ޚަބަރު
ބޭރު ތޮށި ގަނޑާ އެކު ތިނަދޫ ފެރީ ޓާމިނަލް ތަރައްޤީ ކުރަން އިސްކަން ދޭނަން : ސަޢުދު

ގދ ތިނަދޫ ފަޅު ބޭރުގައި ތޮށި ގަނޑާ އެކު ފެރީ ޓާމިނަލް ތަރައްޤީ ކުރުމަކީ ވަރަށް ބޮޑު އިސްކަން ދޭނެ ކަމެއް ކަމުގައި ތިނަދޫ ކައުންސިލްގެ ރައީސް ސަޢުދު އަލީ ވިދާޅުވެއްޖެއެވެ.

ފެރީ ޓަރމިނަލް ތަރައްޤީ ކުރުމާއި ބެހޭ ގޮތުން ހުވަދޫ ނޫހަށް މައުލޫމާތު ދެއްވަމުން ރައީސް ސައުދު ވިދާޅުވީ ސަރަހައްދީ ފެންވަރުގެ ޓާމިނަލެއް ތިނަދޫ ގައި ހުރުމަކީ މުޅި އަތޮޅަށް ވެސް ކުރިއެރުން އަންނާނެ ކަމަށް ކަމަށާއި އެކަމާ ވިސްނަމުން ގެންދާ ކަމަށެވެ.

ސައުދު ވިދާޅުވީ ތިނަދޫ އަށް ޒަމާނީ ފެރީ ގިމަތައެއް އަންނަ އިރު އެއާއި އެކު ރަށުގެ ބޭރު ކަނޑު ތޮއްޓެއް ލުން ވެސް މުހިންމު ކަމަށެވެ. އެގޮތުން އެ ކަމާ ސަރުކާރާއި ވާހަކަ ދެއްކުމަށް ޢީދު ބަންދަށްފަހު ދަތުރެއް ކުރުމަށް ވިސްނާފައިވާކަމަށް ރައީސް މިއަދު ވިދާޅުވިއެވެ.

“ވަރަށް ރަނގަޅު ބަދަލެއް ފެރީ ޓަރމިނަލަށް ގެންނާނަން. ޚިދުމަތްތައް ލިބޭ, އެތަނުގެ ބޭނުން ކުރުމުގައި ހިތްހަމަ ޖެހޭ ގޮތަށް ރީބްރޭން ކުރުމަކީ އަޅުގަނޑު ވިސްނުން” – ސަޢުދު

ތިނަދޫގައި މިވަގުތު ހުރި ފެރީ ޓާމިނަލަކީ ރަށުގެ ބަނދަރު މަތީގައި އަމިއްލަ ފަރާތްތަކުން ހަދަން ފަށާފައިވާ އިމާރާތެއް، އޭރު ހުރި ތަނުން ބޭރަށް ޖެއްސުމުގެ ނިޔަތުގައި އޭރުގެ ކައުންސިލުން ހެދި ވަގުތީ ތަނެކެވެ. މިހާރު ހުރި ތަނަކީ ތިނަދޫ އަށް އަރާފައިބާ މީހުންގެ މިންވަރަށް ބަލާއިރު އެއްވެސް ވަރަކަށް އެކަށޭނަހެން ހުރި ތަނެއް ނޫނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!