މަޢުލޫމާތު
ޑައުންސިންޑްރޯމް ބައްޕައަކު ދަރިފުޅު ޑޮކްޓަރަކަށް ހަދައި، ލޯބިން ކޮންމެ ކަމެއްވެސް ހާޞިލްކުރެވިދާނެކަން ސާބިތުކޮށްފި

ޑައުން ސިންޑްރޯމް ކުރިމަތިވެފައިވާ މީހުންނަށް ދަރިން ނުލިބޭކަމަށް ގިނަބަޔަކު ހީކުރެއެވެ. ނަމަވެސް، ޑައުން ސިންޑްރޯމް ކުރިމަތިވެފައިވާ އަންހެނުންނަށް ދަރިން ހޯދުމަށް އެއްވެސް މައްސަލައެއް ކުރިމަތި ނުވެއެވެ. އެހެން ނަމަވެސް ޑައުންސިންޑްރޯމް ފިރިހެނުންނަށް ދަރިން ލިބެނޭ ވަރަށް މަދުންނެވެ.

ޑައުން ސިންޑްރޯ ކުރިމަތިވެފައިވާ ފިރިހެނެއްކަމުގައިވާ ޖެޑް އިސްސާގެ ދިރިއުޅުމަށް އަންހެނުންނަށްފަހު، ދެމަފިރިންނަށް މަރުހަބާކީ ފިރިހެން ދަރިއެކެވެ. ޑައުން ސިންޑްރޯމް ޖެހިފައިވާ މީހުންނަށް ކުރިމަތިވާ ތަފާތު ގޮންޖެހުންތަކާއި، ދަތި އުދަނގޫތަކާއި އެކުވެސް ޖެޑް އިސްސާ ވަނީ އޭނާގެ ދަރިފުޅު އުންމީދު ކުރިގޮތަށް ޑޮކްޓަރަކަށް ހަދާފައެވެ.

ސީރިޔާއަށް އުފަން ޖެޑް އިސްސާގެ ހިތްވަރުން ދިރިއުޅުން އުފާވެރި ދިރިއުޅުމަކަށް ބަދަލުކުރެވި، އަންހެނުންގެ ލޯތްބާއި އެހީތެރިކަމާއެކު، އެދެމަފިރިންގެ ލޯބީގެ ނީޝާން ކަމުގައިވާ ފިރިހެން ދަރިފުޅު، ރަނގަޅު ތަޢުލީމެއް ފޯރުކޮށްދެވި، ޑޮކްޓަރަކަށް ވަނީ ހަދާފައެވެ. ޖެޑްގެ ދިރިއުޅުމަށް ނަޒަރު ހިންގާލާއިރު، ލިބިގެންދާ އިބްރަތަކީ، ލޯތްބަކީ، ކޮންމެ ކަމެއްވެސް ހާޞިލްކުރުމުގެ ތަޅުދަނޑި ކަމެވެ. އެދިރިއުޅުމެއްގައި، ލޯތްބާއި ކުލުނު އެކުލެވިގެންވާނަމަ، ދިރިއުޅުން ބާއްޖަވެރި ކުރެވިދާނެކަން، ޖެޑްގެ ދިރިއުޅުމަށް ބަލާމުން އެނގިގެންދެއެވެ.

ދަރިފުޅުގެ ދިރިއުޅުން ލޯބިން ފުރާލުން

ޖޭޑް އޭނާގެ އާއިލާއާއި އެކު ނަގާފައިވާ ފޮޓޯއެއް- ފޮޓޯ: ސޯޝަލް މީޑިއާ

ޖެޑް އޭނާގެ ދަރިފުޅުގެ ދިރިއުޅުން އުޖާލާކޮށް، ދަރިފުޅުގެ ހުވަފެބްތައް ހަޤީޤަތަކަށް ހެދުމަށް، ދަރިފުޅުގެ ދިރިއުޅުން ލޯބިން ފުރާލިއެވެ. ޖޭޑްގެ ފިރިހެން ދަރިފުޅު ސެޑާ އުފަންވުމުން، އެހެން އާއިލާތަކެކޭ އެއްފަދައިން އެހެން ކުދިންނަށްވެސް އާއިލާތަކުން މަރުހަބާ ކިޔާ ބީދައިން، ހުރިހާ މެމްބަރުންވެސް ތުއްތު ދަރިފުޅަށް އާއިލާއަށް  މަރުޙަބާ ކިއެވެ. ސެޑާ ބުނެފައިވާގޮތުން، ހަނދާން ހުންނަގޮތުން، އޭނާ ކުޑަކުއްޖެއްގެ ގޮތުގައި ހުރިއިރުވެސް، އާއިލީ ހުރިހާ މެމްބަރުން އޭނާދެކެ އިންތިހާއަށް ލޯބިވެއެވެ.

