ޚަބަރު
މޭރީ މަރަން ބޭނުންކޮށްފައިހުރީ ލަމްހާގެ ގެއިން ފެނުނު އިންޖެކްޝަން

އައިޖީއެމްއެޗްގައި ވަޒީފާ އަދާކުރަމުންދިޔަ ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ މަރާލުމުގައި ބޭނުންކޮށްފައި ހުރީ މިމައްސަލައިގައި ހައްޔަރުކޮށްފައިވާ ހަލީމަތު ލަމްހާގެ ގެއިން ފެނުނު ބާރުގަދަ އިންޖެކްޝަން ކަމުގައި މިއަދު ކްރިމިނަލް ކޯޓުގައި ވިދާޅުވެއްޖެއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވުނު އަޑުއެހުމުގައި ދައުލަތުން ބުނެފައިވަނީ ލަމްހާގެ ގެއިން ފެނުނު ނުރައްކާތެރި އިންޖެކްޝަންގެ އަސަރު މޭރީގެ ލޭގައި ހުރިކަމަށް މޭރީގެ އެޓޮޕްސީ ރިޕޯޓުން އެގެން އެބަހުރި ކަމަށާއި މޭރީގެ ލޭގައި ސަކްސިނައިލްކޮލިންގެ އަސަރު އެބަހުރި ކަމަށެވެ.

ދައުލަތުން ހާމަކުރި ގޮތުގައި މޭރީގެ ޓޮކްސޮލޮޖީ ރިޕޯޓް ނިމި އެރިޕޯޓްގެ ނަތީޖާ އަނގަބަހުން ވަނީ ލިބިފައެވެ. ފައިނަލް ރިޕޯޓް ވަރަށް އަވަހަށް ލިބޭނެ ކަމަށް ވެސް ދައުލަތުން ވިދާޅުވިއެވެ.

ލަމްހާގެ ގެއިން ފެނުނު އިންސާނަކު މަރުވެދާނެ ފަދަ ނުރައްކާތެރި އިންޖެކްޝަން ބޭނުން ކުރާނެ ގޮތް ލަމްހާ ވަނީ މާވިންއަށް މެސެޖަކުން ކިޔައިދީފައެވެ. ދައުލަތުން ވިދާޅުވެފައިވަނީ ލަމްހާގެ ފޯނުން އިންޓަނެޓުގެ މެދުވެރިކޮށް ގޫގަލްކޮށްގެން ހަށިގަނޑު އިންޖެކްޓް ކުރާނެ ގޮތް ބަލާފައި އެ މައުލޫމާތު ނަގައިގެން މާވިންއަށް ކޮށްފައިވާ މެސެޖުތަކެއް ފެނިފައިވާކަމަށެވެ.

މީގެ އިތުރުން، އިންޖެކްޓް ކުރުމަށް ފަހު މަރުވާ ކަން ޔަގީން ކުރަން ވެސް މާވިންއަށް ލަމްހާ ފޮނުވި މެސެޖެއްގައި ބުނެފައިވާކަން ދައުލަތުން ވަނީ ފާހަނގަކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!