ޚަބަރު
ހަނގުރާމައިގެ ވާހަކަ ދިގުނުކޮށް، ސުލްހައަށް ފުރުސަތު ދިނުމަށް ގޮވާލަން – ޝާހިދު

ރަޝިއާއި ޔޫކްރެއިންއާއި ދެމެދު އުފެދިފައިވާ ހަނގުރާމައިގެ ވާހަކަ ދިގުނުކޮށް، ސުލްޚައަށް ފުރުސަތު ދިނުމަށް އދ.ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.

ޔޫކްރެއިން އާއި ގުޅޭގޮތުން އދގެ އާންމު މަޖިލީހުގައި ބާއްވާ ކުއްލި ޚާއްޞަ ޖަލްސާގައި އާންމު މަޖިލީހުގެ ރައީސް އަދި ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ، ޔޫކްރެއިންގެ ހާލަތު ވަރަށް ބާރުމިނުގައި ގޯސްވަމުން ދާތީ، އެކަމާއި ކަންބޮޑުވެ ވަޑައިގެން ހަނގުރާމައިގެ ވާހަކަތައް ދިގުނުކޮށް، މަޝްވަރާއަށް ޖާގަ ދެއްވައި ހަނގުރާމަ ނިންމުމަށް ގޮވާލައްވާފައެވެ.

އދ ގެ އާންމު މަޖިލީހުގެ ރައީސް ވިދާޅުވީ، ރަޝިޔާ ފެޑެރޭޝަނުން ދިން އަސްކަރީ ޙަމަލާއަކީ ޔޫކްރެއިންގެ ސަރަޙައްދީ ހަމަޖެހުމާއި އިސްތިޤްލާލަށް އަރައިގަތުން ކަމަށާއި، އަދި އެއީ އ.ދ.ގެ ޗާޓަރާ ޚިލާފު ކަމެއްކަމަށެވެ.

“މިހާރުން މިހާރަށް ހަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް ކުރިން ގޮވާލައްވާފައިވާ ގޮވާލެއްވުން ތަކުރާރު ކުރަން. އަދި ހުރިހާ ފަރާތްތަކަކުންވެސް ވީހާވެސް ބޮޑަކަށް ހަނގުރާމައާއި ދިމާލަށް ނުދިޔުމަށް ގޮވާލައްވާފައިވާ ގޮވާލެއްވުން އާކުރައްވައި، ޑިޕްލޮމަސީއާއި މަޝްވަރާގެ މޭޒުދޮށަށް ފުރިހަމައަށް ރުޖޫޢަވުމަށް އަޅުގަނޑު ގޮވާލަން.” އދ.ގެ އާންމު މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މި ހަނގުރާމާގައި އަތުލައިގަނެވުނު އަންހެނުންނާއި، ކުޑަކުދިންނާއި، ފިރިހެނުންގެ ފަރާތުން އެމީހުންގެ ހައްގުގައި މަސައްކަތްކުރުމީ ކޮންމެހެން މުހިންމު ކަމެއްކަން ފަހަގަކޮށް ޝާހިދު ވިދާޅުވީ، މި ޙާލަތުން އަރައިގަތުމަށް، ލިބެންހުރި ހުރިހާ ޗެނަލްތަކެއްގެ ބޭނުން ހިފައި ހާލަތު ގޯސްވިޔަ ނުދީ ހިފަހައްޓައި، ނުތަނަވަސްކަން ފިލުވާލައި، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި، އ.ދ.ގެ ޗާޓަރުގެ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން، ޞުލްޙަވެރި ޙައްލެއް ހޯދުމަށް މަސައްކަތް ކުރުމަކީ، ކޮންމެހެން ބޭނުންތެރި ކަމެއްކަމުގައެވެ.

ސެންޓްރަލް އިމަރޖެންސީ ރެސްޕޮންސް ފަންޑުން 20 މިލިއަން ޑޮލަރު ޔޫކްރެއިންގައި އުފެދިފައިވާ އިންސާނީ ކާރިސާއަށް ޚާއްޞަ ކުރައްވާނެ ކަމަށް، ހުކުރު ދުވަހު ސެކްރެޓަރީ ޖެނެރަލް އިޢްލާނު ކުރެއްވި އިޢްލާނަށް ޝަހިދު ވަނީ މަރްޙަބާ ދަންނަވާފައެވެ.

