ޚަބަރު
ގދ.އަތޮޅު ކައުންސިލުން މަޖިލީހުގެ ރައީސްއާއި ބައްދަލުކުރައްވައިފި

ގދ.އަތޮޅުގެ ރަށްތަކާއި އިހުތިސާސްގައި ހިމެނޭ ތަންތަނަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ ހައްލު ހޯދުމަށް ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުން މާލެއަށް ކުރައްވާ ދަތުރުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި މިއަދު ބައްދަލު ކުރައްވައިފިއެވެ.

ހުވަދޫ ނިއުސްއަށް މައުލޫމާތު ދެއްވަމުން ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ ވިދާޅުވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާ އެކު ބޭއްވުނު ބައްދަލުވުމުގައި ގދ.އަތޮޅުގެ ރަށްތަކަށް ދިމާވެފައިވާ ހުރިހާ މައްސަލަތަކުގެ އިތުރުން ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް އެމަނިކުފާނާއި ހިއްސާކުރެވުނު ކަމަށެވެ. އަދި އަތޮޅު ކައުންސިލުން ކުރަމުންދާ ދަތުރުގައި މިނިސްޓްރީތަކާއި ބައްދަލުކޮށް ދެކެވުނު ވާހަކަތައްވެސް ނަޝީދުއާ ހިއްސާކުރެވުނުކަމަށް ސައުދު ވިދާޅުވިއެވެ.

ގދ އަތޮޅު ކައުންސިލުން މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން

މި ބައްދަލުވުމުގައި އަތޮޅު ކައުންސިލްގެ ވަފުދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މަޑަވެލީ ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މި ދަތުރުގައި ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުން ވަނީ ގިނަ މިނިސްޓްރީތަކާއެކު ބައްދަލުވުންތައް ބާއްވާފައެވެ. އެގޮތުން އިސްލާމިކް މިނިސްޓްރީ، ޓްރާންސްޕޯޓް މިނިސްޓްރީ، ލޯކަލް ގަވަރމަންޓް އޮތޯރިޓީ، ޖެންޑަރ މިނިސްޓްރީ، އެންވަޔަރަމަންޓް މިނިސްޓްރީ، ސިވިލް ސާރވިސް ކޮމިޝަން، ފިޝަރީޒް މިނިސްޓްރީ، ހޯމް މިނިސްޓްރީ، ފިނޭންސް މިނިސްޓްރީގެ އިތުރުން އެމްއެމްޕީއާރުސީގެ އިސް ބޭފުޅުންނާއި ބައްދަލުކޮށް ރައްޔިތުންގެ ކަންބޮޑުވުންތައް ސަރުކާރާއި ހިއްސާކޮށްފައިވެއެވެ. އަދި އެކަންކަމަށް ލިބެން އޮތް ހައްލު ހޯއްދެވުމަށް މަޝްވަރާ ކުރައްވަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!