ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިހާރު ރައްތިޔުންނަށް ކުރައްވަނީ ޖެއްސުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފު(ސެމްބެ) ވިދާޅުވެއްޖެއެވެ.
ރޭ ޅ.ނައިފަރުގައި ބޭއްވުނު ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވަނީ އިޖްތިމާއީ ބޯހިޔާވަހިކަމަށް، ނުވަތަ ސޯޝަލް ހައުސިންއަށް ރަނގަޅީ ދެ ކޮޓަރި ނޫން ކަމަށާއި، ތިން ކޮޓަރި ކަމަށެވެ. އަދި ފްލެޓް ހުންނަންވާނީ ވަރަށް ތަނަވަސްކޮށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައިސް ސޯލިހުގެ ވާހަކަފުޅުތަކާއި ގުޅިގެން ސެމްބެ ވިދާޅުވަނީ މިސަރުކާރުގެ ބުރަ ވާހަކަތަކުން ބިމުން މައްޗަށް އިމާރާތެއް ނާރާ ކަމަށާއި ހިތްވަރުކޮށްލުމުން ގަލެއް ނަމަވެސް ބޭއްވިދާނެ ކަމަށެވެ.
Manikufaanu mihaaru Thikurahvvanee Rayyithun ah Jessun. Bimun mahchah imaaraatheh naara misarukaaruge bura vaahaka thakunves. Hihvvaru kollahvva galeh namaves beyvveyne adhi! https://t.co/Whud7HADWS
— Hussain Mohamed Latheef (@HucenSembe) February 20, 2022
ރައީސް ޔާމީންގެ ސަރުކާރުގައި އަޅާފައިވާ ފްލެޓްތަކުގެ ޖާގަ ކުޑަކަމަށް ބުނެ މިސަރުކާރުން ފާޑުކިޔަމުން ގެންދާއިރު މިސަރުކާރުން ތިން އަހަރު ވެގެން ދިޔައިރު ވެސް، މާލެ ސަރަހައްދުގައި އެއްވެސް ހައުސިން މަޝްރޫއުއެއް ނިންމިފައި ނުވާކަން އިދިކޮޅުން ވަނީ ފާހަނގަކޮށްފައެވެ.