ޚަބަރު
ރޯމަސް މާރުކޭޓުގެ ގިނަތަންތަނާއި، މާރުކޭޓް ހޮޓާ ހުސްކުރަން އަންގައިފި

ރޯމަސް މާރުކޭޓްގެ ގިނަ ތަންތަނާއި، މާރުކޭޓް ހޮޓާ ހުސްކުރަން މާލޭ ސިޓީ ކައުންސިލުން އަންގައިފިއެވެ.

ގެޒެޓް ކޮށްފައިވާ، މާލެ ސިޓީ ކައުންސިލްގެ އިޢުލާނެއްގައި، ރޯމަސް މާރުކޭޓުގެ މަތީ ފަންގިފިލާގައި ހިމެނޭ މީހުން ނިންދަވާ ތަންތަނާއި، ފިހާރަ އަދި ގުދަން ހުސްކުރަން ނޯޓިސްދީފައި ވެއެވެ.

މާލެ ސިޓީ ކައުންސިލްގެ އިޢުލާނުގައިވާ ގޮތުން، އެފަދަ ނޯޓިސްއެއް ދެވިފައިވަނީ، ފާއިތުވީ ޖޫން މަހުގެ 30 ގައި ކުރި އިޢުލާނުގައި އެންގިފައިވާ ފަދައިން، މާރުކޭޓްގައި ހިންގަމުންދާ ތަންތަނުގެ މަޢުލޫމާތާއި ލިޔެކިޔުން ހުށަނޭޅުމުންނެވެ.

ޖޫން 30 ގެ އިޢުލާނުގައި ބުނެވިފައިވަނީ މާރުކޭޓްގެ ފުރަތަމަ ފަންގިފިލާ އަދި ދެވަނަ ފަންގިފިލާގައި ހުރި ތަންތަން ހިންގަމުންދާ ފަރާތްތަކުން ޖުލައި 10ގެ ކުރިން ސިޓީ ކައުންސިލަށް ހާޒިރުވެ މަޢުލޫމާތު ދިނުމަށާއި އެތަންތަނާބެހޭ ގޮތުން ލިބިފައިވާ ރަސްމީ ލިޔެކިޔުންތަކުގެ ކޮޕީ ހުށަހެޅުމަށެވެ. ސިޓީކައުންސިލްގެ މިލިޔުމާއި އެއްގޮތަށް ލިޔެކިޔުން ބުނެފައިވާ މުއްދަތުގައި ހުށަހަޅާފައި ވަނީ އެންމެ ފަރާތަކުންނެވެ. އެއީ “ލިސްޓޯ” ފިހާރައެވެ.

ވުމާއެކު މިފިހާރަ ފިޔަވައި އެހެން ހުރިހާ ތަނެއްގެ މުދަލާއި ތަކެތި ލަސްވެގެން 28 ޖުލައި 2021ގެ ކުރިން ހުސްކުރުމަށް އިޢުލާނުގައި އަންގާފައި ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!