ޚަބަރު
ތިނަދޫ ސްކޫލުން ހޯމް ސައިންސް ޕްރޮގްރާމް ފަށައިފި

ތިނަދޫ ސްކޫލްގެ ހުރިހާ ދަރިވަރުންނަށް އެސްކޫލްގައި ހޯމް ސައިންސް ޕްރޮގްރާމްގެ ދަށުން ސެޝަންތައް މިއަދު ފަށައިފިއެވެ.

ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ތިނަދޫ ސްކޫލްގެ ލީޑިންގ ޓީޗަރ އައިމިނަތު ޝިފްނާ ލަތީފް ވިދާޅުވީ މިއަދު ސްކޫލުގައި ފެށި ހޯމް ސައިންސް ސެޝަންތަކަކީ އެޑިއުކޭޝަން މިނިސްޓްރީގެ އެންގެވުމުގެ މަތިން ދަރިވަރުންނަށް ގޭގެ މާހައުލުގައި ކުރަން މުހިންމު ކުދިކުދި މަސައްކަތްތައް ދަސްކޮށްދިނުމަށް ފެށި ޚާއްސަ ސެޝަން ތަކެއް ކަމަށާއި މިސެޝަންތަކުގައި ކޮންމެ ދުވަހަކު 1 ގަޑިއިރު ވަންދެން މުދައްރިސުން މަސައްކަތް ކުރައްވާނެއެވެ.

ހޯމް ސައިންސް ޕްރޮގްރާމްގެ ދަށުން ތިނަދޫ ސްކޫލްގައި ހިންގާ ޝެޝަންތަކުގައި އެސްކޫލްގެ ދަރިވަރުން ބައިވެރިވެ މަސައްކަތް ކުރުމުގައި – ފޮޓޯ: ތިނަދޫ ސްކޫލް

ޝިފްނާ ވިދާޅުވީ މި ސެޝަންތަކުގައި ދަރިވަރުންނަށް ގޭތެރޭގެ ދިރިއުޅުމުގައި ކުރެވިދާނެ ކަންތައްތަކުގެ އިތުރުން އެ މާހައުލުގައި އުފެއްދިދާނެ އަމިއްލަ އުފެއްދުން ތައްޔާރު ކުރެވިދާނެ ގޮތްތަކާ އޭގެ މައުލޫމާތު ދެވޭނެ ކަމަށާއި ހޯމް ސައިންސްގެ ސަބަބުން ދަރިވަރުންނަށް ވަރަށް ގިނަ އާ ފިލާވަޅުތަކާ ހޭލުންތެރިކަން އިތުރު ވެގެން ދާނެކަމަށެވެ.

މި ހަރަކާތް ކުރިޔަށް ގެންދިއުމުން, މިސާލަކަށް މަސްކެނޑުން، ކެއްކުން ފަދަ ކަންކަމާ މައިންބަފައިންނަށް އެހީވުމުގެ ގޮތުން ކުރެވިދާނެ ވަރަށް ގިނަ ކަންތައްތައް ދަރިވަރުންނަށް ދަސްވާނެ – ޝިފްނާ ވިދާޅުވިއެވެ.

ހޯމް ސައިންސްގެ ޕްރޮގްރާމް ތިނަދޫ ސްކޫލްގައި ފަށައިފައިވާއިރު ރާއްޖޭގެ ހުރިހާ ސްކޫލް ތަކެއްގައިވެސް ދަރިވަރުންނަށް މިފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަންގަވާފައެވެ. ނަމަވެސް ކޯވިޑް-19 ގެ ޙާލަތުގެ ސަބަބުން ގިނަ ސްކޫލްތަކުގައި ވަނީ ކުރިޔަށް ނުގެންދެވިފައެވެ.

ތިނަދޫ ސްކޫލްގައި ހޯމް ސައިންސްގެ ނަމުގައި މި ޕްރޮގްރާމް ދުރާލާ ތައްޔާރު ވެގެން ފަށާފައި ވާއިރު މި ޕްރޮގްރާމްގައި ބައިވެރިވެ މަސައްކަތް ދަސްކުރާ ދަރިވަރުންނަށް ޚާއްސަ އެވޯޑެއް ވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!