ޚަބަރު
އެންމެ އަވަހަށް ފޯނަށް ޖަވާބު ދެއްވާ ސަރުކާރުގެ ވަޒީރަކީ މިނިސްޓަރު ފައްޔާޒު: ސަނީފް

ދިވެހި ސަރުކާރުގެ ވަޒީރުންގެ ތެރެއިން  އެންމެ އަވަހަށް ފޯނަށް ޖަވާބުދާރީވާ ސަރުކާރުގެ ވަޒީރަކީ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްކަމަށް ތިނަދޫ ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ސަނީފް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއަރޕާސަން ކަމަށް ކުރިމަތިލައްވައިފައިވާ ފައްޔާޒްގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ރޭ ނ. ނިލަންދޫގައި ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސަނީފް ވިދާޅުވީ ރައްޔިތުން އެދޭ ކަންތައްތަކުގެ ވާހަކަ ދައްކަން ގުޅުއްވުމުން ފޯނަށް އެންމެ އަވަހަށް ޖަވާބު ދެއްވާ ވަޒީރަކީ ފައްޔާޒު ކަމަށާއި ރައްޔިތުން އެދިލައްވާ ކަންތައްތައް އެންމެ އަވަހަށް ކޮށްދެއްވާ ބޭފުޅަކީވެސް ފައްޔާޒު ކަމަށެވެ.

ސަނީފް ވިދާޅުވީ އެމްޑީޕީގެ ޗެއަރޕާސަން ކަމުގެ މަޤާމަށް އެންމެ އެކަށީގެންވާ ބޭފުޅަކީ ފައްޔާޒު ކަމަށާއި ވަރަށްގިނަ ސަބަބުތަކާހުރެ ފައްޔާޒަށް މިމަޤާމު ދޭންޖެހޭ ކަމަށެވެ. އަދި އެމްޑީޕީތެރޭގައި މައްސަލަތައް ޖެހިފައިވާ ކަމަށާއި އެމައްސަލަތައް ހައްލުކުރެވޭނީ ޗެއަރޕާސަންއަކަށް ފައްޔާޒު ހޮވައިގެން ކަމަށް ސަނީފްވަނީ ވިދާޅުވެފައެވެ.

“ޙަޤީޤަތުގައި މި އޮނޑީގައި މައްސަލަތަކެއް އެބައުޅޭ ޖެހިގެން. މިއީ ވަރަށް ބާރަށް ދުއްވި އޮޑިއެއް. އެހެން ނަމަވެސް ހިންމިތަކުން ފެން ވަންނަން ފަށައިފި. މިއޮނޑި ފައިބަރު ކުރަން އެބަޖެހޭ. ފައިބަރު ޖެހީމަ ނޫނީ، ހިންމިތައް މައިތިރިއެއް ނުވާނެ” ސަނީފް ވިދާޅުވިއެވެ.

ޕާޓީއަށް ތާއީދުކުރާ ސަޕޯޓަރުން އެދޭ ކަންތައްތައް ޕާޓީގެ ލީޑަރޝިޕަށް ހުށަހަޅަން ފަސޭހަ ކަމަކަށް ވީ ނަމަވެސް އެކަންތައް ހައްލުކުރުމަށް ޕާޓީގެ ލީޑަރޝިޕް މަސައްކަތްނުކުރާކަމަށް ސަނީފްވަނީ ހާމަކޮށްފައެވެ.

“ޕާޓީގެ ރައްޔިތުން އެދޭ އެދުންތައް މިހާރު ވެސް ޕާޓީގެ ލީޑަރޝިޕްގެ ކައިރީގައި ދަންނަވަން ވަރަށް ފަސޭހަ. އެއީ މަޖިލީހުގައި އެ ބޭފުޅުން އަޅުގަނޑުމެންގެ ކައިރީގައި ތިބޭތީ. އެހެން ނަމަވެސް އެ ބޭފުޅުންނަކަށް ދާއިރާތަކުގައި އެހެރަ މައްސަލަތައް ހައްލު ކުރުމަށް ޓަކައި އެ ބޭފުޅުންނަކަށް އަޅުގަނޑުމެންނާ އެކުގައި މަސައްކަތް ނުކުރެވޭ. ފައްޔާޒް އިސްމާއީލަކީ ގިނަ ރައްޔިތުން އެދޭ އެދުމަށް އިޖާބަދޭ ބޭފުޅަކަށް ވީމާ، ޕާޓީގެ އެވަރުގެ ބާރެއް ލިބިއްޖިއްޔާ އަޅުގަނޑުމެން މި ޕާޓީ ބަދަލުކޮށްލުމުގައި ފަސޭހަ ވެގެންދާނެ” ސަނީފް ވިދާޅުވިއެވެ.

ސަނީފް ވިދާޅުވީ، މިއަދު ރައްޔިތުން ބަދަލަކަށް އެދެމުންދާ ކަމަށާއި އެމްޑީޕީގެ އާއްމު މެންބަރުންގެ އެދުމަކީ އެއީ ކަމަށެވެ.

  1. ތީ ތެދެއްތަާ. ދެނ އިންތިޔޯ