ޚަބަރު
މިދިޔަ މަހު އެކަނިވެސް ކުޑަކުދިންނަށް ކުރާ އަނިޔާގެ 105 މައްސަލައެއް

މިދިޔަ ޖެނުއަރީ މަހު އެކަނިވެސް، ކުޑަކުދިންނަށް ކުރާ އަނިޔާގެ 105 މައްސަލައެއް ހުށަހަޅާފައިވާކަމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ހާމަކުރައްވައިފިއެވެ.

ޖެންޑަރ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ޑިސެމްބަރު މަހު ކުޑަކުދިންނަށް ކުރި އެކި ބާވަތުގެ އަނިޔާގެ 104 މައްސަލައެއް އެ މިނިސްޓްރީއަށް ހުށަހަޅާފައިވެއެވެ. ޖެނުއަރީ މަހު ޖެންޑަރ މިނިސްޓްރީއަށް ހުށަހަޅާފައިވަނީ މިބާވަތުގެ 105 މައްސަލައެވެ. ޖެނުއަރީ މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު ކުޑަކުދިންނަށްކުރާ އަނިޔާގެ ތެރެއިން އެންމެ ގިނައިން ހުށައަޅާފައިވަނީ ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ މައްސަލަތަކެވެ. އެގޮތުން މިބާވަތުގެ 21 މައްސަލައެއް ވަނީ ހުށައަޅާފައެވެ.

މީގެ އިތުރުން އިހުމާލުވުމުގެ 20 މައްސަލައަކާއި ޖިސްމާނީ ހާނިއްކައިގެ 14 މައްސަލައަކާއި ނަފްސާނީ ހާނިއްކައިގެ 10 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އަދި އެހެން ކުދިންގެ ފަރާތުން ގަނާލިބުމާއި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 3 މައްސަލައަކާއި ޖިންސީ ހާނިއްކައިގެ 20 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން ނަހަމަ ގޮތުގައި ކުދިން ބޭނުންކުރުމުގެ 6 މައްސަލައެއްގެ އިތުރުން ނަހަމަ ގޮތުގައި ވިޔަފާރީގެ ފައިދާއަށް ކުދިން ބޭނުންކުރުމުގެ 11 މައްސަލައެއްވެސް އެ މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ.

ކުޑަކުދިންގެ މައްސަލަތަކުގެ ތެރޭގައި ކުދިންގެ އަޚުލާގާ ގުޅުންހުރި 13 މައްސަލައެއް މިދިޔަ މަހުވަނީ ޖެންޑަރ މިނިސްޓްރީއަށް ހުށަހަޅާފައެވެ. އަދި އަމިއްލަ ނަފްސަށް ގެއްލުންދިނުމާ ގުޅޭ 11 މައްސަލައެއް މިދިޔަމަހު މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން ކުޑަކުދިންނަށް ލިބިގެންވާ ޙައްޤުތަކުން އެކުދިން މަޙްރޫމުކުރުމުގެ 13 މައްސަލައެއްވެސް ވަނީ ޖެންޑަރ މިނިސްޓްރީއަށް ހުށަހަޅާފައެވެ.

މިދިޔަ ޖެނުއަރީމަހުގެ ތެރޭގައި ޖެންޑަރ މިނިސްޓްރީއަށް ހުށަހަޅާފައިވާ 254 މައްސަލައިގެ ތެރޭގައި އާއިލީ މައްސަލައިގެ 38 މައްސަލައެއް ރިޕޯޓްކޮށްފައިވެއެވެ. އަދި ގެވެށި އަނިޔާގެ މައްސަލަތަކާއި އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ މައްސަލައިގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން 18 މައްސަލައެއް ވަނީ ހުށަހަޅާފައެވެ.

ޖެންޑަރ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ޖުމްލަ 195 ކުއްޖަކު އެބަތިބިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!