ގިނަ ދިވެހިންނަށް ކަމުދާ ކަރާ ފަނި ހެދުމުގެ ބަދަލުގައި މިއޮތީ ކަރާ ބޭނުންކޮށްގެން ތައްޔާރުކުރެވޭނެ މީރު ބުއިމެކެވެ. ކަރާ ބޭނުންކޮށްގެން ތައްޔާރުކުރާ މި ސްމޫތީއަކީ ހަށިގަނޑުގައި ބުންވަރު ޖައްސައިދޭ އަދި އެހާމެ މީރު ބުއިމެކެވެ. ރޯދަ ވީއްލާ ގަޑިއަށް މިއީ ތައްޔާރުކޮށްލަން ފަސޭހަ އަދި ހަށިގަޑަށްވެސް ރަގަނޅު ބުއިމެކެވެ.
ބޭނުންވާނެ ތަކެތި
1 1/2 ޖޯޑު ކަރާ
1 ދޮންކެޔޮ (ކުދިކޮށްކޮށާ ގަނޑުކޮށްފައި)
1 އާފަލު (ތޮށިމަށާ ކުދިކޮށް ކޮށާފައި)
3/4 ގްރީކް ގޯޔަޓް
މާމުއި

ވޯޓާރމެލަން ސްމޫތީ
ތައްޔާރުކުރާނެ ގޮތް
މިކްސަރަށް ނުވަތަ ފުޑް ޕްރޮސެސަރއެއްގައި ކަރާކޮޅު އަރާ ގިރާލާށެވެ. ދެން އޭގެ ތެރެއަށް ކޮށާފައި ހުރި ދޮންކޭލާ އާފަލުކޮޅާއި ޔޯގަޓް އަދި މާމުއި އަޅާލައި ހުރިހާ އެއްޗެއް އެއްކޮށް ގިރާލާށެވެ. ވޯޓަރ މެލަން ސްމޫތީ މިހާރު ތިހިރީ ތައްޔާރުވެފައެވެ. އެކަމަކު ބޭނުންކޮށްލަން އެންމެ މީރުވާނީ އައިސްއަލާމާރީގައި ބަހައްޓާ ފިނިކޮށްލައިގެންނެވެ.
ސީދާ
ކޮޕީއެއް.
ސާއި އަކަށް ސައިފޮދަކަސް ކޮޕީ ނުކޮށްބަލަ.