ޚަބަރު
ސީޒަނަށް މަޑުނުކޮށް މިހާރު އުމްރާއަށް ދެވޭނެ: ޤިބްލަ

ސީޒަނަށް މަޑުނުކޮށް މިހާރު ގުރޫޕް ހަދައިގެން އުމްރާއަށް ދެވޭނެކަމަށް ޤިބްލަ ކުންފުނިން ވިދާޅުވެއްޖެއެވެ.

ޤިބްލަ ކުންފުނިން ހާމަކުރި ގޮތުގައި އުމްރާގެ އަޅުކަން އަދާކުރުމަށް މިހާރު ސީޒަނަށް މަޑުކުރާކަށް ނުޖެހޭނެއެވެ. ޤިބްލައިން ތައާރަފްކުރި އާ ޕެކޭޖްތަކުގެ ދަށުން އެގުރޫޕުން ޢުމްރާއަށް ދާ ދުވަހަކަށް އިންތިޒާރު ނުކޮށް ޢުމްރާ އަށް ދާން ބޭނުންވާ މީހާ އަށް ވަގުތުވާއިރަކުން އޭނާއަށް ދެވޭ ގޮތައް ޚިދުމަތްތައް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

ރާއްޖޭތެރޭ ރަށެއްގައި ހުރިނަމަވެސް އެގްރޫޕުގެ ވެބްސައިޓް މެދުވެރިކޮށް އުމްރާއަށް ދާން ރަޖިސްޓްރީ ކުރެވޭނެ ކަމަށާއި ވިސާ ޖަހައިދިނުމުގެ ޚިދުމަތް އެކުންފުނިން ހަމަޖައްސައިދޭނެ ކަމަށް ޤިބްލަ ކުންފުނިން ވިދާޅުވިއެވެ.

އެގޮތުން އުމްރާގެ އަޅުކަން އަދާކުރަން ދާން ބޭނުންވާ ފަރާތްތަކަށް ޤިބްލަ ކުންފުނިން ތާރަފްކޮށްފައިވާ ޕެކޭޖްތަކަށް ބަލާއިރު ވީއައިޕީ ޢުމްރާ ޕެކޭޖް، ފެމިލީ ޕެކޭޖް، ޔޫތު ޕެކޭޖް، ސްޓޫޑެންޓް ޕެކޭޖް، އައިލެންޑް ޕެކޭޖް، ކޯޕަރޭޓް ޕެކޭޖް، ސީޒަނަލް ޢުމްރާ ޕެކޭޖް، އަދި ހަނީމޫންޓުއަރ ޕެކޭޖް ހިމެނެއެވެ.

ވީއައިޕީ ޕެކޭޖުގެ ދަށުން އުމްރާގެ އަޅުކަން އަދާކުރަންދާ ފަރާތްތައް ތިބޭނީ ހަރަމްފުޅާއި ވަރަށް ގާތުގައެވެ. އަދި އެފަރާތްތަކަށް ފޯރުކޮށްދެވޭނީ ވީއައިޕީ ޚިދުމަތްތަކެވެ.

ފެމެލީ ޕެކޭޖު ނަގާ ފަރާތްތަކުން ދަތުރުކުރާ އާއިލާ ފިޔަވާ އެހެން ފަރާތަކަށް ބައިވެރި ނުވެވޭނެއެވެ. އެޕެކޭޖުގެ ދަށުން އެކުގައި ދެވޭނީ އާއިލާގެ މީހުންނަށް އެކަނީއެވެ.

ޔޫތު ޕެކޭޖުގެ ދަށުން އުމްރާއަށް ދާ ޒުވާނުންނަށް އުމްރާގެ އަޅުކަމުގެ އިތުރުން އިސްލާމީ ތާރީޚީ ތަންތަނާއި ސްޕޯޓްސް ދާއިރާއާ ގުޅުންހުރި ތަންތަނަށް ޒިޔާރަތްކުރުމުގެ އިތުރުން ކީރިތި ރަސޫލާގެ ޒުވާން ޙަޔާތްޕުޅު ކިޔައިދިނުން ފަދަ ތަރުބަވީ ކަންކަން ވެސް ހިމެނޭނެއެވެ.

