ޚަބަރު
ގެވެށި އަނިޔާގެ މައްސަލަތައް ހުއްޓުވުމަށް ދެމަފިރިން ހަމަހަމައަށް ހިއްސާވާންޖެހޭ – ފަޒްނާ

ގެވެށި އަނިޔަގެ މައްސަލަތައް ހުއްޓުވުމަށް ދެމަފިރިން ހަމަހަމައަށް ހިއްސާވާން ޖެހޭ ކަމަށާއި، އެހެން ނޫނީ އެފަދަ މައްސަލަތައް ހައްލުނުކުރެވޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވިދާޅުވެއްޖެއެވެ.

ރައީސްގެ އަނބިކަނބަލުން މިހެން ވިދާޅުވީ، ގެވެށި އަނިޔާއާއި ދެކޮޅަށް މީހުން ހޭލުންތެރިކުރުމަށް “ސާސްތުރަ”އިގެ ނަމުގައި ޚާއްސަ މަޖައްލާއެއް ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސާސްތުރަ މަޖައްލާއަކީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއި އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާން ގުޅިގެން ކުރިއަށް ގެންދާ ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން، ގެވެށި އަނިޔާއާއި ދެކޮޅަށް މީހުން ހޭލުންތެރިކުރުމުގެ މަގްސަދުގައި ނެރުނު މަޖައްލާއެކެވެ. މިމަޖައްލާ ނެރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ މަޖައްލާ ރަސްމީކޮށް ނެރެދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދުއެވެ.

މިރަސްމިއްޔާތުގައި ފަޒްނާ އަހުމަދު ދެއްކެވި ވާހަކަފުޅުގައި ވަނީ ގެވެށި އަނިޔާގެ މައްސަލަތައް ހައްލުކުރުމުގައި ދެމަފިރިން ހަމަހަމައަށް ހިއްސާވުމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ގެވެށި އަނިޔާގެ މައްސަލަތައް ފުރަތަމަ ފެށިގެން ދަނީ ގެއާ ހިސާބުންކަމުގައި ރައީސްގެ އަނބިކަނބަލުން ވިދާޅުވިއެވެ. މިކަމަށް އޮންނަ އެންމެ ބޮޑު ހައްލެއްގެ ގޮތުން “ކެއަރިންގ ރޯލް”އަކީ ގޭގަ އުޅޭ ފިރިހެން މީހާއާއި އަންހެން މީހާގެ އިތުރުން ގޭގަ އުޅޭ އެންމެންގެ ވެސް ޒިންމާއެއްގެ ގޮތުގައި ދެކުމަކީ ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.

” ގޭތެރޭގަ އިންނަ އަންހެންމީހާ ދައްކާ ވާހަކަތައް ބަލައިނުގަނެ ދެން އޮފީހަށް ގޮސް ތިމަންނަ މިވެނި އަދަދަކަށް އޮފީހަށް އަންހެނުން ލައިފީމޭ ބުނެގެން މިކަންކަން ކުރެވޭނެ ގޮތެއް އަޅުގަނޑުގެ ސިކުނޑިއަކަށް ގަބޫލެއް ނުކުރެވޭ. އެހެންވީމަ އަޅުގަނޑަށް އެ ލިންކު ކުރެވެނީ ގެވެށި ގުޅުމާއި މުޖުތަމައަށް އަންހެނުން ނުކުމެ ކުރާ މަސައްކަތުގަ އަންހެނުންނަށް ލިބެންޖެހޭ އިހްތިރާމާއި ހިސާބުން. ” ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވިދާޅުވިއެވެ.

“ސާސްތުރަ” މިމަޖައްލާއަކީ ގެވެށި އަނިޔާއާއި ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން މި މައްސަލައާގުޅޭ ތަފާތު މައުލޫމާތު ހިމަނާފައިވާ މަޖައްލާއެކެވެ. މި މަޖައްލާގައި ގެވެށި އަނިޔާއިން ރައްކާތެރިވެ ތިބުމާއި އެފަދަ އަނިޔާތައް ތަހައްމަލު ކުރަމުންގެންދާ ފަރާތްތަކަށް އެހީތެރިވެދޭ އަދި ގެވެށި ގުޅުން ބަދަހިކުރުމަށް މަގުދައްކައިދޭ ލިޔުންތައް ހިމެނެއެވެ. މީގެ އިތުރުން ގެވެށި އަނިޔާއާއި ގުޅުންހުރި މުހިއްމު ބައެއް ސުވާލާއި ޖަވާބު އަދި ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރާއްޖެއިން ލިބެންހުރި ޚިދުމަތްތަކާ ގުޅޭ މަޢުލޫމާތުވެސް ހިމަނާފައިވެއެވެ

އަދި ޖެންޑަރ މިނިސްޓްރީގެ ފަރާތުން ކުރިއަށްގެންދިޔަ “ގެވެށި ގުޅުން ސާސްތުރަ” ޓީވީ ސީރީޒްގައި މެހުމާނުންގެ ގޮތުގައި ބައިވެރިވެވަޑައިގެންފައިވާ ފަރާތްތަކުން ވިދާޅުވެފައިވާ ފާހަގަކޮށްލެވޭ ވާހަކަތައްވެސް މިމަޖައްލާގައި ހިމަނާފައިވެއެވެ. އަދި ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން މިހާތަނަށް ކުރިއަށްގެންގޮސްފައިވާ ބައެއް ޙަރަކާތްތަކުގެ ފޮޓޯއާއި ކެމްޕެއިންގެ ދަށުން ފޯރުކޮށްދެވޭ މައިގަނޑު ބައެއް މެސެޖުތައްވެސް ހިމެނެއެވެ. ހަމަ މިއާއެކު ގެވެށި އަނިޔާއަށް ހޭލުންތެރިކޮށްދޭނެ ކުރު ވާހަކަ އާއި ކޮމިކް އަދި ޅެންވެސް މި މަޖައްލާގައި ހިމަނާފައިވެއެވެ.

“ސާސްތުރަ” މަޖައްލާގައި ހިމަނާފައިވާ އާޓިކަލްތައް ލިޔެފައިވާ ފަރާތްތަކުގެ ތެރޭގައި އިޖުތިމާޢީ މައްސަލަތަކާއި ގުޅޭ ޢިލްމު ހާޞިލްކުރައްވައިގެން ތިއްބެވި ބޭފުޅުންނާއި، ރާއްޖޭގެ ބައެއް މަޝްހޫރު ލިޔުންތެރިން ހިމެނެއެވެ. އެގޮތުން މި ރަސްމިއްޔާތުގައި އެ ފަރާތްތަކާއި ސާސްތުރަ މަޖައްލާ ނެރުމަށް އެކި ގޮތްގޮތުން އެހީތެރިވެދެއްވި ފަރާތްތަކަށް ވަނީ މަޖައްލާގެ ކޮޕީއެއްވެސް ހަވާލުކޮށްފައެވެ.

62 ޞަފްހާ އެކުލެވިގެންވާ މި މަޖައްލާ އަކީ ކޮންމެ އަހަރަކު އެއްފަހަރު ޝާއިޢުކުރާ ގޮތަށް ހަމަޖެހިފައިވާ މަޖައްލާއެކެވެ. މިފަހަރު ނެރެފައިވަނީ މިމަޖައްލާގެ ފުރަތަމަ އަދަދެވެ. ޖެންޑަރ މިނިސްޓްރީގެ ފަރާތުން ކުރިއަށްގެންދާ ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން މިހާތަނަށް ވަނީ ގިނަ ހަރަކާތްތަކެއް ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންގޮސްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!