“މަދަނީ އާބާދީތަކަށް، ޚާއްސަކޮށް އަންހެނުންނާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، އެނޫންވެސް ނާޒުކު ގިންތިތަކުގެ މީހުން ހިމެނޭހެން އިންސާނިއްޔަތަށް ލިބޭ ގެއްލުންތައް ފޫނުބެއްދޭހާ ބޮޑުކަމަށް ދަންނަވަން!ޔޫކްރެއިންއިން ފެށިގެން ޔޫރަޕިއަން ޔޫނިއަންގެ އިރުމަތީ އައްސޭރިފަށަށް ބައި މިލިއަނަށްވުރެ ގިނަ ރެފިއުޖީން ހިމެނޭގޮތަށް ރެފިއުޖީން ގިނަ އަދަދަކަށް ހިޖުރަކުރަމުންދިޔުން، ހުއްޓުމަކަށް އައިކަމުގެ އެއްވެސް ނިޝާނެއް އަދި ނުފެނޭ! ހަމައެހެންމެ، ޕޮލެންޑް، ހަންގޭރީ، ސްލޮވާކިއާ، ރޮމޭނިއާ އަދި އީޔޫގައި ނުހިމެނޭ މޮލްޑޯވާގެ ބޯޑަރު ސަރަހައްދުގައި ހުރި ޗެކްޕޮއިންޓްތައް މިހާރު ވަނީ ތޮއްޗެހި ވަރަށްބޮޑަށް ބާރުބޮޑުވެފައި.” ޝާހިދު ވިދާޅުވިއެވެ.

އެހީތެރިކަން ފޯރުކޮށްދިނުމަށް ފުރުޞަތު ލިބޭ ހިސާބުން، އިންސާނީ އެހީގެ މަސައްކަތްތަކަށް މެންބަރު ޤައުމުތަކުން އެއްބާރުލުން ދިނުމަށް އދ.ގެ އާންމު މަޖިލީހުގެ ރައީސް ވަނީ ގޮވާލައްވާފައެވެ. އ.ދ.ގެ ބިންގާ އެޅީ، ބައިނަލްއަޤްވާމީ ޞުލްޙައާއި، ސަލާމަތްތެރިކަން ދެމެހެއްޓުމަށްކަން ނަފްސަށް ހަނދާންކޮށްދޭން އެބަޖެހޭކަމަށް ޝާހިދު ވިދާޅުވިއެވެ.

އެކަމަށްޓަކައި، ސުލްހައަށް ކުރިމަތިވާ ނުރައްކާތަކުން ރައްކާތެރިވުމަށާއި، އެކަމުން ސަލާމަތްވުމަށްޓަކައި އެންމެން ގުޅިގެން ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭކަންވެސް ޝާހިދު ވަނީ ހަނދާންކޮށްދެއްވާފައެވެ.

“އިއްޔެ، ވަރަށް މަދުން ނޫނީ ނުލިބޭ ފުރުޞަތެއް، މަޝްވަރާއަށް ހުޅުވިގެން ދިޔަ. އަޅުގަނޑުމެން ޖެނެރަލް އެސެމްބްލީގައި މިބާއްވާ ބައްދަލުވުން ކުރިއަށް ދާއިރު، ދެފަރާތުގެ ނެގޯޝިއޭޓަރުން ބެލަރޫސްގައި މަޝްވަރާތައް ކުރިއަށް އެބަގެންދަވާ. މިކަމުގެ ސަބަބުން އުއްމީދުގެ އަލިކަމެއް ގެނުވައިފި. އަޅުގަނޑުމެން ދުޢާކުރަނީ، މި ވާހަކަތަކުގެ ސަބަބުން މާހައުލަށް ފިނިކަން ގެނުވައި، ޞުލްޙައަށް މަގު ފަހިވެގެންދިޔުން.” ޝާހިދު ވިދާޅުވިއެވެ.

އަވަށްޓެރި ބެލަރޫސްގައި ބާއްވައި މަޝްވަރާތަކަށް ޔޫކްރެއިނުގެ ވަފުދެއް ހާޒިރުވެފައި ވަނީ ޝަރުތުތަކަކާއެކުއެވެ. އެ ގޮތުން ޔޫކްރެއިނުން ބުނެފައިވަނީ މަޝްވަރާތަކުގައި އެއްބަސްވުމަކަށް އަންނާނީ އެ ޤައުމަށް ޙަމަލާ ދިނުން ވަގުތުން ހުއްޓާލައި ރަޝިޔާގެ ފައުޖުތައް އެ ޤައުމުން ފޭބުމުންކަމަށެވެ. ނަމަވެސް ޔޫކްރެއިނުގެ ޝަރުތުތަކަށް ރަޝިޔާއިން އެއްބަސްވާނެ ކަމެއް އަދި ނޭނގެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!