ވިޔަފާރި
“އިބްނަމޯ”ގެ ނަމުގައި ތިނަދޫގައި ތަފާތު ރެސްޓޯރެންޓެއް ހުޅުވައިފި

އިބްނަމޯ ނަމުގައި ތިނަދޫގައި ތަފާތު ގިނަ ޚިދުމަތްތަކާއެކު އިތުރު ރެސްޓޯރެންޓެއް ހުޅުވައިފިއެވެ.

ރޮޗެސްޓަރ ގްރޫޕް ޕްރައިވެޓް ލިމިޓެޑްއިން ތިނަދޫ ސްޓޭޑިއަމް ކައިރީގައި ހުޅުވި މި ރެސްޓޯރެންޓްއިން ތިނަދޫއަށް ވަނީ އާ ޚިދުމަތްތަކަކާއި ކެއުމުގެ ރަހަތަކެއް ތަޢާރަފް ކޮށްފައެވެ.

މުޅިން ތަފާތު މާޙައުލެއްގެ ސިފަ ގެނެސް ހުޅުވި އިބްނަމޯ ރެސްޓޯރެންޓާއި ބެހޭގޮތުން ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު އިބްރާހިމް ވިދާޅުވީ ފެންވަރު ރަނގަޅު ތަނެއްގެ ގޮތުގައި ރެސްޓޯރެންޓް ހުޅުވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައި ވާނެ ކަމަށާއި އަދި ލެވެލް ޤާއިމް ކުރުމަށް ވަޤުތު ވެސް ނަގައިފައިވާ ކަމަށެވެ.

ތިނަދޫގައި އަލަށް ހުޅުވި “އިބްނަމޯ” ރެސްޓޯރަންޓް – ފޮޓޯ: މުހައްމަދު އަޚްތަރު

އިތުރަށް ތަފްސީލު ދެއްވަމުން މުހައްމަދު ވިދާޅުވީ މީގެ އެއް ދުވަސް ކުރިން އިބްނަމޯ ހުޅުވިގެން ދިޔައިރު އެތަނުން ތިނަދޫއަށް ނުވަތަ ހުވަދޫއަށް އާ ކަންތައްތަކާއި ރަހަތަކެއް ތަޢާރަފް ވެފައިވާ ކަމަށާއި އޭގެ ތެރޭފައި އާ ބްރޭންޑް ތަކުގެ ކޮފީ އާއި ލައިވް ކުކިންގ އަދި ޑިޖިޓަލް މެނޫގެ އިތުރުން ކެއުންތައް ހިމެނޭ ކަމަށެވެ.

“އޭގެ އިތުރުން  ވަރަށް ޚާއްސަ ކަމެއްގެ ގޮތުގައި ފަތިހު 5:30 ގައި ރެސްޓޯރެންޓް ހުޅުވުމަށް ހަމަޖެހިފައިވަނީ. ބޭނުމަކީ ރަށަށް އަންނަ މަސްވެރިންނާއި އެ ގަޑީގައި ހޭލާ އުޅުއްވާ ބޭފުޅުންނަށް ޚިދުމަތެއް ދިނުން”  މުހައްމަދު ވިދާޅުވިއެވެ.

އިބްނަމޯއިންވަނީ 7370007 އަށް ގުޅުމުން ޑެލިވަރީގެ ޚިދުމަތް ވެސް ދޭ ގޮތަށް ހަމަޖައްސާފައެވެ.

ތިނަދޫ އަކީ އާބާދީ ބޮޑު ރަށަކަށް ވެފައި ހޮޓާ ރެސްޓޯރެންޓްތައް ވެސް ގިނަ ރަށެކެވެ. އަދި މިފަހަކަށް އައިސް ރެސްޓޯރެންޓްތައް ފެންވަރު ރަނގަޅުކޮށް އަލުން ހުޅުވުމާއި ތަފާތު އާތަންތަން ހުޅުވުން ގިނަވަމުން ދާކަން ފާހަގަ ކުރެވެއެވެ.

  1. ޝިވާނީ

    ތީ ސުމެއްގެ ތަނެއް.އަގު ބޮޑު އިންތިހާއަށް.ގުދުރަތު ހޮޓާވެސް މާރަނގަޅު.