ޚަބަރު
ޔޫއެންޑީޕީ އެއްބަސްވުމުގެ ސަބަބުން ވިޔަފާރިއަށް ފަހި މާހައުލެއް ގާއިމުކުރެވިގެންދާނެ – ފައްޔާޒު

ޔޫއެންޑީޕީއާއި އިކޮނޮމިކް މިނިސްޓްރީއާއި ދެމެދު މިއަދު ޤާއިމްކުރެވުނު އެއްބަސްވުމުގެ ސަބަބުން ވިޔަފާރިއަށް ފަހި މާހައުލެއް ޤާއިމުކުރުމަށް އެހީތެރިކަން ލިބި އިޤްތިޞާދު ސިންދަފާތުކުރުމަށް މަގުފަހިވެގެންދާނެކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޞު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ޔޫއެންޑީޕީއާއި އިކޮނޮމިކް މިނިސްޓްރީއާއި ދެމެދު މިއަދު ޤާއިމްކުރެވުނު މި އެއްބަސްވުމުގެ މަގްސަދަކީ ސަރުކާރުގެ ޕޮލިސީތައް ކަނޑައެޅުމުގައި، އެވިޑެންސް ބޭސްޑް ޕޮލިސީމޭކިންއަށް ރިޢާޔަތްކުރުމަށާއި، އ.ދ ގެ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ލަނޑުދަނޑިތައް ހާސިލްކުރެވޭނެ ގޮތަށް ދިވެހިރާއްޖޭގައި އިންވެސްޓްމަންޓްތައް ކުރިއެރުވުމަށްޓަކައި، ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ ފައްޔާޞު އިސްމާއިލްއެވެ. އަދި ޔޫއެންޑީޕީގެ ފަރާތުން ސޮއިކުރެއްވީ، ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޔޫއެންޑީޕީގެ ރެސިޑެންޓް ރިޕްރެސެންޓެޓިވް، އެންރީކޯ ގަވޭލިއާއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، މިނިސްޓަރ ފައްޔާޒް ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ޕޮލިސީތަކާއި ސްޓްރެޓަޖީތައް އެކުލަވާލުމަށްޓަކައި މިހާރަށްވުރެ ބޮޑަށް މައުލޫމާތުގެ ބޭނުން ހިފުމަށް މަގުފަހިކޮށްދޭނެ ކަމަށެވެ. މީގެ އިތުރުން، ރާއްޖޭގެ އިޤްތިޞާދު ސިންދަފާތު ކުރުމަށް އެހީތެރިވުމާއި، ވިޔަފާރިއަށް ފަހި މާހައުލެއް ޤާއިމުކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތަށް އެހީތެރިކަން ލިބޭނެ ކަމަށެވެ.

މި އެމްއޯޔޫގެ ސަބަބުން، ޔޫއެންޑީޕީ އާއި މިނިސްޓްރީއާ ދެމެދު ފާއިތުވި އަހަރުތަކުގައި ދެމެހެއްޓިފައިވާ ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެ، ޔޫއެންޑީޕީއިން 2022 އިން 2026 އާ ހަމަޔަށް ހިންގުމަށް އެކުލަވާލާފައިވާ ދިވެހި ރާއްޖޭގެ އައު ކަންޓްރީ ޕްރޮގްރާމް ޑޮކިއުމަންޓް ތަރައްޤީކޮށް، މި ޕްރޮގްރާމްތައް އިތުރު ހަލުވި މިނެއްގައި ކުރިޔަށް ގެންދިޔުމަށް މަގުފަހިވެގެން ދާނެއެވެ.

މި އެމްއޯޔޫގެ ދަށުން މައިގަނޑު 4 ދާއިރާ އަކުން އެއްބާރުލުން ދިނުމަށް ކަނޑައަޅާފައިވެއެވެ. އެއީ ޑޭޓާ މެނޭޖްކުރުމާއި ދިރާސާ މައުލޫމާތުގެ މައްޗަށް ބިނާކޮށް އިޤްތިޞާދީ ސިޔާސަތުތައް އެކުލަވާލުމާއި ސަރުކާރަށް ފަންނީ ލަފާ ދިނުމުގައި ބޭނުންވާ ޑޭޓާ މެނޭޖްމަންޓް ގަވަނަންސް ހަރުދާނާކުރުމަށް އެހީތެރިވެދިނުމެވެ. އަދި އ.ދއިން ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ މަޝްރޫއުތައް ރާއްޖޭގައި ތަންފީޒުކުރުމުގެ ތެރެއިން، ކްލައިމެޓް އިންވެސްޓްމަންޓް ފުރުސަތުތައް ދެނެގަތުން އަދި މިކަމާގުޅޭ އިންވެސްޓްމަންޓް މެޕެއް އެކުލަވާލުމާއި، ރާއްޖޭގެ އިޤްތިޞާދަކީ، ކަނޑުގެ މުއްސަނދިކަމަށް ބަރޯސާވާ ދެމެހެއްޓެނިވި ނޫ އިޤްތިޞާދަކަށް ހެދުމަށްޓަކައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުންވެސް މީގެތެރޭޣައި ހިމެނެއެވެ.

މީގެއިތުރުން އަންހެން ވިޔަފާރިވެރިންނަށް އެހީތެރިވުމާއި، އަންހެނުން ހިއްސާވާ ވިޔަފާރިތައް ތަރައްޤީކޮށް ކުރިއެރުވުމަށް މަސައްކަތްކުރުމާއި، ދެމެހެއްޓެނިވި ފަހި އިޤްތިޞާދެއް ބިނާކުރުމަށް އެހީވުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ހުނަރު އިތުރުކުރުމަށް މަސައްކަތް ކުރުމަށް މި އެއްބަސްވުމުގެ ދަށުން އެއްބާރުލުން ލިބޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!