މި ފެށޭ މާރޗް މަހުގެ ތެރޭގައި ތިނަދޫ އިން ޕާސްޕޯޓް ހަދައިދިނުމުގެ ޚިދުމަތް ފޯރުކޮށްދެވޭނެކަމަށް ތިނަދޫ ކައުންސިލުން ބުނެފިއެވެ.
ތިނަދޫ ކައުންސިލުން ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ރޭ ތިނަދޫ އިސްލާމިކް މަރުކަޒުގެ ހޯލުގައި ބޭއްވި ބައްދަލުވުމުގައި ރާއްޔިތުނާއި މުޚާތަބު ކުރައްވަމުން ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ ވިދާޅުވީ، ފެށޭ މާރޗް މަހުގައި ތިނަދޫ އިން ޕާސްޕޯޓް ހަދައިދިނުމުގެ ޚިދުމަތް ރައްޔިތުންނަށް ފޯރު ކޮށްދެވޭނެ ކަމަށާއި، އެކަން ކުރުމަށް ކުރަންޖެހޭ މަސައްކަތްތަށް އިމިގްރޭޝަން އާއި ގުޅިގެން މިހާރު ކުރިއަށް ދާ ކަމަށެވެ.
އެގޮތުން މިހާރު ވަނީ ޕާސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް އިމިގްރޭޝަން އަށް ތިނަދޫ މިއުޒިއަމް ޕާރކް އިން އިމާރާތެއް ހަވާލުކޮށްފައި ކަމަށްވެސް ތިނަދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ތިނަދޫ މިއުޒިއަމް ޕާކުގައި އިމިގްރޭޝަންގެ އޮފީހެއް ޤާއިމުކުރަނީ
އިމިގްރޭޝަންގެ ޚިދުމަތްތައްވެސް ލާމަރުކަޒުކޮށް އަތޮޅުތަކުގެ ރައްޔިތުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަމަށާއި ތިނަދޫއިން ޕާސްޕޯޓުގެ ޚިދުމަތްދޭން ފެށުމާއި، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ތިނަދޫ ކައުންސިލުގެ އެހީތެރިކަމާއި އެއްބާރުލުން ހޯދުމާގުޅޭގޮތުންވެސް މަޝްވަރާކޮށްފައިވާ ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަޙްމަދު ޙުސެއިން ވަނީ ވިދާޅުވެފައެވެ.
އަދި ތިނަދޫގައި ޕާސްޕޯޓް ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ އިމާރާތުގެ ހާލަތު ބެލުމަށް، އިމިގްރޭޝަންގެ ޓީމެއްވަނީ މި މަހު ތިނަދޫ އަށް ގޮސް އިމާރާތަ ބަލައި ކައުންސިލާއި ބައްދަލުކޮށްފައެވެ.
މާލޭ ސަރަޙައްދުގެ އިތުރުން އިމިގްރޭޝަންގެ އޮފީސްތައް އަތޮޅު ތެރޭގައި މިވަގުތު ޤާއިމުކޮށްފައިވަނީ 3 ސަރަހައްދެއްގައެވެ. އެއީ ކުޅުދުއްފުށީ ސިޓީއާއި، ފުވައްމުލައް ސިޓީގެ އިތުރުން އައްޑޫ ސިޓީ ހިތަދޫގައެވެ.