ސެޑާ ބުނާގޮތުން، ކުޑައިރުވެސް ވަރަށްގިނަވަގުތު ބައްޕައާއި އެކު ހޭދަކުރާ ކަމަށެވެ. ތަމްބް ރެސްލިންގ ފަދަ ތަފާތު ގޭމްތައް ބައްޕަޔާއިއެކު ކުލޭ ހަނދާން ވަރަށް ހުންނަ ކަމުގައި، ސެޑާ ފާހަގަކޮށްފައި ވެއެވެ. ޖޭޑް ދިރިއުޅޭ ސަރަހައްދުގެ މީހުންވެސް، ދަރިފުޅު ސެޑާ ގޮވައިގެން ޖޭޑް އުޅޭއިރު، ތަޢުރީފުކޮށް، ޖޭޑްއަށް ހިތްވަރުދީ، ވަރަށް ގާތް ގުޅުމެއް ބާއްވައެވެ.

ބުރަކޮށް މަސައްކަތްކޮށް، ދަރިފުޅުގެ ހުވަފެން ހަޤީޤަތަކަށް ހެދި

ދަރިފުޅަކީ ދިރިއުޅުމުގައި ކާމިޔާބު ކުއްޖަކަށް ހެދުމަށް، ދަރިފުޅުގެ ދެކޭ ބޮޑު ހުވަފެން ހަޤީޤަތަކަށް ހެދުމަށް، ޖޭޑް ހަޑޫ ބަންދުކުރާ ކާރުޚާނާއެއްގައި މަސައްކަތްކޮށް، ދަރިފުޅުގެ މަތީ ތަޢުލީމަށް ފައިސާ ރައްކާކުރިއެވެ. ސެޑާ ފާހަގަކޮށްފައިވާ ގޮތުގައި، ބައްޕަ އާއިލާގެ ތަފާތު ބޭނުންތަކާއި، އޭނާއަށް ކާމިޔާބު ހޯދައިދިނުމަށް ބޮޑެތި ޤުރުބާނީތަކެއް ވަނީ ވެފައެވެ. ސެޑާގެ ކިޔެވުމަށް ބޭނުންވާ ތަފާތު ޚަރަދު ހަމަޖެއްސުމަށް، ބައްޕަ ކުރަންޖެހިފައިވާ ބުރަ މަސައްކަތް އަމިއްލަ ލޮލަށް ފެނުމުން، ބައްޕަގެ އިޙްސާސްތައް ރަނގަޅަށް ދެނެގަނެވި، ކިޔެވުމަށް އިތުރުބާރެއް ލިބި، ބައްޕަގެ ހުވަފެން ހަޤީޤަތަކަށް ހެދުމަށް އަމާޒު ހިފައި، ޝައުޤުވެރިކަން އިތުރުވިއެވެ. ސެޑާ ބުނެފައިވާގޮތުން، އެނާގެ ދިރިއުޅުމުގެ ހުރިހާ ކާމިޔާބީއެއްގެ މުގުލުގައި ވަނީ އޭނާގެ ޚާއްސަ ބައްޕަ ކަމުގައެވެ. ބައްޕައާއި ނުލައި ދިރިއުޅުމުގައި މިފަދަ ކާމިޔާބެއް ހާޞިލްކުރުމަކީ، ދުރުކަމެއް ކަމުގައި ސެޑާ ބުނެއެވެ.

