ޚަބަރު
ސާއިދު އަށް އެހީވުމަށް ތިނަދޫ ގެ ޒުވާނުން ކްލަބްހައުސް އިވެންޓަކަށް

މަޝްހޫރު ކުޅިވަރު ޖަރނަލިސްޓް އަދި ފުޓްބޯޅަ ކޮމެންޓްރޭޓަރ ސާއިދު އަހުމަދުގެ 2 ކިޑްނީ ވެސް ފެއިލް ވެ ކިޑްނީ އެއް ހަދިޔާ ކޮށްދޭން ފަރާތެއް ހޯދުމަށް ލިބޭތޯ ތިނަދޫ ޒުވާނުން އިސް ނަގައިގެން ޚާއްޞަ ކެމްޕިއިން ފެށުމަށް ތައްޔާރުވެއްޖެއެވެ.

“ހެލްޕް ސާއިދު” ނަމުގައި ކުރިޔަށް ގެންދިއުމަށް އިސްކޮށް މަސައްކަތް ކުރައްވާ އެއް ފަރާތް ކަމަށްވާ ހާޒިފް މުޙައްމަދު ވިދާޅުވީ ސާއިދު އަށް އެހީ ވުމަށް ކެމްޕޭނެއް ފެށީ ސާއިދު އަކީ ތިނަދޫ މީހަކަށް ވުމާއި ގައުމަކަށް ޚިދުމަތްތެރި ޒުވާންނަކަށް ވެފައި އިންސާނިއްޔަތުގެ ވިސްނުމަކުން 2 ކިޑްނީ ފެއިލް ވެ އެ ހިތާމައިގައި އުޅޭ މީހަކަށް އެހީތެރިކަން ވެ ދިނުމުގެ ނިޔަތުގައި ކަމަށެވެ. އެގޮތުން ކްލަބް ހައުސް މެދުވެރިކޮށް އެކަމުގެ މަޝްވަރާ ފެށުމަށް ތައްޔާރު ވެފައި ވާ ކަމަށާއި އިތުރު ޕްލެޓްފޯމްތައް ވެސް މި ކަމުގައި ބޭނުން ކުރުމަށް ތައްޔާރު ވަމުންދާކަމަށް ވެސް ހާޒިފް ވިދާޅުވިއެވެ.

ޕީއެސްއެމް ގެ ސްޕޯޓްސް ޖަރނަލިސްޓް ގޮތުގައި މާލޭގައި މިވަގުތު މަސައްކަތް ކުރައްވާ ގދ ތިނަދޫ ، ފިނިމާގެ، ސާއިދު އަހުމަދު “ހުވަދޫ ނިއުސް” އަށް މައުލޫމާތު ހިއްސާ ކޮށްދެއްވަމުން ވިދާޅުވީ އޭނާ ގެ ކިޑްނީ ފެއިލް ވެ އެކަމުގައި މިހާތަނަށް 14 ޑޯރނާއަކާއި ވާހަކަ ދެކެވި ވަރަށް ބޮޑު އުއްމީދަކާއި އެކު މުޢާމަލާތް ކުރެވިއްޖެ ކަމަށާއި، ނަމަވެސް އެންމެން ވެސް ފަހު ވަގުތު ދީފައި ވަނީ ބީރު ކަންފަތެއް ކަމަށެވެ. އެހެން ނަމަވެސް އެންމެ ފަހު ނޭވާޔާ ޖެހެންދެން ހިތްވަރާއި އެކު މަސައްކަތް ކުރާނެ ކަމުގައި ސާއިދު ވިދާޅުވިއެވެ.
ސާއިދު ވަނީ ނިމިގެން ދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތް ގައި ކްލަބް ހައުސް މެދުވެރިކޮށް ދިވެހި ބަހުން ލައިވް ކޮމެންޓްރީ ގެނެސްދީ ފެނުމުން މަހުރޫމްވެފައި ތިބި ފަރާތްތަކަށް ޔޫރޯ މެޗް ހުށަހަޅައިދީފައެވެ. ސާއިދު ދިވެހި ރާއްޖޭގެ އަޑުގެ ފުޓްބޯޅަ ކޮމެންޓްރީ ހިލޭ ސާބަހަށް ގެނެސްދޭ ތާ މިހާރު 12 އަހަރު ވެއްޖެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!