ރިޕޯޓް
އުޟުހިޔާ ކަތިލުން- ޢީދުގެޚާއްސަ ޤުރުބާނީ!

ޤުރުބާނީ، بسم اللهِ، اللهُ أكبر! ތަކްބީރު ޢީދު ނުވަތަ ބޮޑު ޢީދަކީ މުސްލިމުން ފާހަގަ ކުރާ ދެ ޢީދުގެ ތެރެއިން އެއް ޢީދެވެ. ބޮޑު ޢީދަކީ ޙައްޖުގެ އަޅުކަމާ ގުޅިގެން އަންނަ ޢީދެވެ. މި ޢީދުގެ އެންމެ މަތިވެރި އެއްކަމަކީ ﷲ ގެ މަގުގައި ކަތިލެވޭ ޤުރުބާނީތަކެވެ.

ކެރިފޯރުންތެރިކަން ލިބިފައިވާ ކޮންމެ މީހަކު އުޟުޙިޔާގެ ގޮތުގައި ނަޢަމްސޫފީގެ ތެރެއިން ޖަނަވާރެއް ﷲ ގެ މަގުގައި ކަތިލުން އެއީ ގަދަވެގެންވާ ސުންނަތެކެވެ. އުޟުޙިޔާ ކަތިލާނީ އަޟްޙާޢީދު ދުވަހުގެ ޢީދު ނަމާދަށްފަހުއެވެ.

ކޮންމެ މީހަކު ވެސް އެ މީހެއްގެ އުޟުޙިޔާ އަމިއްލައަތުން ކަތިލުން އެއީ އެންމެ އައުލާ ވެގެން ވާ ގޮތެވެ. އެ މީހަކު އަމިއްލައަށް އެކަން ކުރަން ނުކެރޭނަމަ އުޟުޙިޔާ ކަތިލާތަނަށް ހާޒިރުވެ އެކަމުގައި ބައިވެރި ވުމާއި، ކަތިލެވޭ ޖަނަވާރުގެ މަސް ކެއުމަކީ ވެސް ސުންނަތެކެވެ. އުޟުޙިޔާގެ ގޮތުގައި ޤުރުބާން ކުރެވޭ ނަޢަމްސޫތްޕަކީ އެއް ގެއެއްގައި ކައިބޮއި އުޅޭ ގޭބިސީގެ އެންމެންނަށް ޝާމިލުވެވޭ ގޮތަށް އޮންނަ އެއްޗެކެވެ.

ބަކަރި، ކަންބަޅި، ގެރި ނުވަތަ ޖަމަލު އެއީ އުޟުޙިޔާގެ ގޮތުގައި ކަތިލެވޭ ތަކެއްޗެވެ. ގެރި އަދި ޖަމަލު ގައި 7 މީހުންނަށް ހިއްސާވެވޭ ގޮތަށް އޮންނަ އޮތުމަކީ އިސްލާމްދީނުގެ ފަރާތުން ދެއްވާފައިވާ ވަރަށް ފުރިހަމަ ލުޔެކެވެ. ޢީދު ދުވަހު އުޟުޙިޔާގެ ގޮތުގައި ކަތިލަން ހޯދަންވާނީ އެކަމުގެ ޝަރުތުތައް ފުރިހަމަވެ ޢައިބުތަކުން ސަލާމަތް ވެފައިވާ ޞިއްޙަތު ރަނގަޅު ޖަނަވާރެކެވެ.

އުޟުޙިޔާ ކަތިލަން ނިޔަތްގަންނަ މީހާ، ޙައްޖު މަހުގެ ފުރަތަމަ ދުވަހުންފެށިގެން އޭނާގެ ޤުރުބާނީ ކަތިލެވިއްޖައުމަށް ދާންދެން، ޤަޞްތުގައި އޭނާގެ ހަށިގަނޑުން ހަންކޮޅެއް ނެއްޓުމާއި، ނިޔަފަތި ކެނޑުމާއި، ގައިން އިސްތަށި ކޮށުން ނުވަތަ ބޭލުމުން ދުރުހެލިވެ ހުރުމަކީ ވެސް ސުންނަތެކެވެ. މިކަން އޮތީ އުޟުޙިޔާއަށް ޚަރަދުކޮށް އެކަން ކުރުމައިގެން އުޅޭ މީހާއަށް އެކަންޏެވެ. ޝާމިލުވާ އެންމެނަކަށް ނޫނެވެ.

އުޟުޙިޔާ ކަތިލުމަކީ މަތިވެރި އަޅުކަމަކަށް ވީ ހިނދު، އެކަމުގެ އެންމެ މުހިއްމު އަސާސަކީ ދެއްކުންތެރިކަމުން ދުރުވެ ހުރެ ހިތް ނިޔަތް އިޚްލާޞްތެރިކަމާ އެކު ހަމައެކަނި ﷲ އަށް ޚާލިޞްކުރުމެވެ. ﷲ سبحانه و تعالى ކީރިތި ޤުރުއާނުގައި އަންގަވަނީ: ﴿لَن يَنَالَ اللَّهَ لُحُومُهَا وَلَا دِمَاؤُهَا وَلَٰكِن يَنَالُهُ التَّقْوَىٰ مِنكُمْ﴾ ‎(سورة الحج: ٣٧) މާނައީ: “އެ ތަކެތީގެ މަހެއް ވެސް އަދި ލެޔެއް ވެސް اللَّهގެ ޙަޟްރަތަކަށް ނުދާނެތެވެ. އެހެނެއްކަމަކު، ތިޔަބައިމީހުންގެކިބައިން އެކަލާނގެ ޙަޟްރަތަށް ދަނީ ތަޤުވާވެރިކަމެވެ.

هــ ۱٤٤۲ އަހަރު ذُو الْحِجَّة މަހުގެ 6 ވީ ހުކުރު ދުވަހު ނެރުނު “ދީނުގެމަގު” މަޖައްލާގެ 28 ވަނަ ޢަދަދުގެ ފުރަތަމަ ޞަފްޙާގައި الشيخ محمد أفضل ލިޔުއްވާފައިވާ މަޒުމޫނު.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!