ޚަބަރު
ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވުމަށް 55 ސިވިލް ސާރވެންޓުން އިންޑިޔާއަށް ފުރައިފި

އިންޑިއާގެ ނެޝަނަލް ސެންޓަރ ފޯ ގުޑް ގަވަނަންސް (އެންސީޖީޖީ) އިން ބާއްވާ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށް 55 ސިވިލް ސާވެންޓުން މިއަދު މެންދުރު އިންޑިޔާއަށް ފުރައިފިއެވެ.

ސިވިލް ސާވިސް ކޮމިޝަނުން ވިދާޅުވީ ސިވިލް ސާވިސްގެ އެކިއެކި ދާއިރާތަކުގެ މީހުން ހިމެނޭހެން ނަގާފައިވާ 55 ސިވިލް ސާވެންޓުންގެ ޓީމް ދެހަފްތާއަށް އިންޑިޔާއަށް ފުރާފައިވާ ކަމަށާއި މިފަދަ ތަމްރީންތަކުގައި ސިވިލް ސާވެންޓުން ބައިވެރި ކުރުމުގެ މައިގަނޑު މަޤްސަދަކީ ސިވިލް ސާވަންޓުންގެ މެދުގައި ގާބިލްކަން އުފެއްދުން ކަމަށެވެ.

މީގެ އިތުރުން “ޓްރެއިނިން ޕްރޮގްރާމް އިން ފީލްޑް އެޑްމިނިސްޓްރޭޝަން ފޯ ސިވިލް ސާވަންޓްސް އޮފް މޯލްޑިވްސް” ގެ ނަމުގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ ތަމްރީނު ޕްރޮގްރާމްގައި، އިންޑިއާގެ ސިވިލް ހިދުމަތާ ބެހޭގޮތުންނާއި، އިގްތިސޯދީ، އިޖްތިމާއީ، ތިމާވެށި އަދި އެކި އެކި ސިޔާސަތުތަކާ ގުޅޭ މައުލޫމާތު ސެޝަންތައް ހިމެނިގެންދާނެ ކަމަށް އެކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. އަދި މި ތަމްރީނު ޕްރޮގްރާމްގެ ސެޝަންތައް ނަންގަވައިދެއްވާނީ ދާއިރާތަކުގެ ތަޖުރިބާހުރި ކަމާގުޅޭ މާހިރުން ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.

ދެހަފްތާގެ މުއްދަތަކަށް މިތަމްރީނު ޕްރޮގްރާމް ކުރިޔަށް ގެންދަން ރޭވިފައިވާއިރު ފުރަތަމަ ހަފްތާގައި މަސޫރީ، އުއްތަރުކަންޑުގައި ހުންނަ ޝަރަފުވެރި ލާލް ބަހާދުރް ޝާސްތްރީ ނޭޝަނަލް އެކެޑަމީގައި ސިވިލް ސާވަންޓުން ހޭދަކުރަން ޖެހެއެވެ. އަދި ދެވަނަ ހަފްތާގައި ތަމްރީން ޕްރޮގްރާމްގެ ސެޝަންތައް ކުރިޔަށް ގެންދާނީ އިންޑިޔާގެ ވެރިރަށް ނިއުދިއްލީގައެވެ. މިދަތުރުގައި މަސޫރީ އާއި ދިއްލީގެ ސަގާފީ ތަންތަނަށް ބައިވެރިން ޒިޔާރަތްކުރާނެއެވެ.

ދިވެހި ސިވިލް ސާވެންޓުން ތަމްރީނުކުރުމަށް ސީއެސްއީން ވަނީ 2019 ވަނަ އަހަރު އެންސީޖީޖީއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އަދި މިއަދު ފުރައިގެން މިދިޔައީ މިއެއްބަސްވުމުގެ ދަށުން ނުވަވަނަ ބެޗު ކަމަށާއި މިބެޗަކީ މިހާތަނަށް އެންމެ ގިނަ ބައިވެރިން ބައިވެރިވި ބެޗު ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!