ޚަބަރު
ހަށިވިއްކުމުގެ ކަންކަމުގަ އުޅުނު 46 ބިދޭސީއެއް ޑީޕޯޓްކޮށްފި

ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި، ހަށިވިއްކުމުގެ ކަންކަމުގައި އުޅުނު 46 ބިދޭސީއަކު ޑީޕޯޓް ކޮށްލާފައިވާ ކަމަށް އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހުމަދު (ހަނަފީ) ވިދާޅުވެއްޖެއެވެ.

ހަނަފީ މިހެން ވިދާޅުވީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައިގައި މިއަދު ބޭއްވި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. އެބައްދަލުވުމުގައި އޭނާ ވިދާޅުވީ، ފުލުހުންނާއި ގުޅިގެން ހިންގި އޮޕަރޭޝަންތަކެއްގައި ކަޅުބާޒާރުގައި ޑޮލަރު ގަނެވިއްކުމުގައި ހަރަކާތްތެރިވާ 11 ބިދޭސީއަކާއި ހަށިވިއްކުމުގެ ކަންތައްތަކުގައި އުޅެފައިވާ ބިދޭސީންތަކެއް ޑީޕޯޓް ކޮށްލާފައިވާ ކަމަށެވެ.

މިފަދަ މައްސަލަތަކުގައި ފުލުހުންނާއި ގުޅިގެން ކޮންމެ ހަފްތާއެއް ކަހަލަ ގޮތަކަށް އޮޕަރޭޝަންތައް ހިންގަމުންދާ ކަމަށްވެސް ހަނަފީ ވިދާޅުވިއެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށްއުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވެފައިވާއިރު، އެމީހުން އެކިކަހަލަ ކުށްތަކަށް އަރައިގަންނަ މައްސަލަތައްވެސް ވަނީ ބޮޑުވެފައެވެ. ހާއްސަކޮށް ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރުމުގެ މައްސަލަތަކާއި މަސްތުވާތަކެތީގެ މައްސަލަތަކުގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ ބައިވެރިވުން ބޮޑުކަން އިދާރާތަކުން ފާހަގަކުރެއެވެ. އަދި ކުށުގެ މާހައުލުގައިވެސް ގިނަ އަދަދެއްގެ ބިދޭސީން ހަރަކާތްތެރިވާ ކަމަށް ފާހަގަކުރެވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!