނިޓުގެ ތެރެއިން އޭ ކެޓެގަރީއަށް ހޮވުނު 8 ހައުސިންގ ޔުނިޓަށް ކުރިމަތިލެއްވި ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތުގެ ދާއިމީ ލިސްޓް ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ޙުކުމާއި، އެއްގޮތަށް ބާޠިލްކޮށްފައިވާ ކަމަށާއި ދިރިއުޅުމުގެ ހާލަތަށް ބަލައި ޕޮއިންޓް ދެވިފައިވާ ގޮތުގެ ދާއިމީ ލިސްޓު އަލުން އިއުލާން ކުރާ ކަމަށެވެ.

އެހެންކަމުން އަލުން ނެރެފައިފާ ދާއިމީ ލިސްޓާމެދު އެއްވެސް ޝަކުވާއެއް އޮތްނަމަ 14 ފެބުރުވަރީ 2022 ން 23 ފެބްރުވަރީ 2022 ވާ ބުދަ ދުވަހުގެ 12.00 ގެ ކުރިން ލިއުމުން ހުށަހެޅުއްވުމަށް ކައުންސިލުން ވަނީ އެދިލައްވާފައެވެ.

ވިލިނގިލީ ކައުންސިލުން ފުރަތަމަ އިއުލާންކުރި ޕޮއިންޓް ދިނުމުގައި މައްސަލަތަކެއް ފާހަގވެފައި އޮތުމުން އޭ ކެޓެގަރީގެ ދާއިމީ ލިސްޓާމެދު ހިތްހަމަނުޖެހިގެން އަމިއްލަ ފަރުދަކު ވަނީ އެމައްސަލަ ކޯޓަށް ހުށަހަޅާފައެވެ. އެހެންކަމުން ކޯޓު އަމުރާއެކު އެ ލިސްޓު ބާތިލްކޮށް ކައުންސިލުންވަނީ އޭ ކެޓެގަރީގެ ދާއިމީ ލިސްޓު އަލުން ނެރެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!