މަޢުލޫމާތު
ހެނދުނު ހޭލާގޮތަށް ކުރުން ރަނގަޅު ނޫން ބައެއް ކަންތައްތައް

ހެނެދުނު ހޭލައިގެން ގިނަ ބަޔަކު އަބަދު އެއްގޮތަކަށް ކުރާ ބައެއް ކަންތައްތަކެއް ވެއެވެ. މިއީ ކޮންމެ މީހެއްގެ ކިބައިގައި ހުންނާނެ ކަމެކެވެ. ކޮންމެ މީހަކުވެސް އެއްދުހަށްވުރެ އަނެއްދުވަހު، ފައިދާހުރި، ތަފާތު ގިނަ ރަގަނޅު ކަންތައްތައްތަކެއް ކުރެވޭތޯ ބަލައެވެ. މިފަދަ ތަފާތު އުންމީދުތަކާއި، ތަފާތު ގިނަ ކަންކަން ހެނދުނު ހޭލާގޮތަށް ކުރުމަށް އުއްމީދުކޮށް ދުވަހުގެ ޝެޑިއުލް ހެދުމުގެ ބަދަލުގައި، ދުވަސް ފައްޓާއިރު، އެދުވަސް ބާއްޖަވެރި ދުވަހަކަށް ހެދުމަށް، ކުރަންޖެހޭ ކަންތައްތަކުން ބައެއް ކަންތައްތައް މަދުކޮށްލުން ކިހިނެއް ވާނެހެއްޔެވެ؟ ކުރަން ރާވާފައިވާ ކަންތައްތަކާއިމެދު ވިސްނައި އުނި އިތުރު ގެންނާށެވެ.

ކުރަންޖެހޭ ކަންތަކުގެ ލިސްޓަކީ ވަރަށްވެސް ދިގު ލިސްޓެކެވެ. ކުރަންޖެހޭ ކަންކަން މުޅިދުވަހަށް ބެހިޔަސް، ކުރަންޖެހޭކަންކަން ހުސްވެދާނެކަމަށް ނުބެލެވެއެވެ. އެހެންކަމުން، ކުރަންޖެހޭ ކަންކަން ނޯޓުކުރުމުގެ ބަދަލުގައި އެދުވަހެއްގައި ނުކުރާނެ ކަންކަމުގެ ލިސްޓެއް ހެދުން މާރަނގަޅެވެ.

އެދުވަހެއްގައި ކުރާނެ ކަންތައްތައް ހެނދުނު ނުރޭވުން

ހެނދުނު ހޭލައިގެން އެދުވަހެއްގައި ކުރާނެ ކަންތައްތަކެއް ވިސްނައި ރޭވުމުގެ ބަދަލުގައި، ރޭގަނޑު ނިދުމުގެ ކުރިން، އަނެއްދުވަހު ކުރަން ހުރި މަސައްކަތްތަކާއި، ނިންމަންޖެހޭ ކަންކަމުގެ ލިސްޓެއް ހަދައި، ކުރާނެ ކަންކަން ތަރުތީބުކޮށް ރާވާލައި ޝެޑިއުލްއެއް ހެދިދާނެއެވެ. “ގެޓިންގ ތިންގްސް ޑަން” ލިޔެފައިވާ ޑޭވިޑް އެލެން ބުނާގޮތުން، ކުރާނެ ކަންކަމާއިމެދު ވިސްނައި ފިކުރުކޮށް، އެކަންކަން ސިކުނޑީގައި ބަހައްޓައި، އެކަންކަން ހަނދާންކުރުމަކީ ސިކުނޑިއަށް ބާރު ބޮޑުވާ ކަމެކެވެ. އަދި ކުރަން ވިސްނާ ކަންކަމާއި، ވިސްނުން ސިކުނޑިން ބޭރަށް ނެރެ، ކަރުދާހުގައި ނުވަތަ އެނޫންވެސް ގޮތަކަށް ނޯޓުކޮށް ތަރުތީބުކޮށް، ދުވަހުގެ ތާވަލެއް ހަދާލުމަކީ، ކުރަންހުރި ކަންކަން ނުނިމިގެން ކުރިމަތިވާ ހާސްކަމާއި، ކަންބޮޑުވުމަށް ލިބިގެންދާނެ ހައްލެކެވެ.

މުހިންމު ނޫން ނިންމުންތައް ނިންމުން

މުހިންމު ނޫން ބައެއް ނިންމުންތައް ނިންމުމަށް އަހަރަމެން ވަރަށްގިނަ ވަގުތު ހޭދަކުރަމުއެވެ. ލާނެ ހެދުމެއްގެ ކުލަ، ސައިބޯން ތައްޔާރުކުރާނެ އެއްޗެއް ފަދަ އާދައިގެ ކުދިކުދި ކަންކަމާއިވެސް ވިސްނައި، ގޮތް ނިންމުމަށް ގިނަވަގުތުތަކެއް ހޭދަވެއެވެ. ތަފާތު ގިނަ ކަންކަމުގައި ގޮތް ނިންމަންޖެހުމަކީ ސިކުނޑިއަށް ބާރުބޮޑުވެ، ނިންމާ މުހިންމު ނިންމުންތަކަށް އޭގެސަބަބުން އަސަރު ފޯރާކަމެކެވެ.

