ޚަބަރު
އިސްލާމިކް މިނިސްޓްރީން ”ޒަކާތް ނަފާ” ނަމުގައި މާލީ އެހީތެރިކަން ފޯރުކޮށްދެނީ

އިސްލާމިކް މިނިސްޓްރީއިން “ޒަކާތް ނަފާ” ގެ ނަމުގައި ފަޤީރުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޕްރޮގްރާމެއް ޕްރޮގްރާމެއް ހިންގަން ނިންމައިފިއެވެ.

މިނިސްޓްރީން ހާމަކުރި ގޮތުގައި މި ޕްރޮގުރާމަކީ ޒަކާތު ފަންޑުން އެހީތެރިވުމަށް ތައާރަފްކޮށް، ހިލޭ އެހީގެ ދަށުން ޒަކާތުގެ ފައިދާ އޭގެ އެންމެ ހައްގު ފަރާތްތަކަށް ފޮރުކޮށްދީ އެ ފަރާތްތަކަށް އާމްދަނީ ހޯދޭނެ މަގު ފަހި ކޮށްދިނުމުގެ އިތުރުން ފުއްދުންތެރި މުޖުތަމައެއް ބިނާކުރުމަށް ހިންގޭ ޕްރޮގްރާމެއް ކަމަށެވެ.

މި ޕްރޮގުރާމުގެ ދަށުން ފަގީރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުން އަމިއްލައަށް މަސައްކަތްކޮށްގެން ފުއްދުންތެރި ދިރިއުޅުމެއް ފަށައިގަތުމައް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދީ، އިގްތިސާދު ކުރި އެރުވުމަށް ފަރުދުންގެ ބައިވެރިވުން އިތުރުކޮށްދެއެވެ.

މީގެ އިތުރުން މި ފުރުސަތު ފޯރުކޮށްދެވޭ ފަގީރުން އެމީހުންގެ ދިރިއުޅުން ތަނަވަސްވެ ކުރިމަގުގައި މުދަލު ޒަކާތް ދެއްކުމާ ހަމަށް މި ޕްރޮގްރާމުގެ ދަށުން ވާސިލް ވެއެވެ.

މިޕްރޮގްރާމަކީ ކުރިޔަށް އޮތް ފަސް އަހަރަށް އަމާޒުކޮށް ހިންގޭ ޕްރޮގްރާމެކެވެ. މިޕްރޮގްރާމްގެ ދަށުން އެހީތެރިކަން ފޯރުކޮށްދެވޭނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އެކުލަވާލެވިފައިވާ ފަގިރުން ގެ ދަފްތަރުގައި ހިމެނޭ މީހުނަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!