ޚަބަރު
މަހުމޫދު މަރުގެ މައްސަލައިގައި ހުކުމް އިއްވުން މާދަމާއަށް ތާވަލްކޮށްފި

އަނިޔާވެރި ގޮތަކަށް މަރާލުމަށްފަހު ގޯންޏަކަށް އަޅާ ވަޅަކަށް ވައްޓާލާފައި އޮތް މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލައިގައި ހުކުމް ކުރުން މާދަމާއަށް ތާވަލްކޮށްފިއެވެ.

މިމައްސަލައިގައި ދައުވާ ލިބޭ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝާ އަލޮމް މިއާގެ މައްޗަށް ހުކުމް ކުރުމަށް ކްރިމިނަލް ކޯޓުން ނިންމާފައި އޮތީ މިމަހު 7 ވަނަ ދުވަހަށެވެ. އެހެންނަމަވެސް މަހުމޫދުގެ ވާރިސުން ކަރަންޓީނުގައި ތިބުމާއި ގުޅިގެން ހުކުމް އިއްވުން މިވަނީ ފަސްކުރެވިފައެވެ.

އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ޝަރީއަތުން ވިދާޅުވެފައިވަނީ ވާރިސުންގެ ބަސް ނެގުމުގެ މަސައްކަތް ކުރިޔަށް ގެންދާ ކަމަށާއި ބައެއް ވާރިސުން ކަރަންޓީންގައި ތިބުމުން އެކަން ފަސްކުރަން ޖެހިފައިވާ ކަމަށެވެ.

ޝާ އަލޮމް މިއާގެ މައްޗަށް އުފުލައިފައިވަނީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ އާއި، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ދައުވާއެވެ. މިދައުވާތަކަށް އޭނާ ވަނީ އިއުތިރާފްވެފައެވެ. އަދި އެންމެ ފަހުން ބޭއްވުނު އަޑުއެހުމުގައި މަހުމޫދު މަރާލީ ޝާ އަލޮމް ކަމަށް ވަނީ ސާބިތުވެފައެވެ.

މި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ޝާ އަލޮމް މިއާ ވަނީ މަހްމޫދު މަރާލީ ވަޅިންނާއި ކޮޅު ތޫނުކޮށްފައިވާ ދަގަނޑަކުން މަހްމޫދުގެ މެޔާއި ކަރަށް ހަމަލާދީގެން ކަމަށާއި މަހްމޫދުގެ ހަށިގަނޑުގެ ބޮލާއި ފަޔަށް ގޯންޏެއް ލައްވައިގެން ގެންގޮސް ފެންވަޅަކަށް ބޯކޮޅުވަތަށް ވައްޓާލި ކަމަށް އިއުތިރާފުވެފައެވެ.

އެހެންކަމުން ދައުލަތުން ހެކި ހުށަހަޅަން އުޅުމުން އެމައްސަލަ ބައްލަވާ ޤާޒީ ވިދާޅުވެފައިވަނީ އަމިއްލައަށް އިއުތިރާފް ވުމަށްވުރެ ވަރުގަދަ ހެއްކެއް ނޯންނާނެ ކަމަށާއި ހެކި ހުށަހެޅުމުގެ ބޭނުމެއް ނެތް ކަމަށެވެ.

މަހުމޫދުގެ މަރުވެފައިވާ ހަށިގަނޑު ފެނުނީ މިދިޔަ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހުގެ ހަވީރު 3:16 ހާއިރުއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!