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ މަޝްހޫރު ބުނުމެއްގައި ވެއެވެ. ގިނަ ބަޔަކަށް އޭނާ ނޫ ކުލައިގެ، ނުވަތަ އަޅިކުލައިގެ ސޫޓް ލާތީ ފެންނާނެއެވެ. އެއީ ތަފާތު އެކިކުލަ ކުލައިގެ ސޫޓްތަކުގެ ތެރެއިން، ލާނެ ވަކި ސޫޓެއް ނިންމުމަށް ގިނަވަގުތު ހޭދަވާތީއެވެ. އޮބާމާ ބުނެފައިވާގޮތުން، އޭނާ ކާނެ ވަކި ކާއެއްޗެއް، ލާނެ ވަކިކުލައެއްގެ ސޫޓެއް ނިންމުމަށް ވުރެ، ގޮތް ނިންމަންޖެހޭ މުހިންމު އެތަށް ކަމެއް، ރައީސްގެ ޒިންމާގައި ވެއެވެ. ހެނދުނު ހޭލައިގެން އާދައިގެ ކުދި ކުދި ކަންކަމުގައި ނިންމުންތައް ނިންމުމުގެ ބަދަލުގައި، ކަންކަން އޮޓޮމޭޓް ކުރެވޭތޯ ބެލެވިދާނެއެވެ. ގޮތް ނިންމަންޖެހޭ ކަންކަން މަދުކޮށް، މުހިންމު ނޫން ނިންމުންތައް ނިންމުން މަދުކުރުމަކީ، ސިކުނޑި ބޭނުންކުރަންޖެހޭ މިންވަރު ކުޑަވެ، މުހިންމު ނިންމުންތައް ނިންމުމުގެ ޤާބިލްކަން އިތުރުކުރެވިދާނެ ކަމެކެވެ.

ހެނދުނު ހޭލައިގެން ކަސްރަތު ނުކުރުން

ދިރާސާތަކުން ދައްކާގޮތުން، ހެނދުނު ހޭލައިގެން 20 ވަރަކަށް މިނެޓުގެ އާދައިގެ ކުޑަ ކަސްރަތެއް ކޮށްލުމަކީ، ކުރިއަތް އޮތް 12 ގަޑިއިރަށް މީހާގެ މޫޑު ރަނގަޅުކޮށް، މުޅި ދުވާލު ހަކަތަ އިތުރުކޮށްދޭނެ ކަމެކެވެ. ހެދުނު ހޭލައިގެން ކޮންމެވެސް ވަރެއްގެ ލުއި ކަސްރަތެއް ކޮށްލުމަކީ މުޅި ދުވަހުގެ މޫޑު ރަނގަޅު ކުރުމަށް ކުރެވިދާނެ ކަމެކެވެ.

ޕްރޮޓީން އެކުލެވޭ ރަނގަޅު ހެނދުނުގެ ނާސްތާއެއް ނުނެގުން

ހެނދުނުގެ ނާސްތާއަގައި ގިނަ ޕްރޮޓީން އެކުލެވޭ ރަނގަޅު ކާއެއްޗެއް ބޭނުންކުރުމަކީ މުހިންމު ކަމެކެވެ. ޕްރޮޓީން އެކުލެވޭ ކާއެއްޗެއް ހެނދުނުގެ ނާސްތާއަށް ބޭނުންކުރުމުން، ބަނޑުހައި ހޫނުކަން ފިލައިގެން ދިޔުމުގެ އިތުރުން، ލޭގައި ހަކުރު އެކުލެވޭ މިންވަރު އެއްމިނެއްގައި ހިފައްޓައިދެއެވެ. ދިރާސާތަކުން ދައްކާގޮތުގައި، ޕްރޮޓީން އިން ހަށިގަނޑުގައި ޑޮޕޭމިން ލެވެލް އިތުރުކޮށްދެއެވެ. އޭގެ ސަބަބުން، މީހާގެ މޯޓިވޭޝަން ނުވަތަ ޝައުޤުވެރިކަން އިތުރުކޮށްދީ، ކަންކަމުގައި އިސްނެގުމަށް މަގުފައިކޮށް، ތަފާތު ކަންކަމަށް ހިތްވަރުކުރުމުގެ ރޫޙެއް އުފައްދައެވެ.

ހެނދުނުގެ ތާވަލް ތާއަބަދު އެއްގޮތަކަށް އާދަނުކުރުން

ހެނދުނުގެ ތާވަލް ތާއަބަދު އެއްގޮތަކަށް ރިޕީޓްކޮށް އާދަކުރުމަކީ ރަނގަޅު ގޮތެއް ނޫނެވެ. ބައެއްފަހަރު ތަންކޮޅެއް އަވަހަށް ހޭލައިގެން، ހެނދުނުގެ ހަމަހިމޭން ގަޑީގައި، ބައެއް މަސައްކަތްތައްވެސް ނިންމާލެވިދާނެއެވެ. ނޫނީ ބައެއް ދުވަސްދުވަހު، ތަންކޮޅެއް ގިނައިރު ނިދާލައި، ރެސްޓް ކުރާ ވަގުތު އެހެންދުވަހަށްވުރެ އިތުރު ކޮށްލުމަކީވެސް ކުރެވިދާނެ ކަމެކެވެ.

ތާއަބަދު އެއްކަމެއް އެއްގޮތަކަށް ރިޕީޓްކޮށް ކުރުމަކީ އުފެއްދުންތެރިކަން ދަށްވެ، ކުރާ ކަމެއްގެ ފެންވަރު ދަށްވެގެންދާ ކަމެކެވެ. ހެނދުނުގެ ތާވަލަށްވެސް ބަދަލުގެނެސް، ބަދަލު ގެނައުން ބުއްދިވެރިއެވެ. ދިރިއުޅުމުގެ އާދަތަކާއި، ދިރިއުޅުމުގެ ވައްޓަފާޅި އަކީ، ވަގުތާއި، ހާލަތާއި، ޒަމާނާއި އެއްގޮތަށް ބަދަލު އަންނަ އެއްޗެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!