ޚަބަރު
ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ޚިދުމަތްތައް ރަނގަޅު ވެގެންދާނެ : ނައިބު ރައީސް

ތިނަދޫގައި ހުންނަ ސަރުކާރުގެ ހޮސްޕިޓަލް ކަމަށްވާ ޑރ. އަބަދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ޚިދުމަތްތައް ރަނގަޅު ވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެ ކަމަށް ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ތިނަދޫ ރައީސް އަދި ގދ އަތޮޅު ކައުންސިލް މެންބަރު ސައުދު ޢަލީގެ އިސްނެންގެވުމަކަށް މިއަދު ހަވީރު ނައިބު ރައީސް ފައިސަލް ނަސީމް އާއި އެކު ހިލާލީ ގޭގައި ބޭއްވި ބައްދަލުވުމުގައި ކުރެއްވި މަޝްވަރާގައެވެ.

މިބައްދަލުވުމުގައި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފްގެ އިތުރުން ގދ ރައީސް ހަސަން ފައިހަތު ޤުދުރަތުﷲ ބައިވެރިވެލެއްވިއެވެ. މިބައްދަލުވުމުގައި ތިނަދޫ ހޮސްޕިޓަލްގައި ހުރި މައްސަލަތައް ރަނގަޅު ކުރެއްވުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް މިހާރުވެސް ކުރައްވަމުން ގެންދަވާ ކަމަށާއި ކައިރި މުސްތަޤްބަލެއްގައި މިހާރު އަޕްގްރޭޑިންގ އަށް ކުރެވޭ މަސައްކަތްތައް ނިމި ޚިދުމަތްތައް ރަނގަޅު ވެގެންދާނެކަމަށް ނައިބުރައީސް އާއި ހަވާލާދީ ސައުދު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ރައީސް ސަޢުދު އަލީ, މެމްބަރު ސަނީފް އަދި ގދ ރައީސް ފައިހަތު ވަނީ ޑރ އަބަދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ދިމާވެފައިވާ ގިނަ މައްސަލަތަކާއި ރައްޔިތުންގެ ޝަކުވާތައް ނާއިބު ރައީސް އާއި ޙިއްސާ ކުރައްވާފައެވެ.

ތިނަދޫ ހޮސްޕިޓަލު ޙާލަތު ރަނގަޅު ކުރުމަށާއި ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް މިހާރު ވެސް ސަރުކާރުން މަސައްކަތް ކުރައްމުންދެއެވެ. އެގޮތަށް ތިނަދޫ ގައި ހުންނަ ޑރ ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ކުރިއަށް ދާމަޝްރޫއުގެ މަސައްކަތުގެ 82 ޕަސެންޓް ނިމިއްޖެ ކަމުގައި މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީ އިންވަނީ ހާމަކޮށްފައެވެ.

އެ ކުންފުނީގެ އޮފިޝަލް ފޭސްބުކް ޕޭޖްގައި މިމަހުގެ 10 ވަނަ ދުވަހު ބުނެފައިވަނީ ގދ ތިނަދޫގައި ހުންނަ ޑރ ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ މަޝްރޫއުގެ މަސައްކަތުގެ 82 ޕަސެންޓް ނިމިއްޖެ ކަމަށާއި އަލަށް ހަދާ އޯޕީޑީ އިމާރާތާއި ވިއްސާ ކޮޓަރި ހުންނަ އިމާރާތުގެ 99 ޕަސެންޓް މަސައްކަތް ވެސް ނިމިފައިވާކަމަށެވެ.

ސަރުކާރުގެ ބަޖެޓުން 33.5 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫއުގެ ދަށުން، ހޮސްޕިޓަލުގެ އޯޕީޑީގެ އާއިމާރާތެއް އެޅުމާއި، ވިއްސާ ކޮޓަރި ހުންނަ އިމާރާތް އެޅުމާއި، އިމަރޖެންސީ ރޫމް އިމާރާތް ރެނޮވޭޓް ކުރުމުގެ މަސައްކަތް ހިމެނެއެވެ.

ހުވަދު އަތޮޅުގެ ސަރަހައްދީ ހޮސްޕިޓަލް ކަމުގައިވާ ޑރ ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް(ޑރ އޭއެސްއެމްއެޗް) އިތުރަށް ތަރައްޤީ ކުރުމަށް ސަރުކާރުން ބޮޑެތި ހޭދަތަކެއް ކުރައްވަމުން ދާއިރު ތިނަދޫ ގައި ޓަރޝިއަރީ ހޮސްޕިޓަލެއް އެޅުމަށް ވެސް ވަނީ ނިންމާފައެވެ. މިހޮސްޕިޓަލް އެޅުމަށް ބޭނުންވާ ބިމެއްގެ ގޮތުގައި ތިނަދޫ ސްޓޭޑިއަމްގެ ހުޅަނގު އުތުރު ސަރަހައްދު ވަނީ ހަމަޖައްސާފައެވެ. ނަމަވެސް އެބިމުގެ ބައެއްގައި ހުރި ހަރުގެ އިމާރާތާއި ބަންނަމުންދާ ދޯންޏެއް ނުނިމި، ބިން ހުސްނުވާތީ ވަނީ މަސައްކަތުގެ އެއްވެސް ކަމެއް އަދި ވަނީ ނުކުރެވިފައެވެ. ދާދިފަހުން ވަނީ ތިނަދޫ ޓަރޝިއަރީ ޑިޒައިން ކުރަހައި ދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކޮށްފައެވެ. ތިނަދޫގައި ޓަރޝިއަރީ ހޮސްޕިޓަލެއް އެޅުމަކީ މިސަރުކާރުގެ ބޮޑު ވަޢުދެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!