ޚަބަރު
ޓްރީ ޓޮޕް ހޮސްޕިޓަލުގެ 4 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ޙާއްސަ ޑިސްކައުންޓްތަކެއް!

ޓްރީ ޓޮޕް ހޮސްޕިޓަލުގެ 4 ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ސިއްޙީ ދުޅަހެޔޮކަމުގެ ޕެކޭޖުތަކަށް މުޅިން އާ ޙާއްސަ ޑިސްކައުންޓެއް ތަޢާރަފް ކޮށްފިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން މަޢުލޫމާތުދޭ ގޮތުގައި، ސިއްޙީ ދުޅަހެޔޮކަމުގެ ޕެކޭޖުތަކަށް 10 ޕަސެންޓުގެ ޙާއްސަ ޑިސްކައުންޓް ރޭޓެއް އަހަރީ ދުވަހަށް ޙާއްސަކޮށްގެން ތައާރަފް ކުރުމަށް ހަމަޖެހިފައިވާއިރު، ތިރީގައިވާ ޕެކޭޖްތަކަށް މި ޙާއްސަ ޑިސްކައުންޓް ރޭޓް މިއަދުން ފެށިގެން މި މަހުގެ 31 ވަނަ ދުވަހާއި ހަމަޔަށް ލިބިވަޑައިގަންނަވާނެއެވެ.

  1. “ވެލް މޭލް” ނުވަތަ ފިރިހެން ބޭފުޅުންނަށް ޙާއްސަ ޕެކޭޖް.
  2. “ވެލް ވުމަން 18–34” 18 ނުވަތަ 18–34 އަހަރުގެ އަންހެން ބޭފުޅުންނަށް ޙާއްސަ ޕެކޭޖް.
  3. “ވެލް ވުމަން 35” ނުވަތަ 35 އަހަރުން މަތީ އަންހެން ބޭފުޅުންނަށް ޙާއްސަ ޕެކޭޖް.
  4. “ހެލްތީ ލިވިން” ނުވަތަ ދުޅަހެޔޮ ސިއްހަތަކަށް ޙާއްސަ ޕެކޭޖް.
  5. “ހާޓް ސްކްރީނިންގ” ނުވަތަ ހިތުގެ ބަލިތަކަށް ޙާއްސަ ޕެކޭޖް.

މީގެ އިތުރުންވެސް، އާ ހުނަރުވެރި ޒުވާން މަސައްކަތްތެރިން އުފެއްދުމުގެ ގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ “ޓްރީ ޓޮޕް ހޮސްޕިޓަލް އޯޕަން ޑޭ 2022” ގެ ނަމުގައި ކެރިއާރ ގައިޑެންސް އަދި ވަޒީފާ ހޯދުމަތް ހާއްސަ ދުވަހެއް ބޭއްވުމަށް ނިންމާފައެވެ. މި ޕްރޮގްރާމް އަމާޒުކުރަނީ ސާނަވީ ތައުލީމް ނިންމާފައިވާ ޒުވާނުން މަސައްކަތުގެ ބާޒާރަށް ނިކުތުމުގެ ފުރުސަތު ފަހިކޮށްދިނުމަށެވެ.

މިގޮތުން، ޒުވާން ދިވެހި މަސައްކަތްތެރިން އުފެއްދުމަށްޓައި އެ ހޮސްޕިޓަލުން ވަނީ “ޓްރީ ޓޮޕް ހޮސްޕިޓަލް ނާސިންގ ސްކޮލާޝިޕް” އުފައްދައިފައެވެ. މި ސްކޮލާޝިޕްގެ ދަށުން 7 ދިވެހި ޒުވާން ނަރުހުން މިހާރުވެސް މުޅިން ހިލޭ ކަޔަވަމުން ދެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގެ ނަރސިންގ ސްކޮލަރޝިޕް ޕްރޮގްރާމެއް

ނިމިގެން ދިޔަ އަހަރު ތެރޭގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ ފެމިލީ މެޑިސިން ކްލިނިކް، އަންހެނުންނާއި ކުޑަކުދިންނަށް ހާއްސަ ހެލްތް ސެންޓަރ، ކެންސަރ ބަލިޖެހިފައިވާ މީހުންނަށް ޕެއިން އެންޑް ރިހެބިލިޓޭޓިވް ހިދުމަތްތައް އަދި ކުޑަކުދިންގެ ނިއުޓްރިޝަން ކްލިނިކްގެ ހިދުމުތްތައް ދޭން ފަށާފައެވެ.

2018 ވަނަ އަހަރު ހިދުމަތް ފޯރުކޮށްދޭންފެށި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހުރިހާ ހިދުމަތް ތަކުގައިވެސް ބޭނުންކުރަނީ އެންމެ ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީކަން ފާހަނގަކޮށްލެވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!