ޖޭޑް އޭނާގެ ދަރިފުޅު ދެކެ ފަޚުރުވެރިވޭ

ސެޑާ އޭނާގެ އާއިލާއާއި އެކު ނަގާފައިވާ ފޮޓޯއެއް- ފޮޓޯ: ސޯޝަލް މީޑިއާ

ސެޑާއަކީ، މިހާރު ޑެންޓިސްޓެކެވެ. ޑެންޓިސްޓުންނަކީ، ސީރިޔާގައި، އެންމެ މުސާރަބޮޑު ވަޒީފާގެ ތެރޭގައި ހިމެނޭ ވަޒީފާއެކެވެ. ޖޭޑްގެ އުފާވެރިކަމަށް އެއްވެސް އިމެއް ނެތެވެ. ސެޑާ، ޑޮކްޓަރުކަން ކިޔެވަމުން އައިއިރުވެސް، ގިނަ ބަޔަކަށް ދަރިފުޅު ސެޑާ ތަޢާރަފްކޮށް، އޭނާއަކީ ޑޮކްޓަރެއްކަމުގައި، މޫނަށް އުފާވެރިކަން ގެންނަމުން، ފަޚުރުވެރި ބައްޕައެއް ފަދައިން ޖޭޑް ބުނެއެވެ. ޖޭޑް އަބަދުވެސް ދަރިފުޅު ދެކެ ފަޚުރުވެރިވެއެވެ.

ނުކުޅެދުންތެރިކަމާއެކުވެސް ރަނގަޅު މައިންބަފައިންނަށް ވެވިދާނެ.

ސެޑާ އޭނާގެ ލޯބިވާ ބައްޕައާއި އެކު ނަގާފައިވާ ފޮޓޯއެއް- ފޮޓޯ: ސޯޝަލް މީޑިއާ

ޖޭޑްގެ އާއިލާ ދައްކުވައިދީފައިވަނީ، ނުކުޅެދުންތެރިކަމާއެކުވެސް ރަނގަޅު މައިންބަފައިންނަށް ވެވިދާނެ ކަމެވެ. ޖޭޑްގެ އާއިލާއަކީ، ނުކުޅެދުންތެރިކަން ހުންނަ ތަފާތު މިފަދަ ފަރާތްތަކަށް ދިރިހުރި މިސާލެކެވެ. އަދި މިއީ މިފަދަ މީހުންނާއިމެދު، މުޖުތަމަޢު ދެކޭ ގޮތް ބަދަލުކުރުމަށް ރަނގަޅު މިސާލެއްވެސް މެއެވެ.

މަންމަޔާއި ބައްޕައާއި ގުޅޭގޮތުން ސެޑާ ބުނެފައިވަނީ، އަހަރުތަކެއް ވަންދެން އެކުގައި ދިރިއުޅެމުން އައިސްފައި ވީނަމަވެސް، އެ ދެމަފިރިން ފެންނަނީ، އަލަށް ކައިވެނިކޮށްގެން އުޅޭ ދެ ލޯބިވެރިންގެ ގޮތުގައެވެ. ދެމަފިރިންގެ ލޯތްބަށް އެއްވެސް އުނިކަމެއް އައިސްފައި ނުވެއެވެ. ދެމަފިރިން އެކަކު އަނެކެއްގެ ބޭނުންތަކާއި، އިޙްސާސްތައް ވަރަށް ރަނގަޅަށް ދަނެއެވެ. ދެމަފިރިން އެކުގައި ހިގާލަން ދިޔުމަށް ލޯބިކުރެއެވެ. އަދި އެކަކު އަނެކަކާއި ވާހަކަ ދައްކައި، ތަފާތު ކަންކަމުގައި ޚިޔާލާއި މަޝްވަރާކުރުމަށް ގިނަ ގަޑިއިރުތަކެއް ދެމަފިރިން އެކުގައި ހޭދަކުރެއެވެ.

ސެޑާ ފާހަގަކުރާގޮތުން، އޭނާގެ ކާމިޔާބީގެ ސިއްރަކީ، ބައްޕަ ޖޭޑްގެ ބުރަމަސައްކަތް ކަމުގައި އޭނާ ބުނެއެވެ. އަދި ބައްޕަ އޭނާދެކެ ފަޚުރުވެރިވާ ފަދައިން، ސެޑާވެސް ބައްޕަ ދެކެ ވަރަށްބޮޑަށް އަބަދުވެސް ފަޚުރުވެރިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!