މާލޭ ސީގަލް ކެފޭ ކައިރީގައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ މ.ބިޖިލީ ކާސްޓްލްގައި އަލިފާން ރޯވެގެން އުޅޭ ކަމުގެ މައުލުމާތު މިރޭ 20:38 ގައި ލިބިފައިވާ ކަމަށާއި އެގޭގައި ރޯވި އަލިފާން ނިއްވާލެވުނީ މިރޭ 20:48 ގައި ކަމަށެވެ.
މ.ބިޖިލީ ކާސަލްގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވާން ފަށައިފި. ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިރޭ 20:38 ހާއިރު.
— Maldives National Defence Force (@MNDF_Official) February 23, 2022
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއްވިއެވެ. އެހެންނަމަވެސް ގޭގައި ހިފާ ގެންގުޅޭ ގިނަ ތަކެތި ވަނީ އަދާ އަޅިޔަށްވެފައެވެ. އެގޭގައި ހުރި ބައެއް ސާމާނަށް ވަނީ އެކިވަރުގެ ގެއްލުންތަކެއް ލިބިފައެވެ.
މ.ބިޖިލީ ކާސަލްގޭގައި ރޯވި އަލިފާން، އެމްއެންޑީއެފް އެފްއާރުއެސްއިން ހަރަކާތްތެރިވެ މިރޭ 20:48 ހާއިރު އަލިފާން ނިއްވާލައިފި. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވޭ. ނަމަވެސް އެތަނުގެ ތެރޭގައި ހުރި ބައެއް ސާމާނަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފަ. pic.twitter.com/tMwz02CVdH
— Maldives National Defence Force (@MNDF_Official) February 23, 2022
މިއީ މިއަދު މާލޭގައި ހިނގާދިޔަ ދެވަނަ އަލިފާނުގެ ހާދިސާއެވެ. މިއަދު ހެދުނު 8:50ގައި ހ.ނޫއަލިގޭގައި ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. މިހާދިސާގައި ދުމުގެ އަސަރުކޮށްގެން 10 މީހަކަށް ފަރުވާ ދޭންޖެހުނު ކަމަށް އެމްއެންޑީއެފުން ވަނީ މައުލޫމާތު ދީފައެވެ.