ދުނިޔެ
ކައިވެނީގެ ފުރަތަމަ ދުވަހު ހަތިޔާރާއި އެކު ހަނގުރާމަ އަށް

ޔޫކްރެއިންގެ ރައްޔިތުން ކަމަށްވާ ޔަރީނާ އަރިއޭވާ އާއި ސްވިއަޓޮސްލާވް ފުރްސިން  އެދެމީހުންގެ އަލަތު ކައިވެނި ކުރީ ރަޝިއާއިން އެ ދެ މީހުންގެ ގައުމަށް އަރައިގަތްތާ ގަޑިއިރުތަކެއް ފަހުންނެވެ.

ކައިވެނިކޮށްގެން އުޅޭ ދެމަފިރިއެއްގެ ގޮތުގައި އެމީހުން ފުރަތަމަ ދުވަސް ހޭދަކުރީ ރައިފަލްތައް އެއްކުރުމާއި ޔޫކްރެއިންގެ ދިފާއުގައި ހަނގުރާމަ އަށް ތައްޔާރުވުމަށެވެ.

ދެމީހުން ކައިވެނި ކުރަން ތައްޔާރުވީ މިއަހަރުގެ މެއި މަހުގައި ވިޔަސް، ދެމަފިރިންގެ މުސްތަގުބަލު އޮތް ގޮތާ މެދު އެ ދެމަފިރިންނަށް ސުވާލު އުފެދުމުން ކައިވެނި އަވަސް ކުރިއެވެ.

އަރީވާ އާއި ފުރްސިން ވަނީ ޔޫކްރެއިންގެ ސިފައިންގެ ގޮފި ކަމަށްވާ ޓެރިޓޯރިއަލް ޑިފެންސް ފޯސަސްއާ އެކު ސޮއިކޮށްފަ އެވެ. ހަތިޔާރު އެޅި ދެމަފިރިން ހަތިޔާރު އެޅި އިރު، އެ ދެމަފިރިން ދިޔައީ އެމީހުންގެ ސިޔާސީ ޕާޓީ، ޔޫރަޕިއަން ސޮލިޑަރިޓީގެ އޮފީހަށެވެ.

މިވަގުތު އަހަރުމެން މިދަނީ، އަހަރުމެންނަށް ޔޫކްރެއިންގެ ދިފާޢުގައި ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަމުން. އެހެންވީމަ ކުރަން ޖެހޭ ވަރަށް ގިނަ މަސައްކަތް އެބަހުރި، އެކަމަކު އަދިވެސް، އުންމީދު ކުރަނީ ހަނގުރާމަ ފިނިވެ ހުރިހާ ކަމެއް ވެސް ރަނގަޅު ވާނެ ކަމަށް،” — ކައިވެނީގެ ފުރަތަމަ ދުވަހު ހަތިޔާރު އަޅައިގެން ހަނގުރާމައިގެ މައިދާނަށް ނިކުތް އަރިއޭވާ ބުންޏެވެ.

ރަޝިޔާގެ ސިފައިން ޔޫކްރެއިން އަށް ހަމަލާދެމުންދާއިރު، ޔޫކްރެއިންގެ ބައެއް އާންމު ރައްޔިތުން ދަނީ ދިފާޢުވުމަށް ހަތިޔާރާއި އެކު މައިދާނަށް ނިކުމެފައެވެ. އަދި ހަތިޔާރު އުފުލޭ ކުދި ބޮޑުއެންމެން ރަޝިޔާ އަށް ރައްދު ހަމަލާ ދިނުމަށް ނުކުތުމަށް ޔޫކްރެއިންގެ ސަރުކާރުންވަނީ ގޮވާލާފައެވެ.

މަސްދަރު : ސީއެންއެން

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!