ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީއިން) ޅ. ހިންނަވަރުގައި ކުރިއަށްގެންދާ އެރަށުގެ މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތް މިއަދު ފަށައިފިއެވެ.
މިމަސައްކަތް ފައްޓަވައިދެއްވީ އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އުސްތާޒް މޫސާ އަލިމަނިކު މިއަދު އެރަށަށް ވަޑައިގެންނެވެ. މަގުހެދުމުގެ މަޝްރޫއު ފައްޓަވައިދެއްވުމަށްފަހު ވާހަކަ ދައްކަވަމުން އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލިމަނިކު ވިދާޅުވީ، މިމަޝްރޫއުގެ ސަބަބުން ހިންނަވަރުގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށާއި، މިމަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްގެންދާނެ ކަމަށެވެ.
މަގު ބައްތި ހަރުކުރުމާއި މަގުބައްތިއަށް ބޭނުންވާ ކަރަންޓު ކޭބަލް އެޅުންވެސް މިމަޝްރޫޢުގެ ތެރޭގައި ހިމެނިގެންދާނެ. https://t.co/G5JVx37qOz
— އަހުމަދު (@Dhonkolhu) February 17, 2022
މިމަސައްކަތުގެ ސަބަބުން މިރަށުގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދާނެ. އިރާދަކުރެއްވިއްޔާ ހުއްޓުމެއް ނެތި މިމަސައްކަތް ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން ދެން. މަސައްކަތުގެ ކޮލިޓީ ކޮމްޕްރޮމައިސް އެއް ނުކުރާނަން. އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލިމަނިކު ވިދާޅުވިއެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން އާރްޑީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މިމަޝްރޫއުގެ ދަށުން 7.125 ކިލޯމީޓަރުގެ 8 މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެވިގެންދާނެއެވެ. މިމަޝްރޫއުގެ ދަށުން މަގު ބައްތި ހަރުކުރުމާއި މަގުބައްތިއަށް ބޭނުންވާ ކަރަންޓު ކޭބަލް އެޅުންވެސް ހިމެނެއެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދާ މިމަޝްރޫޢުގައި 7.125 ކިލޯ މީޓަރުގެ 08
މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެވިގެންދާނެ.
މިމަޝްރޫޢުގެ އަގަކީ 122،048،704.17 މިލިއަން ރުފިޔާ އެވެ. https://t.co/w9qBIILT3J— Shama (@Shamarashydd) February 17, 2022
8 އޭޕްރީލް 2021 ގައި ސޮއިކުރެވުނު މި މަޝްރޫއުގެ މަސައްކަތް 540 ދުވަހުގެ ތެރޭގައި ނިންމާގޮތަށް އާރްޑީސީއާއި ހަވާލުކޮށްފައިވަނީ 122،048،704.17 މިލިއަން ރުފިޔާއަށެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އަކީ 2019 ވަނަ އަހަރުގެ ޖޫން މަހު ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އެކުލަވާލި ސަރުކާރުގެ 100 އިންސައްތަ ހިއްސާ އޮންނަ ކުންފުންޏެކެވެ. އާރުޑީސީގެ ދެވަނަ އަހަރާ ހަމައަށް އައި އިރު އެ ކުންފުނީގެ ޕްރޮޖެކްޓް ޕޯޓްފޯލިއޯގެ ދަށުން އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ މަޝްރޫއު ދަނީ ހިންގަމުންނެވެ.