ޚަބަރު
ޕީސީބީގެ ރައީސް އާސިމްއަށް މަޖިލީހުން ރުހުންދީފި

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސަކަށް އައްޔަންކުރައްވާފައިވާ ޢާސިމް މުޙައްމަދަށް ރުހުންދޭން މަޖިލީހުން ފާސްކޮށްފިއެވެ.

ޕީސީބީގެ ރައީސަކަށް ޢާސިމް މުޙައްމަދަށް ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި މައްސަލަ ދިރާސާކުރީ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީންނެވެ. ކޮމިޓީގެ ނިންމުމާ އެއްގޮތަށް ޢާސިމަށް ރުހުން ދޭން މަޖިލީހުން ފާސްކުރެއްވީ 55 މެންބަރުންގެ ވޯޓުންނެވެ.

ޕީސީބީގެ ރައީސްކަމަށް ޢާސިމް އައްޔަންކުރައްވާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 15ވަނަ ދުވަހުއެވެ. ޕީސީބީގެ ރައީސްކަމަށް އާސިމް އައްޔަންކުރެއްވުމުގެ ކުރިން ހުންނެވީ އެ ބޯޑްގެ ނާއިބު ރައީސްކަމުގެ މަޤާމުގައެވެ.

ޕީސީބީގެ ބޯޑުގައި ޢާސިމްގެ އިތުރުން ދެން ތިއްބެވި މެންބަރުންނަކީ ޢާއިޝަތު ޝާޒްލީއާއި، ޢަލީ ޝަފީއުއާއި، އަހްމަދު ޝަރީފް ޔޫސުފާއި، ރުޝާހާ އަޙްމްދު ޝަރީފްގެ އިތުރުން ޢަލީ ސުޖާޢެވެ.

ދައުލަތުގެ ކުންފުނިތައް ޕްރައިވެޓައިޒް ކޮށްގެން 771 މިލިއަން ރުފިޔާ ހޯދުމަށް ދައުލަތުގެ މިއަހަރު ބަޖެޓުގައި ވަނީ ކަނޑައަޅުއްވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!