ޚަބަރު
މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 10 މީހުންނަށް ފަރުވާ ދެމުން ދަނީ

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 10 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ޖެހިއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ހ.ނޫއަލިގޭގައި އަލިފާން ރޯވެގެން އުޅޭކަމުގެ ރިޕޯޓް މިއަދު ހެދުނު 8:50 އެހާކަންހާއިރު ލިބިފައިވާ ކަމަށާއި މައުލޫމާތު ލިބުމާއެކު އެފްއާރުއެސް ފަޔަރ ރެސްކިއު ޓީމް އެސަރަހައްދަށް ގޮސް ހަރަކާތްތެރިވަމުން ދިޔަ ކަމަށެވެ.

ހ.ނޫއަލިގޭގައި ރޯވި އަލިފާން ނިއްވާލެވުނީ 9:25 ހާއިރުއެވެ. އެހެންނަމަވެސް 10 މީހަކަށް ދުމުގެ އަސަރުކުރުމުގެ ސަބަބުން ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލަށް ވަނީ ފޮނުވިފައި ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އެމްއެންޑީއެފުން ހާމަކޮށްފައިނުވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!