ރިޕޯޓް
އޭ، ރީތި އަންހެން ކުއްޖާއެވެ!

އޭ! ރީތި އަންހެން ކުއްޖާއެވެ. ތިޔައީ ﷲ ގެ ކުޅަދުންވަންތަވެރި ކަމުގެ ދިރިހުރި ނަމޫނައެކެވެ، ހެދިހުރި ހަށިގަނޑާއި ރީތި ގުނަވަންތަކެވެ، އޮމާން ކޯތާފަތާއި ކުރަނގި ދެލޮލެވެ ހިމަހޯލި އިނގިނލިތަކާއި ލާލެއްފަދަ ދެތުންފަތެވެ. އަންނާރު އޮށްތަކެއްފަދަ ސާފުރީތި ދަތްތަކެވެ. ސާދަވިލޭރޭގެ ހަނދުފަދަ ބަލައި ފޫހިވުމެއްނެތް އޮމާން ދޮން މޫނާއި އިހި ކަނދުރާއެވެ. ގިއުޅި އަތުކުރިއެވެ.

އަޑު އަހާށެވެ ތިޔަ ރީތިކަމަށްޓަކައި ބޮޑާވެނުގަންނާށެވެ. އޭރުންވާނީ ކުއްޅަވައްފަލު ރަންޏަކަށެވެ. ތިޔަރީތިކަމުގެ އަވައިގައި ޖެހޭނެ ކިތަންމެ ލޯތަކަކާއި ހިތްތަކެއްވެއެވެ. އެހެންނަމަވެސް ނަރެއްހައި ތަން ދޫކޮށްފިއްޔާ ކެނބެއްހައިތަން ދަމައި ގަންނާނެއެވެ. އެހެންމެ ޢަދާވާތްތެރި ހަސަދަވެރިކަމުގެ ލޯތައްތިޔަ ދިމާއަށް ހުއްޓިފައިވެއެވެ. އެފަދަމީހުންގެ ހިތް އޮންނާނީ ދެލިގަނޑެއްހެންނެވެ. ކަން އޮންނާނީ ވެލިގަނޑެއް ހެންނެވެ.

ވިސްނާށެވެ! މުއްސަނދިކަމާއި ޖަޙާއި ޤަދަރަށްޓަކައި ހިތުގެ ލަގަން ދޫކޮށް ނުލާށެވެ. ލަނޑަޔާވާނީ ލަނޑަޔާއޭ ބުނާހެން ތިމާގެ ފެންވަރުން އުޅެން ދަސްކުރާށެވެ. ރާވެރިއެއްގެ ދަރިއަކަށްވެސް ހަތަރެތިން އެކަތި އޮންނާނެކަން ވިސްނައްޗެވެ. ޤުދުރަތުން ތިބާއަށް ދެއްވާފައިވާ އެންމެ މަތިވެރި ހަދިޔާއަކީ ތިބާގެ ނަފްސުގެ އަގެވެ. ތިބާގެ އަބުރާއި ޢިއްޒަތެވެ. ވީމާ އެޅިހައި ބަތަކަށް ރިހައޭ ބުނާ އުޞޫލުން ކަން ކަން ނުނިންމާށެވެ.

އަންހެން ދަރިޔާއެވެ! ޤުދުރަތުން ހަދިޔާ ކުރައްވައިފައިވާ ތިބާގެ ދުލަކީ ނުހަނުވަރުގަދަ ދާފަރާއިން ރައްކާތެރި ކުރައްވާފައިވާ ދޮރެކެވެ. އެދޮރުން ނުކުންނަ ބަސްތައް ބައެއްފަހަރު ވިހައަށް ވެއެވެ. އަނެއްބައި ފަހަރު ފޮނި މާމުޔަށްވެދެއެވެ. ކަނޑިން، ކަޓަރުން ކުރެވޭ ޒަޚަމުގެ އަސަރު ބޭހުން ފިލައިދެއެވެ. އެހެނަސް ދުލުން އެބޭރުކުރާ ބަހުގެ ވިހަ ފާރު މުޅި އުމުރަށް ތާޒާ ކަމުގައި ހުރެއެވެ.

ކުށް ކުރެވެނީ އިންސާނުންނަށެވެ. އެހެނަސް ނުބީހެންޏާ ކަނޑާ ހަމަ އުޞޫލު ނުހިފައްޓާށެވެ. ﷲ ތަޢާލާއަށް ސިއްރު ނުކުރެވޭތީއެވެ. ތިބާގެ ހަފަރާތުގައި ﷲ ވޮޑިގެންވާކަ ހަނދާނުން ކައްސާލިޔަނުދޭށެވެ. ތިޔައީ ރީތި ތަޢުލީމީ ކުއްޖެކެވެ. އެހެނަސް ކަންނުވެ ނަން ނުވާށެވެ. ތިބާއަށް ލިބިފައިވާ ތޫނުފިލި ސިކުނޑިގެ ބޭނުންއެންމެ ހެޔޮގޮތުގައި ހިފާށެވެ. މިއަދު މިވަނީ ފުރުޞަތު ލިބިފައެވެ. ވީމާ ވެހޭތާ ފެން ނަގާށެވެ. ވިސްނާށެވެ. ތިބާގެ އަމިއްލަ ބޭނުން ތަކުގެ ކުރިމަތީ އިސްޖަހައި ލޯ މަރާނުލާށެވެ. ނުރޯ ދަރިއަކަށް ކިރެއް ނުލިބޭނެއެވެ. ދިމާވާ ކޮންމެ ކަމަކާވެސް ކުރިމަތިލާނީ ކެރުމާ އި ސާބިތުކަމާއެކުގައެވެ. ނާކާމިޔާބީއަކީ ކާމިޔާބުކަން ދަނެގެންނެވެ. އެއްވެސް އިންސާނަކަށް އަނިޔާއެއް ގެއްލުމެއް ދިނުމަށް ތިޔަ ސާފު ޠާހިރު އަތް އުފުއްލައިނުލާށެވެ. ތިމާ ފޭހުނު އިލޮށި ތިމާގެ ލޮލަށް ހެރިދާނެތީއެވެ. މިއީ ނުހަނު ލޯބިން ހަދިޔާ ކުރި މުތީގެ ހާރެއް ކަމުގައި ދެކޭނެ ކަމަށް ހީކުރަމެވެ. ހެޔޮ ރަނގަޅު ބަހެއް ބުނެފިނަމަ ބުނާ މީހަކަށް ނުބަލާށެވެ ބުނާބަސް އަހައި ހެޔޮގޮތުގައި އަމަލު ކުރާށެވެ.

  1. އައިޝާ

    ވަރަށް އަގު ހުރި ނަސޭހަތެއް

  2. ާއަބޫ

    ވަރަށް ފުރިހަމަ