ރިޕޯޓް
ތިނަދޫ ކައުންސިލް ‘ރައްޔަތުންނަގެ ގަޑި’ ތަފާތު ވަގުތެއް!

ހުވަދު އަތޮޅު ދެކުނުބުރީގެ މައި މަރުކަޒު ނުވަތަ އެއް ރަށަކަށް މުޅި އަތޮޅުގެ ހުރިހާ ކަމެއް ހިންގަމުން އަންނަ ތިނަދޫ އަކީ ވަރަށް ގިނަ މުހިއްމު ކަންތައްތަކެއް މުޅި އަތޮޅަށް އަދި ރަށަށް ޚާއްޞަ ކޮށްގެން ކުރަމުން އަންނަ ތަނެކެވެ. އެއާއިއެކު މިއީ އެހާގިނަ ކަންތައްތައް ރަނގަޅު ކުރަން ޖެހިފައިވާ ތަނެއް ވެސްމެއެވެ. އެކަމާ އެންމެ ބޮޑަށް ވިސްނާނެ ބަޔަކީ ތިނަދޫ ކައުންސިލްކަން ޔަޤީނެވެ.

ތިނަދޫ ކައުންސިލްގެ އެންމެ ފަހުން ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި ތަޢާރަފްކުރި ރައްޔިތުންގެ ގަޑިއަކީ އެކަމުގެ ވަރަށް ރަނގަޅު ހެއްކެކެވެ.

މިމަހުގެ 28 ވީ ހޯމަ ދުވަހު ވަނީ އެޕްރޮގްރާމުގެ ފުރަތަމަ ސެޝަން ކައުންސިލް އިދާރާގައި ބާއްވާފައެވެ. ތިނަދޫ ކައުންސިލްގެ 7 މެމްބަރުންގެ އަމިއްލަ އިސްނެގުމުގެމަތީން، ކައުންސިލްގެ އިއްތިފާޤުން ފާސްކުރެވިގެން، ރައްޔިތުންގެ އަޑު ވީހާވެސް ގާތުން އަޑުއެހޭނޭ އިންތިޒާމްތަކެއް ހަމަޖެއްސުމުގެ ތެރެއިން ފެށިގެން ދިޔަ މި ޕްރޮގްރާމް ވެގެން ދިޔައީ ރައްޔިތުން ވަރަށް ބޭނުވެފައި ތިބި ކަމަކަށެވެ. އެކަން ވަނީ ފުރަތަމަ ދުވަހު ވެސް ފެނިގެން ގޮސްފައެއެވެ. އެއްގަޑި އިރަށް ލިބިފައިވާ ފުރުސަތުގައި ގިނަ ބަޔަކު ބައިވެރިވިއެވެ. ބޭނުންވެފައިތިބި އެތައްކަމެއްގެ ވާހަކަ ތަކާ ޝަކުވާއެއް ސީދާ ގުޅުން ހުރި ކައުންސިލް މެމްބަރާ ރައީސަށް ހުށަހެޅުއްވިއެވެ.

ތިނަދޫ ކައުންސިލުން ބުނެފައިވަނީ

ޢާއްމު ރަސްމީ ވަގުތުތަކުގައި ކައުންސިލް އިދާރާއަށް އައިސް ކައުންސިލަރުންނާއި ބައްދަލުކުރަން ބަލާއިރު ކައުންސިލަރުން އެހެން ރަސްމީކަމެއްގައި މަޝްޣޫލުވެ ތިބެންޖެހުމަށް ދިމާވެއްޖެނަމަ އެވަގުތަކު އެރައްޔިތަކާއި ބައްދަލު ކުރެވޭގޮތްނުވާ ކަމަށާއި އެހެންވެ މަޤުބޫލު ވަރަށްބޮޑު ސަބަބަކާހެދި މެނުވީ ކޮންމެ ރަސްމީ ހޯމަ ދުވަހެއްގެ 11:00 އިން 12:00 އާއި ދެމެދު ރައްޔިތުންގެ އިންތިޒާރުގައި ކައުންސިލްގެ ހުރިހާ މެމްބަރުން ކައުންސިލް އިދާރާގައި ޙާޟިރުވެތިބުމަށް މިހާރު މިވަނީ ހަމަޖެހިފައި ކަމަށެވެ. އަދި އެވަގުތު ތެރޭގައި ތިނަދޫގެ ކޮންމެ ރައްޔިތަކަށްވެސް ކައުންސިލް މެމްބަރުންނާއި އެއްކޮށް ބައްދަލުކޮށް ކަންކަން މަޝްވަރާކޮށް، ޚިޔާލު އަރުވާ ސުވާލުކޮށް ހެދޭނެ ކަމަށްވެސް ކައުންސިލުން ބުނެފައިވެއެވެ.

