އިއްޔެ ހުޅުމާލޭގައި ހިނގައިދިޔަ ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާތަކެއްވެގެން އޭޑީކޭގައި ފަރުވާދެމުންދާ މާލެ ސިޓީ ކައުންސިލްގެ އަންހެނުންގެ ކޮމިޓީގެ މެމްބަރު އައިމިނަތު އީމާންގެ ހާލަތު ގޯސްވެ ސަލާމަތްވުމުގެ އުންމީދު ޑޮކްޓަރުން ކަނޑާލައިފިއެވެ.
ބައެއް މީޑިއާތަކުން އީމާން މަރުވެއްޖެކަމަށް ރިޕޯޓުކޮށްފައިވީ ނަމަވެސް އޭޑީކޭ ހޮސްޕިޓަލުންވަނީ އެކަން ދޮގުކޮށްފައެވެ.
އޭޑީކޭ ހޮސްޕިޓަލުން މިޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި އީމާން ނިޔާވިކަން ޑޮކްޓަރުން އަދި ޔަގީން ނުކޮށްދޭ ކަމަށާއި، އޭނަގެ ވިންދު އެބަހުރިކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ.
އިއްޔެ ހުޅުމާލޭ ކުރެދި ހިނގުމުން ސައިކަލެއްގައި ދުއްވާފައި ދަނިކޮށް އުމުރުން 29 އަހަރުގެ އީމާން ވެއްޓުނީ ހަވީރުގެ ވަގުތެއްގައެވެ. އެ ހާދިސާ ހިނގިއިރު އެ ސަރަހައްދުގައި އެއްވެސް މީހަކު ނެތެވެ. އީމާން ހޮސްޕިޓަލަށް ގެންދެވުނީ އޭގެ ވިއްސަކަށް މިނިޓް ފަހުން އެ ސަރަހައްދުން ދިޔަ މީހަކަށް ފެނިގެންނެވެ.
ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް އީމާން އޭޑީކޭ ހޮސްޕިޓަލަށް ބަދަލު ކުރީ ރޭގައެވެ.
ޢެސަރަހައްދުންް ދިޔަަ ޕޮލިސްް ވެހިކަލްްގަ އައިި ބަޔަކ އީމަންް އެމްބިއުލަނސްް ލައިގެންް ހުޅުމާލެެ ހޮސްޕިޓަލަށްް ގެންދިޔަެިިއެވަގުތުުއެތާާ ތިބިި މީހުންް ތިބީީ ކަންބަލަންް ފޮޓޯނަގަންް އަހަރެންް މީީ އެސީންް އަށ ދިޔަމީހެއްް ހަބަރުު ލިޔާއިރުު މައުލުމާތުު ރަގަޅށްް ސަަފުު ކޮއްފަަ ލިޔުމަށްް ނޫސްް ވެރިންް އަށްް ދަންނަވާލަންް