ފެންޑާ
ޖާދުގެ ޖާދޫ ގައި 100 އަށްވުރެ ގިނަ ދިވެހިން

މި އަހަރުގެ މިނިވަން ދުވަހަށް ޚާއްޞަކޮށްގެން ވަރަށް ޚާއްޞަ ޤައުމީ ލަވައެއް ގެނެސް ދިނުމުގެ މަސައްކަތް ހުވަދު އަތޮޅު ތިނަދޫ އަށް އުފަން ޖާދުﷲ އިސްމާއީލް (ޖާދު) ކުރަން ފަށައިފިއެވެ.

ޖާދު ޑައިރެެކްޓްކޮށް، ޢަލީ ރަޝީދު (ގޮޅާ) ކެމެރާކޮށް ގެނެސްދޭ ލަވައިން 100 އަށް ވުރެން ގިނަ މޫނު ފެނިގެންދާނެ ކަމަށް ޖާދު ބުނެފައިވެއެވެ. މި މަސައްކަތުގެ ކުޑަ ތަފްސީލެއް ދެމުން ޖާދު ބުނީ މިއީ ތަފާތު ލަވައެއް ކަމަށާއި ހީނުކުރާހާ ތަފާތު މޫނުތައް މި ލަވައިގައި ފެނިގެން ދާނެ ކަމަށެވެ.

އެގޮތުން ލޮކްޑައުންގައި ތިބެގެން ފަންނާނުން އަމިއްލައަށް ކުރިން ޝޫޓްކުރި ގޮތާ ޚިލާފަށް މިފަހަރު ލަވަ ޝޫޓްކޮށްފައިވަނީ ޖާދުއާއި އޭނާގެ ޓީމުން ހޮވާލާފައިވާ ލޮކޭޝަންތަކަކަށް ގެންގޮސްގެންނެވެ. ކުރީގެ ރާގަކަށް ޖޫނީ އާއި އިޝާމް ކިޔައި ދީފައިވާ ލަވައާ ބެހޭ ގޮތުން ޖާދު ބުނީ މިފަހަރުގެ ލަވަ ނެގުމުގައި ވީހާވެސް ބޮޑަށް ބަލަމުން ގެންދަނީ މުއައްސަސާތަކުންނާއި އަމިއްލަ ފަރުދުން ބޭނުންކޮށްގެން ދިވެހި ގިނަ އަދަަދެއްގެ ދަރީންތަކެއް ފެނިގެންދާ ދިވެހި ޤައުމީ ލަވައެއް ތައްޔާރުކުރުމަށް ކަމަށެވެ.

ވަރަށް ކުރީގެ ދިވެހި ވަންތަ ރާގަކަށް ބަދަލުތަކެއް ގެނެވިގެން ހަދާ މި ވީޑިއޯ ލަވައިން ރާއްޖޭގެ ތަފާތު ދާއިރާ ތަކުން މަޝްހޫރު މީހުން ފެނިގެން ދާނެއެވެ. އޭގެތެރޭގައި ސިޔާސީ މީހުން ވެސް ހިމެނޭ ކަމަށެވެ. ޖުލައި 26ގައި ބެލުންތެރިންނާ ހަމައަށް ދޫކޮށްލުމަށް ތައްޔާރުކުރަމުން އަންނަ މި ޚާއްޞަ ލަވަ ފެނިގެންދާނީ ހޯމް މިނިސްޓްރީން ޕީއެސްއެމް މެދުވެރިކޮށް މިނިވަން ދުވަހު ދައްކާ ޚާއްޞަ ޓެލެތޯނުގެ އެވެ.

މިދިޔަ އަހަރުގެ މިނިވަން ދުވަހަށް ޚާއްޞަކޮށްގެން މަޝްހޫރު ނެށުންތެރިޔާ/ޑިޒައިނަރ އަދި އެކްޓަރ ޖާދުﷲ އިސްމާޢީލް ގެނެސްދިން ”މިނިވަން ވަޔާ ކުޅެލާށެ ތާޒާ…“ ލަވައިން ފެނިގެން ދިޔައީ 67 ފަންނާނުންނެވެ. އެ ލަވައަށް ބޮޑު މަޤްބޫލުކަމެއް ލިބިގެން ދިޔައީ ލަވައިން ފެނުނު ތަރިންގެ ސަބުންނާއި ޖާދުގެ މަސައްކަތުގެ ފުރިހަމަ ކަމުންނެވެ. ކުރިން ފަހަރުތަކާ އެއްގޮތަށް ޖާދޫގެ މިފަހަރުގެ ޖާދޫގައި ގިނަ ބަޔަކު ޖެހިގެން ދާނެ ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެއެވެ.

Comment