ޚަބަރު
މިދިޔަ 5 އަހަރުވެސް އަދި މި 3 އަހަރުވެސް އުޅެން ޖެހިފައިމިވަނީ ކޯޓުގަ – މަޙްލޫފް

ނިމިދިޔަ 3 އަހަރުވެސް އަދި މި 3 އަހަރުވެސް އުޅެން ޖެހިފައިވަނީ ކޯޓުތަކުގައި ކަމަށް މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އަހުމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިދިޔަ 5 އަހަރުވެސް އަދި މިސަރުކާރުގެ މި 3ި އަހަރުވެސް އޭނާ އުޅެން ޖެހިފައިވަނީ ކޯޓުތަކުގައި ކަމަށާއި، ވޭތުވެދިޔަ ދުވަސްތަކުގައި އުޅެފައިވަނީ ކުޅިވަރު ކުޅޭ އެކި ކޯޓުތަކުގައި ކަމަށެވެ.

ހުކުރު ދުވަހު އުޅުނީ ބާސްކެޓު ކޯޓުގަ، ހޮނިހިރު ދުވަހު ނެޓުބޯލަ ކޯޓުގަ، އާދީއްތަ ދުވަހު ވޮލީ ކޯޓުގަ، ހޯމަ ދުވަހު ހޭންޑްބޯލް ކޯޓުގަ އަދި މިއަދު 1:30 ގައި މިއޮތީ އަނެއްކާވެސް ކްރިމިނަލް ކޯޓު – މަހްލޫފް ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

މަހްލޫފް މިހެން ވިދާޅުވެފައިވަނީ، މިހާރު އޭނާގެ މައްޗަށް ކުރާ ހިޔާނާތުގެ ދައުވާތަކާއި ގުޅިގެން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުވާން ޖެހޭތީއެވެ. އެމައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި މަޙްލޫފް ވަނީ އޭނާގެ މައްޗަށް ކުރާ ޚިޔާނާތުގެ ދައުވާތަކަށް އިންކާރު ކުރައްވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!