ބަރަހަނާ ފިލްމުތަކެއްގެ މައްސަލައިގައި ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދުރާ ހައްޔަަރުކޮށްފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ވަނީ މި ފިލްމުތައް މޮބައިލް ޕްލެޓްފޯމެއްގައި ދައުރުކޮށްފައެވެ.
ރާޖް ކުންދާރު ހައްޔަރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. މުމްބަާއި ފުލުހުން ނެރެފައިވާ ބަޔާނުގައި ބުނާ ގޮތުން އޭނާ ހައްޔަރު ކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ބަރަހަނާ ފިލްމު ހަދައި، މޮބައިލް އެޕެއްގައި ދައުރުކުރާ ކަމަށް މުމްބާއީގެ ކްރައިމް ބްރާންޗަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ކަމަށެވެ.
ރާޖަކީ ވިޔާފާރި ދާއިރާގައި މަސައްކަތް ކުރާ މީހަކަށް ވާއިރު، މީގެ ކުރިން އޭނާ އަށް ވިޔަފާރީގެ ތެރޭގައި މަކަރާއި ހީލަތް ހެދުމުގެ މައްސަލަތައް ވެސް ހުށެއެޅިފައިވެއެވެ. މިހާރު ހުށެއެޅިފައިވާ މައްސަލައާއި ގުޅިގެން ފުލހުން ބުނެފައިވާ ގޮތުގައި މި ބަރަހަނާ ފިލްމުތައް ދައުރުކުރުމުގައި އިސްދަައުރެއް އަދާކޮށްފައިވަނީ ރާޖްއެވެ.