ސްޓޫޑެންޓް ޕެކޭޖަކީ ކިޔަވާ ކުދިންނަށް ހާއްސަ ޕެކޭޖެކެވެ. މިޕެކޭޖްގެ ދަށުން ޢުމްރާ ކުރާ ކިޔަވާކުދިންނަށް ޢުމްރާގެ އަޅުކަމުގެ އިތުރުން މައްކާއާއި މަދީނާއާއި ޠާއިފްގެ އިސްލާމީ ބިނާތަކާއި ތާރީޚީ ތަންތަނާއި ކަންކަން ކިޔައިދެވޭނެއެވެ. އަދި އެތަންތަން ހަމަލޮލުން ފެނި އެތަންތަނާއި ބެހޭގޮތުން ފިލާވަޅެއް ގޮތަށް ކިޔައިދެވޭނެއެވެ. އަދި ދެޙަރަމްފުޅުގެ އިސް ޢިލްމުވެރިންގެ ތެރެއިން ބޭފުޅުންނާ ނުވަތަ މައްކާ މަދީނާގެ ޢިލްމުވެރިންގެ ތެރެއިން ބޭފުޅުންނާ ބައްދަލުކޮށް އެބޭފުޅުންނާއި ވާހަކަދެއްކުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިޕެކޭޖްތަކުގައި ހާއްސަ ރޭޓްތަކެއް ކަނޑައެޅިފައިވެއެވެ.

އައިލެންޑް ޕެކޭޖަކީ ރާއްޖެތެރޭ ރަށްތަކުގައި ދިރިއުޅޭ މީހުންނަށް ހާއްސަކޮށްފައިވާ ޕެކޭޖެކެވެ. އެމީހުންނަށް ފަސޭހަ ދުވަސްވަރެއްގައި ދެވޭގޮތަށް ހަމަޖެހިފައިވާ ޕެކޭޖެކެވެ. މިޕެކޭޖުގެ ދަށުން އެދަތުރުގައި ދެވޭނީ އެރަށުގެ މީހުންނަށް އެކަންޏެވެ.

ކޯޕަރޭޓް ޕެކޭޖަކީ އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަށް ހާއްސަ ރޭޓްތަކާއިއެކު ތާރަފްކޮށްފައިވާ ޕެކޭޖެކެވެ.

ސީޒަނަލް ޕެކޭޖަކީ އުމްރާގެ އަޅުކަމުގެ ދުވަސްވަރާއި ދިމާކޮށް (ބަރަކާތްތެރި ރަމަޟާންމަހާއި ދިމާކޮށް) ނުވަތަ އަހަރީ ޗުއްޓީއާއި ދިމާކޮށް އުމްރާއަށް ދާން ބޭނުންވާ ފަރާތްތަކަށް ހާއްސް ޕެކޭޖެކެވެ.

ހަނީމޫން ޓުއާގެ ދަށުން ދަތުރުކުރާ ފަރާތްތަކަށް މަދީނާ އަދި ސައުދީ އަރަބިއްޔާގެ އެކިތަންތަނަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އުމްރާގެ އަޅުކަން އަދާކުރުމުގެ އިތުރުން އެހެނިހެން ޚިދުމަތްތަކަށް ބޭނުންވާ ފަރާތްތަކަށް އެކުންފުނީގެ ފަރާތުން ޚިދުމަތް ފޯރުކޮށްދޭނެ ކަމަށް އެކުންފުނިން ވަނީ ވިދާޅުވެފައެވެ.

އެ ކުންފުންޏަކީ އަމިއްލަ އަށް ވިސާ ޖަހައިދިނުމުގެ ފުރުޞަތު ފަހިވެފައިވާ، އަޔާޓާގައި ރެޖިސްޓަރ ކުންފުންޏެއް ކަމަށް ވެސް ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!