ގދ. ނަޑެއްލާ އިން ކޯވިޑް 19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު 89 އަކަށް އަރައިފިއެވެ.
ނަޑެއްލާއި ނެގުނު ސާމްޕަލް ތަކުގެ ތެރެއިން މިއަދު ނަތީއްޖާ ލިބުނު ސާމްޕަލް ތަކުން 59 ސާމްޕަލެއް ވަނީ ކޮވިޑް19 އަށް ފައްސިވެފައެވެ. އަދި އެރަށުން ފައްސިވި މީހުންގެ ތެރެއިން 3 ފަރާތެއް ވަނީ ބަލިން ރަނގަޅުވެފައެވެ. އެއާއި އެކު އެރަށުގެ އެކްޓިވް ކޭސްގެ އަދަދަކީ 86 އެކެވެ.
ނަޑެއްލާގެ ރަށުތެރެއަށް ބަލި ފެތުރި ގިނަ ބަޔަކު ކޮވިޑް19 އަށް ފައްސިވަމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުގެ ގޮތުގައި މިހާރު އެރަށް ވަނީ ލޮކްޑައުން ކުރެވިފައެވެ.
ނަޑެއްލާގެ ހާލަތު ގާތުން މޮނިޓަރ ކުރުމަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ޑޮކްޓަރ އެއް ހިމެނޭ ގޮތަށް ޓީމަކާއި، ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.