ތިނަދޫ ކައުންސިލުން، ރައްޔިތުންނާއި ބައްދަލުކުރުމަށް ކުރިއަށްގެންދާ “ރައްޔަތުންނަގެ ގަޑި”” ފުރަތަމަ ބައްދަލުވުން

ތިނަދޫ ކައުނަސިލްގެ ރައީސް ސަޢުދު އަލީގެ ވިސްނުންހުރީ

ތިނަދޫ ކައުންސިލް މެމްބަރުންނަށް ރައްޔިތުންނާއި ހަމަޔަށް ގޮސް ގިނަގިނައިން ބައްދަލުކޮށް އުޅެވޭނޭ އިތުރު ޕްރޮގްރާމްތަކާއި، އިންތިޒާމްތަކާއި، މާޙައުލުތައް ވަރަށްކައިރި ކުރިމަގެއްގައި ފެއްޓެވުމަށެވެ. އެކަމުގެ ޚިޔާލާއި މަޝްވަރާވެސް ރައްޔިތުންގެ ފަރާތުން މިހާރު ކައުންސިލްގެ އިސް މުވައްޒަފުންނާއި ކައުންސިލަރުން ގެންދަވަނީ ހޯއްދަމުންނެވެ.

ކޮންމެއަކަސް މިއީ ތިނަދޫ ކައުނަސިލްގެ އިސްނެގުމަށް ފެށި ތާރީޚީ ކަމެކެވެ. ކޮންމެ ރައްޔިތަކަށްވެސް ހުޅުވާލެވިފައިވާ މުހިންމު ފުރުޞަތެކެވެ. ސުވާލަކީ ރައްޔިތުންގަޑި ގެ ފުރަތަމަ ފެށުމުގައި ފެނުނު ކަންކަމާ ލިބުނު ތަޖުރިބާ މިހާރު ރައްޔިތުންގެ ފަރާތުން ލިބުނު ޚިޔާލުގެ އަލީގައި ކުރިއަށް އޮތް ދުވަސް ތަކުގައި މި ގަޑިޔަށް އަންނާނީ ކޮން ބަދަލެއްތޯއެވެ.

ރައްޔިތުން އެދެނީ މި ފުރުސަތުގައި ތިނަދޫ ކައުނަސިލްގެ މެމްބަރުންނާއި ބައްދަލު ކުރުމުގެ ފުރުސަތު ތިނަދޫ އަށް ޒިޔާރަތް ކުރާ ދަތުރުފަތުރު ވެރިންނަށްވެސް ލިބުމެވެ. މި ގަޑިޔަށް ޚާއްޞަ ކުރެވޭ ޒަމާނަށް ފެތޭ އެހެން މާޙައުލެއް ވީހާވެސް އަވަހަށް ހެދި މި އެއްގަޑިއިރު  އާންމު ރައްޔިތުންނަށް ފެންނަހެން ފޭސްބުކް ލައިވް ކުރުމެވެ. އަދި ރައްޔިތުން އެދޭ ކަންތައްތައް ތަންފީޒް ވެގެންދާ ނަތީޖާ ނެރެވޭ ކަމަކަށްވުމެވެ.

މިއީ ތިނަދޫ ކައުންސިލްގެ ރައްޔިތުންގެ ގަޑި އާއި ބެހޭގޮތުން ރަށުގެ އެކި ދިމާލުގައި ތުންތުންމަތިން ހޫނުކޮށް ދެކެވޭ ބައެއް ވާހަކަތަކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!