ޚަބަރު
ސްޓާރލިންކުން ޔުކްރެއިނަށް އިންޓަނެޓްގެ ޚިދުމަތް ދޭން ފަށައިފި

ސްޕޭސްއެކްސް ކުންފުނީގެ ސްޓާލިންކް އިންޓަރނެޓްގެ ޚިދުމަތް ޔުކްރެއިނަށް ދޭން ފަށައިފިއެވެ.

ޔޫކްރައިންގެ ބޮޑުވަޒީރުގެ ނައިބު މައިކާލޯ ފެދްރޯފް ވަނީ އިންޓަނެޓްގެ ޚިދުމަތް އެޤައުމަށް ބޭނުންވާ ކަމަށް ސްޕޭސް އެކްސް ކުންފުނީގެ ސީއީއޯ އަދި ދުނިޔޭގެ މަޝްހޫރު މަހުޖަނު އީލޯން މަސްކުގެ ކިބައިން ނުސީދާ ގޮތެއްގައި އެދިވަޑައިގެންފައެވެ.

ފެދްރޯފް ކުރެއްވި މަސްކަށް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސްޕޭސްއެކްސް ކުންފުނީގެ ރޮކެޓްތައް ޖައްވަށް ދަތުރު ކޮށް މާސް ތަރީގައި ވަޒަންވެރިވުމަށް މަސައްކަތް ކުރާއިރު ރަޝިއާއިން ޔޫކްރައިންގެ އާންމުންނަށް ރޮކެޓް ހަމަލާ އަމާޒު ކުރަމުން އަންނަ ކަމަށެވެ. އަދި ޔޫކްރައިންގެ ރައްޔިތުންނަށް ސްޓާލިންކް މެދުވެރިކޮށް އިންޓަނެޓް ލިބޭނެ އިންތިޒާމް ހަމަޖައްސާދޭން އެދޭ ކަމަށެވެ.

ފެދްރޯފްގެ ޓްވީޓުގެ ޖަވާބަކަށް މަސްކު ބުނެފައިވަނީ މިހާރު ސްޓާރލިންކު އިންޓަރނެޓް ޚިދުމަތް ޔުކްރެއިނަށް ލިބޭނެ ކަމަށާއި އިތުރު ރޫޓުތައްވެސް ކުރިއަށް ހުރި ކަމަށެވެ.

ދުނިޔޭގެ ގިނަ ޤައުމުތަކުން ރަޝިޔާއަށް ދަތިކުރުމުގެ ފިޔަވަޅުއަޅާ ޔުކްރެއިންއަށް އެހީތެރިކަން ފޯރުކޮށްދެމުންދާއިރު ރަޝިއާގެ ސަރުކާރުން، އިންޓަނެޓްގެ ހިދުމަތްތައް ކޮންޓްރޯލް ކުރާ ކަމުގެ ހަބަރުތަކެއް ވަނީ ފެންމަތިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!