ރަޝިޔާއިން ޔޫކްރެއިންއަށް ދެމުންދާ ހަމަލާތަކަށް ދިން ރައްދުގައި ރަޝިޔާގެ 3،500 ސިފައިން މަރާލާފައިވާ ކަމަށް ޔޫކްރެއިންގެ އަސްކަރިއްޔާއިން ބުނެފިއެވެ.
ރަޝިޔާގެ ސިފައިންތަކެއް މަރާލާފައިވާ ކަމަށް ހާމަކޮށްފައިވަނީ، ޔޫކްރެއިންގެ އަސްކަރިއްޔާގެ ފޭސްބުކް ޕޭޖްއިންނެވެ. އެގޮތުން ހަނގުރަމާއިގައި ބައިވެރިވާ ސިފައިންގެ ތެރެއިން ރަޝިޔާގެ 3،500 ސިފައިން މަރާލުމުގެ އިތުރުން 200 ސިފައިން ހައްޔަރުކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ.
އޭގެ އިތުރުން ރަޝިޔާގެ ހަނގުރާމަ މަތީ 14 ބޯޓާއި 8 ހެލިކޮޕްޓަރު ވައްޓާލުމުގެ އިތުރުން 102 ޓޭންކު ހަލާކުކޮށްފައިވާ ކަމަށްވެސް ޔޫކްރެއިންގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.
ރަޝިޔާ ސިފައިން މިހާރު ދަނީ ޔުކްރޭނުގެ ވެރިރަށް ކިއޭވް ހިފުމަށް ހަމަލާ ދެމުންނެވެ. ރަޝިޔާ އިން ވަނީ ޔުކްރޭނުގެ އާއްމުން ނުކުމެ އެ ގައުމުގެ ސަރުކާރު ވައްޓާލުމަށް ގޮވާލައިފަ އެވެ.
ދޮގު ހަބަރެއް. ކޮންސްޕެރެސީ އެންޑް ފޯލްސްފްލެގް