ޚަބަރު
މިއަހަރުތެރޭ ހުރިހާ ހޮސްޕިޓަލެއްގައި ޑައިލިސިސްގެ ޚިދުމަތް ފެށިގެންދާނެ – މިނިސްޓަރ ނަސީމް

ޑައިލިސިސްގެ ޚިދުމަތް ނުފެށިވާ ހުރިހާ ހޮސްޕިޓަލެއްގައި މިއަހަރުގެ ތެރޭގައި އެޚިދުމަށް ފެށޭނެ ކަމަށް މިނިސްޓަރ އޮފް ހެލްތު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ނަސީމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. އެގޮތުން ކުރިއަށް އޮތް ދެމަސްދުވަހުގެ ތެރޭގައި ރާއްޖޭގެ ތިން ހޮސްޕިޓަލެއްގައި ޑައިލިސިސްގެ ޚިދުމަތް ފެށޭނެކަމަށާއި، އެއީ ޅ.ނައިފަރުގައި ހުންނަ އަތޮޅު ހޮސްޕިޓަލާއި، ބ.އޭދަފުށީގައި ހުންނަ އަތޮޅު ހޮސްޕިޓަލްގެ އިތުރުން ށ.ފުނަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލް ކަމަށް މިނިސްޓަރ ނަސީމް ވިދާޅުވިއެވެ. މީގެ އިތުރުންވެސް ރާއްޖޭގައި ޑައިލިސިސް ނުފެށިހުރި ހުރިހާ ހޮސްޕިޓަލެއްގައި މިއަހަރުގެ ތެރޭގައި އެ ޚިދުމަތް ފެށޭނެކަމަށް މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.

“ކުރިއަށް އޮތް ދެމަސްދުވަހުގެ ތެރޭގައި ރާއްޖޭގެ ތިން ހޮސްޕިޓަލެއްގައި ޑައިލިސިސްގެ ޚިދުމަތް ފެށޭނެ. އޭގެ ތެރޭގައި ޅ.އަތޮޅު ނައިފަރު، ބ.އޭދަފުށި އަތޮޅު ހޮސްޕިޓަލް އަދި ށ. އަތޮޅު ހޮސްޕިޓަލް ހިމެނޭ. ބާކީހުރި ހޮސްޕިޓަލްތަކުގައި މިއަހަރުތެރޭގައި ޑައިލިސްގެ ޚިދުމަތް ފެށޭނެ.”ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވިއެވެ.

ރާއްޖޭގައި ކިޑްނީ ބަލީގެ މީހުން ދުވަހުން ދުވަހަށް އިތުރުވަމުން އަންނަކަމަށް ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މިގޮތުން މާލެ ސަރަހައްދުގައި އެކަނިވެސް ޑައިލިސިސް ހަދާ 150އަށް ވުރެ ގިނަ މީހުން އެބަތިއްބެވެ.

ކިޑްނީގެ ބަލިތަކަށް ދޭ ފަރުވާގެ ނިޒާމް ރާއްޖޭގައި އަންނަނީ ފުޅާކުރަމުންނެވެ. މިގޮތުން ކިޑުނީ ބަލިތަކަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗުގައި ވަނީ ނޭޝަނަލް ޔޫރޯ އެންޑް ރީޖަނަލް ފާޓިލިޓީ ސެންޓަރެއް ޤާއިމްކޮށް ޚިދުމަތްދޭން ފަށާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!