ޚަބަރު
އަމިއްލަ ޚަރަދުގައި ކަސްޓަމަރަކަށް ތެޔޮއަޅައިދިން މުވައްޒަފަކަށް އިނާމެއްގެގޮތުގައި 8 އަހަރުގެ މުސާރަ

ފައިސާ އާއި ނުލައި، ތެޔޮއަޅަން ދެވުނު ކަސްޓަމަރަކަށް، އަމިއްލަ ޚަރަދުގައި ތެޔޮއަޅައިދިން މުވައްޒަފަށް އިނާމެއްގެ ގޮތުގައި، އޭނާއަށް ލިބޭ 8 އަހަރުގެ މުސާރައާއި އެއްވަރަށް ފައިސާ ވަނީ ލިބިފައެވެ.

ދިރިއުޅުމުގައި ހޭބޯނާރާ އަހަރަމެން އުޅޭއިރު ވަރަށް ގިނަ ކަންކަން ހަނދާނުން ކައްސާލައިގެން ދެއެވެ. ނަމަވެސް ނުވެސް ދަންނަ، އެއްވެސްގޮތަކަށް ބައްދަލުނުވާ، ހިތްހެޔޮ، އިހްސާންތެރި، ތަފާތު މީހުންގެ ސަބަބުން އެކިކަންކަން ފަސޭހަވެގެންދެއެވެ. މިފަދަ މީހުން ދެކޭގޮތުގައި، އެއްވެސް އަމިއްލަ އެދުމެއް ނެތި، މީހަކަށް އެހީއެއް ފޯރުކޮށްދިނުމުން، އަމިއްލަ ނަފުސަށް ހިތްހަމަޖެހުން ލިބުމާއިއެކު، އެމީހަކަށް އަބަދުވެސް، ރަނގަޅުގޮތް މެދުވެރިވެއެވެ.

ފޮޓޯ: ސޯޝަލް މީޑިޔާ

ދުރު ހިސާބަކަށް ދަތުރުކުރުމަށްފަހު، ދުއްވި ކާރަށް ތެޔޮއަޅަން ތެޔޮއަޅާތަނަކަށް ދެވުނުއިރު، ހަނދާންނެތިގެން ފައިސާ އާއި ނުލައި ދެވުނު އަންހެނަކަށް ޕެޓްރޯލް ޝެޑިއުގައި ހުރި މުވައްޒަފު، އޭނާގެ އަމިއްލަ ޚަރަދުގައި ތެޔޮއަޅައިދިނެވެ. މުވައްޒަފު އަންހެންމީހާގެ ކާރަށް އޭނާގެ ޚަރަދުގައި ތެޔޮއަޅައި ދިނީ، އެއަންހެން މީހާ، ދާންބޭނުންވާ މަންޒިލަށް ދެވެނީ ދިގު ހައިވޭއެއްގައި ދުއްވާފައި ކަމަށް ވެފައި، ދާންޖެހޭ މަންޒިލަށް ދެވުމުގެ ކުރިން ކާރުގެ ތެޔޮ ހުސްވެދާނެކަމަށް އޭނާއަށް ވިސްނޭތީ، އަންހެންމީހާއަށް އެހީވުމުގެ ގޮތުންނެވެ.

އަތުގައި ލާރި ނެތްކަން އެނގިގެން އަންހެން މީހާވަނީ، ތެޔޮ އެޅުމަށް ފުރަތަމަ ދެކޮޅުވެސް ހަދާފައެވެ. ނަމަވެސް މުވައްޒަފުގެ އިޙްސާންތެރިކަން ފެނި، އަދި ފަހުން އަބުރާ އެހެން އިރެއްގައި ދިނަސް އެންމެ ރަނގަޅުކަމަށް ބުނުމުން އެގޮތަށް އަންހެންމީހާ އެއްބަސްވިއެވެ. އަންހެންމީހާ މީޑިޔާއަށް މަޢުލޫމާތު ދީފައިވާގޮތުގައި، ފުރަތަމަ އޭނާއަށް ހީކުރެވުނީ، ޝެޑުން، މާކެޓިންގ ސްޓަންޓެއް ޖެއްސީ ކަމަށެވެ. ނަމަވެސް، މުވައްޒަފު އޭނާގެ ވޮލެޓުން ކާޑު ނަގައި 75 ޑޮލަރު ދެއްކުމުން އެއީ އޭނާ އަމިއްލަ ފައިސާއިން ތެލަށް ފައިސާ ދެއްކިކަން އެނގިގެން ދިޔައެވެ. މުވައްޒަފަށް ވަރަށްބޮޑަށް ޝުކުރު އަދާކުރުމާއިއެކު، އަންހެންމީހާ ދިޔައެވެ.

