ރަޝިއާއިން ޔޫކްރެއިނަށްދެމުން ދާ ހަމަލާތައް ކުއްވެރިކޮށް އޮސްޓްރޭލިއާއިން ޝުއޫރުފާޅުކޮށްފިއެވެ.
ޔޫކްރެއިނުން ނޭޓޯއާއި ގުޅެން އުޅުމާއި ގުޅިގެން ރަޝިއާއިން ހިންހަމަނުޖެހުން ފާޅުކޮށް ހަނގުރާމަ އިއުލާނުކުރުމުން ޔޫއެން އަދި ނޭޓޯގެ އިތުރުން ދުނިޔޭގެ ގިނަ ގައުމުތަކުން ދަނީ އެކަން ކުއްވެރިކުރަމުންނެވެ. މި ޤައުމުތަކުގެ ތެރެއަށް އޮސްޓްރޭލިއާއިންވެސް މިހާރު މިވަނީ ގުޅިފައެވެ.
އޮސްޓްރޭލިއާއިން މިކަން ހާމަކުރީ އޮސްޓްރޭލިއާގެ ވެރިރަށް ސިޑްނީގައި ހުންނަ މަޝްހޫރު އޮޕްރާ ހައުސް ޔޫކްރެއިން ދިދައިގެ ކުލަތަކުން ދިއްލާލުމަށް ފަހުއެވެ. މީގެ އިތުރުން ނައިގްރާފޯލްސް ފަދަ ތަންތަން ވެސް ވަނީ މިފަދައިން ދިއްލާފައެވެ.
ރަޝިޔާއިން ޔޫކްރެއިންއަށް ދެމުންގެންދާ ހަމަލާތަކުގެ އެގައުމުގެ އާންމުންގެ 300 އަށްވުރެ ގިނަ ބަޔަކު މަރުވެފައިވާ ކަމަށް މީޑިއާތަކުންވަނީ ރިޕޯޓުކޮށްފައެވެ.