ގއ.ވިލިނގިލީގައި މިއަދު ހަވީރު ބޭއްވުނު “އިންޑިޔާ އައުޓް” ބޮޑު ހަރަކާތަށްފަހު ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރަށް ވަރުގަދަ ރައްދުތަކެއް ދީފއެވެ.
“އިންޑިޔާ އައުޓް” ކެމްޕެއިން ޓީމް މިއަދު ވަނީ ގއ.ވިލިގިއްޔަށް ވަޑައިގެންފައެވެ. މިދަތުރުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. ވިލިނގިލިން ރައީސް ޔާމީނަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.
މިއަދު ހަވީރު ވިލިނގިލީގައި ބޭއްވުނު ހިނގާލުމަށްފަހު ރައިސް ޔާމީން ވަނީ ރައްޔިތުންނާއި ބައްދަލުކޮށް ވާހަކަފުޅު ދައްކަވާފައެވެ. އަދި ސަރުކާރަށް ފާޑުކިޔައި ވަރުގަދަ ރައްދުތަކެއް ދީފައެވެ. ހުވަދު އަތޮޅުގެ ރަށްތަކުން ގިނަ ސަޕޯޓަރުން ވަނީ މިއިވެންޓުގައި ބައިވެރިވެފައެވެ.

ކުރީގެ ރައިސް އަބްދުﷲ ޔާމީންއަށް ގއ.ވިލިނގިލިން މަރހުބާ ދެންނެވުން – ހުވަދޫ ފޮޓޯ: އަހުތަރު
ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ މިސަރުކާރަކީ ރައްޔިތުންގެ ޝަކުވާތަކަށް ބީރުކަންފަތެއްދޭ ސަރުކާރެއް ކަމަށާއި ރައްޔިތުންގެ ހިމާޔަތަށް މިސަރުކާރުން އެއްވެސް ކަމެއް ނުކުރާ ކަމަށެވެ. އަދި މިސަރުކާރަކީ ރައްޔިތުންނަށް ހެޔޮއެދޭ ސަރުކާރެއްނަމަ ރާއްޖެއަށް ކުރިމަތިވާ ނުރައްކާތަކުގެ ވާހަކަ ރައްޔިތުންނާއި ހިއްސާކޮށް ޕާޓީތަކާއެކު މަޝްވަރާ ބައްދަލުވުންތައް ބާއްވާނެކަމަށް ޔާމީން ފާހަނގަކުރެއްވިއެވެ. ޔާމީން ވިދާޅުވީ ރައްޔިތުންގެ ލާބަ އާއި މަންފާއަށް ކުރަންޖެހޭ ކަމެއް ނަމަ އެފަދަ މަޝްވަރާ ބައްދަލުވުންތަކުގައި ބައިވެރިވާން އިދިކޮޅު ކޯލިޝަނުން ތައްޔާރަށް ތިބި ކަމަށެވެ.

ގއ.ވިލިނގިލީގައި މިއަދު ބޭއްވުނު “އިންޑިޔާ އައުޓް ހަރަކާތަށްފަހު ޔާމީން ރައްޔިތުންނާއި ބައްދަލުކުރައްވަނީ – ހުވަދޫ ފޮޓޯ: އަހުތަރު
ޔާމީން އިތުރަށް ވިދާޅުވީ ފޮޓޯ ނަގާ ޓްވީޓް ކުރުމަކުން އަދި އިސްލާމދީން ހިމާޔަތް ނުކުރެވޭނެ ކަމަށާއި އިސްލާމް ދީން ހިމާޔަތް ކުރުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ.
އިންޑިޔާގެ މިލިޓަރީ ރާއްޖޭގައި ތިބުމަށް ހުއްދަ ދިނުމަކީ ރާއްޖެއަށް އޮތް ނުރައްކަލެއް ކަމަށް ހާމަކުރަމުން ޔާމީން ވިދާޅުވީ އިންޑިޔާ ސިފައިން ރާއްޖޭގައި ތިބުމަކީ ސަރުކާރުން ރާވައިގެން ހިންގާ ބޮޑު ޖަރީމާއެއް ކަމަށެވެ. އަދި ރާއްޖެ ވަނީ އިންޑިޔާއަށް ވިއްކާލާފައި ކަމަށާއި ދިވެހި ދައުލަތުގެ އެއްވެސް ބާރެއް މިހާރު ނެތްކަމަށް ޔާމީން ވިދާޅުވިއެވެ.

“އިންޑިޔާ އައުޓް” ކެމްޕެއިންގެ ދަށުން ގއ.ވިލިނގިލީގައި މިއަދު ހަވީރު ބޭއްވުނު ހިނގާލުމުގެ ތެރެއިން – ހުވަދޫ ފޮޓޯ: އަހުތަރު
ކުރިޔަށް އޮތް ރިޔާސީ އިންތިޚާބެއްގައި ޕީޕީއެމް ސަރުކާރެއް އަންނާނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވަމުން ޔާމީން ވިދާޅުވަނީ ދެން އަންނަ ޕީޕީއެމް ސަރުކާރެއްގައި މިއަދުގެ ސަރުކާރުން ހިންގާފައިވާ ހުރިހާ ޖަރީމާތަކެއް ބަލާ ތަހުޤީގު ކުރާނެ ކަމަށެވެ.
ރައީސް ޔާމީންގެ އިތުރުން މިދަތުރުގެ ބައިިވެރިން ވަނީ ރައްޔިތުންނާއި ބައްދަލުކޮށް ވާހަކަފުޅު ދައްކަވާފައެވެ.
މިދަތުރުގައި އިދިކޮޅު ކޯލިޝަނުގެ އިސް ސަފުގައި އުޅޭ ގިނަ ލީޑަރުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. އޭގެތެރޭގައި ޕީއެންސީގެ ރައީސް އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ)، ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު ޤައްސާން މައުމޫން، މާލެ ސިޓީ ކައުންސިލްގެ ކައުންސިލަރ އިބްރާހިމް ޝުޖާއު، ކުރީގެ ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މަދަނީ އަބްދުﷲ ހިމެނޭޙެން ގިނަ ލީޑަރުން ބައިވެރިވެ ވަޑައިގަތެވެ.
ވިލިނގިލިން ބައިވެރިވީ މަދުބައެއް އެކިއެކި ރަށްރަށުން މީހުން ގެނެސްގެން ފޮޓޯނެގީ
މިރަށުތެރޭގަ ވެސް ހިގާލުމެއް ނުބާްއްވާ
ޖެޓީއިން ބައްދަލުވުން ބޭއްވި ތަނަށް ހިގާފަ ދިޔައި
ޢަހަރުމެން ތިބިން މަންޒަރު ބަލަން ހަދާ ދޮގައި މަކަރު ބަލަން
ވަރަށް ކަމިޔާބުު ބޮޑު ބައްދަލުވުމެއް. ހަޖަމުނިވިއަސް ބޮޑުވަރު. ސާބަސް ވިލިގިލި