ޖެހިގެން އައި ދުވަހު، މިއަންހެން މީހާ ޕެޓްރޯލް ޝެޑަށް އައިސް، އެ މުއައްޒަފުމީހާ ހޯދައި، އޭނާއަށް ކުރީދުވަހު ޕެޓްރޯލް އަޅައިދިން ރުފިޔާ އަބުރާ ރައްދުކުރިއެވެ. އަދި މި ހިތްހެޔޮ މީހާއާއި އެކު، ފޮޓޯއެއް ނަގައި، ސޯޝަލްމީޑިޔާގައި އޭނާގެ އިޙްސާންތެރިކަމުގެ ވާހަކަ ހިއްސާކުރިއެވެ. މިއިހްސާންތެރި މުވައްޒަފުގެ ވާހަކަ އަންހެންމީހާގެ ސޯޝަލްމީޑިޔާގައި ހިއްސާކުރުމާއިއެކު، މިމުވައްޒަފުގެ ޕޯސްޓް ވައިރަލްވެ، ގިނަ ބަޔެއްގެ ސަމާލުކަން، މިމީހާއަށް ހުއްޓުނެވެ.

މިފަދަ ވަޒީފާތަކުގައި އުޅޭ މީހުންނަކީ، މަދު ފައިސާކޮޅެއް މުސާރައިގެ ގޮތުގައި ލިބޭ ބަޔަކަށް ވާތީ، ބަޔަކު އިސްނަގައިގެން ފަންޑްރެއިސިންގ ހަރަކާތެއް ކުރިޔަށް ގެންދިޔައެވެ. މިގޮތުން ފަންޑްރެއިސިންގް މިހަރަކާތުން، 94000 (ނުވަދިހަ ހަތަރުހާސް) އެމެރިކާ ޑޮލަރު ލިބިގެން ދިޔައެވެ. އަދި މިފައިސާ ވަނީ މިމުވައްޒަފާއި ހަވާލުކޮށްފައެވެ. މިމުވައްޒަފު ވަޒީފާ އަދާކުރާ ޝެލް ކުންފުނީގެ ފަރާތުންވެސް، އެމުވައްޒަފުގެ އިހްސާންތެރިކަން ފާހަގަކޮށް ޝުކުރު އަދާކުރުމާއިއެކު، 35000 (ތިރީސް ފަސްހާސް) ޑޮލަރު، މުވައްޒަފު ދިރިއުޅޭ ސަރަޙައްދުގެ އާންމުންނާއި ގުޅުންހުރި މުވައްޒަފު އިޚްތިޔާރުކުރާ ބޭނުން ކަމަކަށް، ފައިސާ ޚަރަދުކުރުމަށް ނިންމިއެވެ.

މީގެ އިތުރުންވެސް، ޝެލްކުންފުނީގެ ވެރިޔާ މުވައްޒަފަށް ގުޅައި ޝުކުރު އަދާކޮށްފައި ވެއެވެ. އިޙްސާންތެރިކަމުގެ ކުޑަކަމަކުންވެސް ބޮޑު ތަފާތެއް ނެރެވިދާނެކަން މިމުވައްޒަފުވަނީ އަމަލުން ސާބިތުކޮށްދީފައެވެ. އިޙްސާންތެރިކަމުގެ ކުޑަ ކަމެއްގެ އަގެއްގެ ގޮތުގައި، 8 އަހަރު ދުވަހު އޭނާ ވަޒީފާ އަދާކުރުމުން ލިބޭނެ އާމްދަނީ ހަދިޔާއެއްގެ ގޮތުގައި، އޭނާއަށް ވަނީ ލިބިގެން ގޮސްފައެވެ. ކޮންމެ މީހަކުވެސް އިހްސާންތެރިކަން އިސްކުރުން މުހިންމެވެ. އެއީ ދެދުނިޔޭގައިވެސް، މަންފާ ލިބިގެންދާނޭ ކަމެކެވެ.

  1. ހުސައިން

    ކޮންް ގަވްމެއްް ކަންވެސްް ޖަހާލިނަމަަ ދޯ