ޚަބަރު
ޔުކްރެއިންގެ އަންހެނަކު ރަޝިޔާ ސިފައިންގެ މީހަކަށް ސަންފްލާވާ އޮށެއްދީ ތަފާތު މެސެޖެއް ދީފި

ޔުކްރެއިންގެ ހިތްވަރުގަދަ އަންހެނަކު، ރަޝިޔާގެ ސިފައިންގެ މީހަކާއި ކުރިމަތިލައި، އޭނާއަށް ސަންފްލާވާ އޮށެއް ހަދިޔާކުރުމާއި އެކު ވަރަށް ތަފާތު މެސެޖެއް ދީފިއެވެ.

ރަޝިޔާގެ ހިތްވަރުގަދަ އަންހެނަކު، ހަގުރާމަވެރި ރަޝިޔާ ސިފައިންގެ މީހަކާއި ކުރިމަތިލައި، އޭނާ ޔޫކްރެއިންއަށް އައި ސަބަބު އެހިއެވެ. އަދި އޭނާ ކައިރިން، ކާނަންތޯ އަހައެވެ. ޖަވާބުގައި ޖެއްސުން ރާގަކަށް ސިފައިންގެ މީހާ، ކާއެއްޗެއް ދީފިއްޔާ ކާނަމެ ބުނުމުން، އަންހެން މީހާ އޭނާގެ އަތަށް ސަންފްލާވާ އޮށްތަކެއް އެޅިއެވެ. އަދި އެޅުމަށްފަހު، ހުރިހާ އޮށްތަކެއް ކާނުލައި، ބައެއް އޮށްތަށް ނުކައި ޖީބުގައި ބެހެއްޓުމަށް އަންހެން މީހާ އެދުނެވެ.

ބުނާނެއެއްޗެއް ނޭނގިފައިހުރެ، ރަޝިޔާ ސިފައިންގެ މީހާ އެހިއެވެ. ސަންފްލާވާ އޮށްތަކެއް ނުކައި ޖީބުގައި ބަހައްޓަންވީ ކީއްވެހެއްޔެވެ؟. ޖަވާބުގައި އަންހެންމީހާ ބުނެއެވެ. އޭރުން، ކަލޭ މިޔުކްރެއިން ބިމުގައި މަރުވެ، މަސްގަނޑު ކުނިވެ، އެކުނި މަސްގަނޑުން ރީތި މާތަށް އަޅާނެ ގަސްތަކެއް ޔުކްރެއިން ބިމުން އޭރުން ފަޅާނެއެވެ.

އަމިއްލަ ނަފުސަށް ނުރައްކާ ކުރިމަތިވެ، ފުރާނަ ހިގައިދާނެކަން އެނގޭ އިރުވެސް، ފުރާނަޔަށް ބެލުމެއްނެތި، މިހިތްވަރުގަދަ އަންހެންމީހާ، ހަތިޔާރު އަޅައިގެންހުރި، ސިފައިންގެ މީހަކާއި ކުރިމަތިލައި، ހަތަރުކަޅި ހަމަކޮށް، ދިން މިމެސެޖް ސޯޝަލް މީޑިޔާގައި އަންނަނީ ވައިރަލް ވަމުންނެވެ. ގިނަބަޔަކު މިއަންހެން މީހާގެ ހިތްވަރަށް ތަޢުރީފުކޮށް ވަނީ، މިޕޯސްޓަށް ތަފާތު ކޮމެންޓް ކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!