ރަޝިޔާ ޔުކްރެއިން އިން ކުރަމުންދާ ހަގުރާމައަށް އަސްކަރީ ސާމާނާއި އެހެނިހެން އަސްކަރީ އެހީ ދިނުމަށް 28 ޤައުމަކުން އެއްބަސްވެއްޖެއެވެ.
އިނގިރޭސިވިލާތުގެ ޑިފެންސް ސެކްރެޓަރީން މިއަދު ވަނީ ދުނިޔޭގެ އެހެނިހެން ޤައުމުތަކާއެކު ކޮންފަރެންސެއް ބާއްވާފައެވެ. މިކޮންފަރެންސުގައި އެމެރިކާ ހިމެނޭހެން 27 ޤައުމަކުންވަނީ ޔުކްރެއިންއަށް އަސްކަރީ އެހީ ދޭނެކަމަށް އެއްބަސްވެފައެވެ.
މި ކޮންފަރެންސްގައި ބައިވެރިވި ޤައުމުތަކުގެ ތެރޭގައި ކުރިން މި ކަމަށް އެއްބަސްނުވާ ގައުމުތަކާއި، ނޭޓޯގައި ބައިވެރިނުވާ ގައުމުތަކެއް ވެސް ހިމެނެއެވެ. ރަޝިޔާއިން ޔޫކްރޭނަށް ދެމުންގެންދާ ހަމަލާތަކުން ދިފާޢުވުމަށް އަސްކަރީ ހަތިޔާރާއި، އަވަސްފަރުވާއަށް ބޭނުންވާ ސާމާނު ދިނުމަށް ގިނަ ޤައުމުތަކުން ވަނީ ނިންމާފައެވެ.
ރަޝިޔާއިން ފަށާފައިވާ މިހަނގުރާމައިގެ ބޭނުމަކީ ޔުކްރެއިންގެ ވެރިރަށް ކިއޭވް ހިފައި ޔޫކްރޭންގެ ވެރިކަން ވައްޓައިލުމެވެ. ރަޝިޔާ ސިފައިން ވަނީ ޔުކްރެއިންގެ މަގުތަކުގައިވެސް ހަނގުރާމަ ފަށާފައެވެ. އެހެންނަމަވެސް ޔުކްރެއިންގެ ހުރިހާ ސިފައިން ނެރެގެން އެޤައުމުންވަނީ އެއަރޕޯޓް ރަޝިޔާގެ ސިފައިންގެ އަތުން ސަލާމަތްކޮށްފައެވެ.