ނިދާ ހޭލާއިރު މޫނުގައި ބިއްސެއް ނުވަތަ ބިހިތަކެއް ހުރެއްޖެނަމަ ހިތާމައިގެ ކޮޅެއް ނެތެވެ. ބިހިތައް އަވަހަށް ފިލުވާލުމަށް އުނގުޅުނުހާ އެއް އުނގޫޅާ ކުރެވުނުހާ ކަމެއް ކުރާނެތެވެ. ފުރާވަރު އުމުރުގެ ކުދީންނަށް މިކަމުގެ ހާސްކަން އިންތިހާ މާބޮޑެވެ. ނަމަވެސް ބިހި ނެގުން ހުއްޓުވުމަށް ބޭނުން ކުރެވިދާނެ ބައެއް ކާނާ އެބަ ހުއްޓެވެ.
ބްރައުން ރައިސް އަކީ މޫނުން ބިހި ނެގުން ހުއްޓުވުމަކަށް ކާން ރަނގަޅު ކާނާ އެކެވެ. އޭގައި ވިޓަމިން ބީ، ޕްރޮޓީން، މެގްނީޒިއަމް އަދި ތަފާތު އެންޓިއޮކްސިޑެންޓްސް ހިމެނެ އެވެ. ވިޓަމިން ބީ އަކީ ސްޓްރެސް މަތަކޮށްދޭނެ މާއްދާއެކެވެ. ސްޓްރެސް މަތަވެ ދަށްވާނަމަ ހޯމޯން ލެވެލަށް އަންނަށް ބަދަލުތައް މަދުކޮށްދެ އެވެ. ނަތީޖާއެއްގެ ގޮތުން މޫނުގައި ބިހި ނެގުމުގެ ފުރުސަތު ކުޑަކޮށްދެ އެވެ.
ލޮނުމެދަކީ ވެސް މޫނުން ބިހި ނަގާނަމަ ރަނގަޅު ހައްލެކެވެ. ލޮނުމެދުގައި އެކުލެވޭ ”އެލިސިން“ ނަމަކަށްކިޔާ ކެމިކަލަކީ ނުރައްކާތެރި ކެމިކަލްތައް ނެތިކޮށްލާ ކެމިކަލެކެވެ. މޫނުގައި ބިހި ނެގުމުން އެ ބިހީގައި ނުވަތަ ނަގާފައި ހުރި ބިހިތަކުގައި ލޮނުމެދެއް ފަޅިކޮށްލުމަށްފަހު އުނގުޅާލާށެވެ. އޭރުން ނަގާފައި ހުރި ބިއްސެއް ނުވަތަ ބިހިތައް ތިރި ވާނެ އެވެ.
ކަނޑުމަހުގައި އޮމެގާ ތިނެއް އަދި އޮމެގާ ހައެއްގެ ފެޓީ އެސިޑްސް އެކުލެވެ އެވެ. އެ އެސިޑްސް އަކީ މޫނުގައި ބިހިނެގުމުން ދުރުކޮށްދިނުމަށް އެހީވެދޭނެ މާއްދާއެކެވެ. އެހެންކަމުން ގިނައިން ކަނޑުމަސް ކާނަމަ މޫނުގައި ބިހި ނެގުމުގެ ފުރުސަތު ކުޑަކޮށްދެ އެވެ.
ވިޓަމިން އޭ އަދި ކެރޮޓެނޮއިޑްސް ގައި އެންޓި އިންފްލެމެންޓޮރީ ޕްރޮޕަޓީސް ހިމެނެ އެވެ. އެ މާއްދާއަކީވެސް މޫނުގައި ބިހި ނެގުން މަދުކޮށްދިނުމަށް އެހީވެދޭނެ މާއްދާއެކެވެ. މި މާއްދާ އެކުލެވޭ ބައެއް ކާނާގެ ތެރޭގައި ކެރޮޓު، ސްޕިނެޗް، ކޭލް، ތަރުކާރީ ސޫޕް، އަނބު، ފަޅޯ، އޯޓްމީލް އަދި ޓޮމާޓޯ ޖޫސް ހިމެނެ އެވެ.